ސެމްސަންގް އިން މެޓާރ ސަޕޯރޓް ގެންނަނީ!

އާހިލް އާސިމް އަބްދުالله 06 ނޮވެމްބަރު 2021

ގޫގަލް އާއި އެޕަލް އިން އެކުންފުނިތަކުގެ ސްމާޓް ޑިވައިސެސް ތަކަށް މޭޓާރ ސަޕޯޓް ތަޢާރަފްކުރުމާއިއެކު ސެމްސަންގް އިންވެސް އެކުންފުނީގެ ސްމާޓް ޑިވައިސެސްތަކަށް މެޓާރ ސަޕޯޓްގެންނަން ނިންމައިފިއެވެ. ސެމްސަންގް ގެލެކްސީ ޑިވައިސެސް ތަކަށާއި، ޓީވީ އަދި ފެމިލީ ހަބްއަށް މި ޚިދްމަތް ތަޢާރަފްކުރާނެ ކަމަށް ސެމްސަންގްގެ އެސް.ޑީ.21 ވާރޗުއަލް ކޮންފަރެންސް ގައި ސެމްސަންގް އިނަވަނީ ހާމަކޮށްފައެވެ.

ސެމްސަންގް ސްމާޓްތިންގްސް މެޓަރ އެޑޮޕްޓް ކުރުމާއެކު، ސްމާޓްތިންގްސް އެޕް އަށް ކުރިން ނުގުޅާ ހުރި ޑިވައިސްތައް އެޑް ކުރެވޭނެއެވެ. އަދި ސްމާޓްތިންގްސް ކޮމްޕެޓިބަލް އެހެން ޑިވައިސްތައް މެޓަރ-އެންއޭބަލް ސްމާޓް ހޯމް އީކޯސިސްޓަމްތަކާ ގުޅުވާލަދޭނެއެވެ. އަދި މެޓަރ އާ އެކު މަސައްކަތް ކުރާ ނަމަ، އެ ތިން އެޕް އަދި އެ ތިން އެޕްގެ ވޮއިސް އެސިސްޓަންޓް އާ އެކީވެސް މަސަކަަތްކުރާނެއެވެ.

2015 ވަނަ އަހަރު އުފެއްދި ސްމާޓްތިންގްސް އަކީ މިހާރުވެސް ބޮޑެތި ސްމާޓް ހޯމް އީކޯސިސްޓަމްތަކުގެ އެންމެ އޯޕަން އެއް ޕްލެޓްފޯމްއެވެ. ސްމާޓްތިންގް އިން މެޓާރ އަށް ސަޕޯޓް މިހާރު ކުރާއިރު، ސްމާޓްތިންގްއަކީ ކުރިންވެސް ޒިގްބީ އާއި ޒެޑް ވޭވް ޕްރޮޑަކްޓްތަކަށްވެސް ސަޕޯޓްކުރާ ޕްލެޓްފޯރމް އެކެވެ.

ސެމްސަންގް އިން ވަނީ ސްމާޓްތިންގްސް ހަބްތައް އެ ކުންފުނީގެ ޓީވީތަކާއި ފެމިލީ ހަބް ރެފްރިޖަރޭޓަރުތަކުގައި ގުޅުވާލާނެ ކަން ވެސް އިއުލާނުކޮށްފަ އެވެ. މީގެ ސަބަބުން ވަކި ސްމާޓްތިންގްސް ހަބް ޑިވައިސްއެއް ކޮންމެހެން ބޭނުމެއް ނުވާނެއެވެ.

އާހިލް އާސިމް އަބްދުالله

އާހިލް އާސިމް އަބްދުالله

އަޅުގަނޑުގެ ނަމަކީ އާހިލް އެވެ. ޓެކްނޮލޮޖީގެ އައު ވާހަކަތަކަށް ކެތްމަދުވެފައި ހުންނަ ޒުވާނެކެވެ!

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.