ޕީޑީއެފް އެއްގައި ފޯން މެދުވެރިކޮށް ސޮއި ކުރަން ޖެހުމަކީ އަހަރަމެން އެންމެންނަށް ވެސް ދިމާވާ ވަރަށް ބޮޑު އުދަގުލެކެވެ. ގިނަފަހަރަށް ޖެހެނީ ކޮމްޕިއުޓަރ މެދުވެރިކޮށް ނުވަތަ އެހެން ސިސްޓަމް އެއްގެ އެހީގައި ސޮއި ކުރާށެވެ. އަނެއްބައި ފަހަރުތަކުގައި ޕީޑީއެފް ފައިލް ޕްރިންޓް ކޮށްފައި ސޮއެކޮއްފައި ދެން ސްކޭންކޮށްފައި ސަބްމިޓް ކުރަންވެސް ޖެހެއެވެ. ރާއްޖޭގެ ބައެއް ރަސްމީ އިދާރާތަކާއި ކުންފުނިތަކަށް ހިދުމަތަށް އެދުމަށް ސޮއެކޮށްފައިވާ ލިޔުން އީމެއިލް ކުރުމަށް ބުނާފަހަރުތައް މަދެއް ނޫނެވެ.
ޕީޑީއެފް ފައިލްއެއްގައި ސޮއެކުރަން ބޭނުންވެއްޖެނަމަ އެރޮއިޑް ފޯނަކުންނަމަ ޖެހެނީ ޕްލޭސްޓޯރ އިން އެޕްލިކޭޝަން އެއް ޑައުންލޯޑް ކޮށް އެ އެޕްލިކޭޝަން މެދުވެރިކޮށް ސޮއި ކޮށް ޕީއެންޖީ އެއް ގޮތުގަ ސޭވް ކުރާށެވެ. ނަމަވެސް އައިއޯއެސްގައި އައިއޯއެސްގެ ބިލްޓް އިން ސިގްނެޗަރ ފީޗަރ އެއް މަރކަޕްޓޫލްސް ގަ ހިމެނެއެވެ.
ވީމާ އެންޑްރޮޑް ފޯނެއް ބޭނުން ކުރާނަމަ ކޮމްޕިއުޓަރ އާއި ގާތް ނުވެ ކޮންޓްރެކްޓްތަކާއި އެހެނިހެން ޕީޑީއެފް ޑޮކިއުމެންޓްތަކުގައި ސޮއިކުރަން ބޭނުންނަމަ، އެޑޯބީގެ އެކްރޮބެޓް އެޕް ބޭނުންކުރެވިދާނެއެވެ. އެކްރޯބެޓްގެ އެންޑްރޮއިޑް ވާޝަން ބޭނުންކޮށްގެން އެކަން ކުރާނެ ގޮތް ތިރީގައި މިވަނީއެވެ:
ޕްލޭ ސްޓޯރުން އެޑޯބީ އެކްރޯބެޓް ރީޑަރ ޑައުންލޯޑްކޮށް އިންސްޓޯލް ކޮށްލާށެވެ.
ސައިންގ އިން ނުވަތަ އެކައުންޓެއް ކްރިއޭޓް ކުރާށެވެ. އަލަށް އެޕް އިންސްޓޯލްކޮށް ސެޓަޕް ހަދާއިރު އެތައް ޕޮޕްއަޕްތަތަކަކާއި އެއްބަސްވާން ޖެހޭ ބައިތަކެއް އައިސްދާނެއެވެ.
ސްކްރީންގެ އެންމެ ތިރީގައި "ފައިލްސް" އައިކަން އަށް ފިތާލާށެވެ. މި ބަޓަން އަށް ފިއްތާލުމުން އެކްސެސް ލިބޭނީ ހަމައެކަނި ތިބާގެ ޑިވައިސްގައި ސޭވްކޮށްފައިވާ ފައިލްތަކަށް އެކަންޏެއް ނޫނެވެ. ގޫގުލް ޑްރައިވް، ވަންޑްރައިވް، ޑްރޮޕްބޮކްސް، އެޑޯބީގެ ޑޮކިއުމެންޓް ކްލައުޑްގައި ސޭވްކޮށްފައިވާ ފައިލްތަކަށް ވެސް އެކްސެސް ލިބޭނެއެވެ. ޖީމެއިލް އަށް ކަނެކްޓްކޮށްގެން ޕީޑީއެފް ވެސް ހޯދުމުގެ ފީޗަރ ވެސް ލިބޭނެއެވެ.
މި އޮޕްޝަންތަކުގެ އެހީގައި ސޮއި ކުރަން ބޭނުންވާ ފައިލް އިހްތިޔާރުކުރާށެވެ. ދެން އެޑޯބީ އެކްރޮބެޓް އަށް ގެނެވުމުން ތިރީ ކަނާތްފަޅީގައިވާ އެޑިޓް އައިކަން އަށް ފިއްތާލާށެވެ.
ދެން ފިލް އެންޑް ސައިން ޗޫޒް ކުރާށެވެ.
މި އޮޕްޝަން އިހްތިޔާރު ކުރުމުން އޮޕްޝަން ތަކެއް އަރާނެއެވެ. ތިރީ ކަނާތް ފަރާތުގައި ވާ ސިގްނޭޗަރ އައިކަން އަށް ފިތާ ލުމަށްފަހު (އެއީ ޕެން ނިބް ކަހަލަ އެއްޗެއް) ދެން "ކްރިއޭޓް ސިގްނޭޗަރ" ޗޫޒް ކުރާށެވެ.
މި އޮޕްޝަން އައް ފިއްތާލުމުން "ސައިން ހިޔަރ" މިހެން ޖަހާފައިވާ ގޮޅިއެއް އިރާނެއެވެ. އެ ގޮޅީގައި ތިބާގެ ސޮއި، ފޮޓޯ، ނުވަތަ ކަރުދާހުގައި ކުރަހާފައިވާ ސިގްނޭޗާ ފޮޓޯ އެއް ލުމަށް ކެމެރާ ހުޅުވޭނެ އޮޕްޝަން މަތީ ޓޫލްބަރ އިން ދޭނެއެވެ.
އަދި ސޮއި ކޮށް ނިމުމުން ސޭވް އޮންލައިން އަށް ޓިކް ލާން ބޭނުމިއްޔާ ލާށެވެ. މި އޮޕްޝަން އަކީ މި ސިގްނިޗަރ އެހެން ޕީޑީއެފް ތަކުގައި ބޭނުން ކުރުމަށް ކްލައުޑް ގައި ސޭވް ކުރެވިދާނެ އޮޕްޝަންއެކެވެ. ދެން މަތީ ކަނާތް ފަރާތުގައި ވާ "ޑަން" އަށް ފިއްތާލާށެވެ.
ޑަން އައް ފިއްތާލުމުން ސޮއި ކުރި ޕީޑީއެފް އަށް އަބުރާ އާދެވޭނެއެވެ. އަދި އެ ޕީޑީއެފްގެ ސްކްރީންގައި ދެންމެ ކުރި ސޮއިގެ ޕޮޒިޝަން ނުވަތަ ސައިޒް އެޖަސްޓް ކުރުމަގެ އޮޕްޝަން އިންނާނެއެވެ.
ޕޮޒިޝަން އަދި ސައިޒް އެޖަސްޓް ކޮށް ނިމުމުން މަތީ ވާތް ފަޅި ކަނުގައި ވާ ހެޔޮ ފާހަގަ ނަގާށެވެ.
ހެޔޮފާހަގަ އަށް ފިއްތާލުމުން އެ ޑޮކިއުމެންޓްގައި ދެންމެ ކުރި ސިގްނެޗަރ އެ ސޭވް ވީއެވެ.
އަދި މީގެ ފަހުން، "ފިލް އެންޑް ސިގްނޭޗަރ" އަށް ގޮސް، ސިގްނޭޗަރ އައިކަން އިހްތިޔާރު ކުރާއިރު، އެންމެ ފަހުން ހެދި ސިގްނެޗަރ ސޭވް ވެފައި އިންނާނެއެވެ. އަދި މި ސިގްނެޗަރ އިހްތިޔާރު ކުރުމުން އެ ސޮއި ޕީޑީއެފް އަށް ލެވޭނެއެވެ.
އަދި އެ ސިގްނެޗަރ ރިމޫވްކޮށްލަން ބޭނުންވާނަމަ (-) މައިންސް ފާހަގަ އަށް ފިއްތާލާށެވެ. އަދި ކްރިއޭޓް ކުރުމަށް ކްރިއޭޓް ބަޓަން އަށް ފިއްތާލާށެވެ.
އެޑޯބީ އެކްރޮބެޓްގެ މި ފީޗަރ އަކީ ވަރަށް ގިނަ އެންޑްރޮއިޑް ޔޫޒަރސް އަށް ލިބޭނެ ލުޔެކެވެ.
ޑިވެލޮޕާރ