ޓްވިޓާ އަކީ އާދައިގެ ނުވަތަ ކޮމްޕްލިކޭޓެޑް ނޫން އެޕްތަކުގެ ތެރެއިން އެޕްލިކޭޝަނެކެވެ. ނިއުސް އަޕްޑޭޓްތަކުގެ ސްޓްރީމެއް ކިޔާލެވިދާނެ، ނުވަތަ ލިސްޓްތައް ހަދައި، ޓްވިޓާ ތްރެޑްތައް ބުކްމާކްކޮށް، ޓްވިޓާ ސްޕޭސް ހޯސްޓްކޮށްގެން ވެސް އޭގެ ތެރެއަށް ވަދެވިދާނެއެވެ. ޓްވިޓާ ބޭނުން ކުރިޔަސް، އެޕްގައި ތަޖުރިބާ ރަނގަޅު ކުރުމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ އެތައް ސެޓިންއެއް އެބަހުއްޓެވެ. މިލިޔުމިގައި އަލިއަޅުވާލާނީ އެންމެ ނާޒުކު އެއްޗިހި އަށް އަލިއަޅުވާލުމަށެވެ.
1. ޓްވިޓާގެ އެލްގޮރިދަމިކް ޓައިމްލައިން ނިއްވާލުން
ޓްވިޓާ ބޭނުންކުރާ މީހުން އެލްގޮރިދަމިކް ޓައިމްލައިނަކަށް ބަދަލުކުރިތާ މިހާރު ދުވަސްތަކެއް ވީއިރު، އިންސްޓަގްރާމް ފަދައިން، ގިނަ ޔޫޒަރުންނަށް މިއީ ދެބަސްވެވެން ނެތް ގޮތުގައި އެންމެ ރަނގަޅު އެއް ކަމެވެ. އެކަމަކު އަދިވެސް ބައެއް ފަހަރު އެންމެ ފަހުގެ ޓުވީޓުތައް ބަލާލަން ބޭނުންވާ އިރު، ހާއްސަކޮށް އެކްޓިވް ޔޫޒާއެއް ނަމަ ޓުވީޓުތައް ބަލާލަން ބޭނުންވަނީ އެގޮތަށެވެ. މީގެއިތުރުން ކުޅިވަރު މެޗެއް، އިލެކްޝަން ނަތީޖާއެއް، ނުވަތަ ދުނިޔޭގެ އިވެންޓަކަށް ފޮލޯ ކުރާއިރު އެންމެ ފަހުން ކުރި ޓުވީޓުތައް ފެނުމަކީ އެންމެ ރަނގަޅު ކަމަކަށް ވެދާނެއެވެ.
ކުރީގެ ކްރޮނޮލޮޖިކަލް ފީޑަށް ބަދަލުވުމުގެ އިޚްތިޔާރު އަދިވެސް އެބައޮތެވެ. ޓްވިޓަރ ފީޑަށް ގޮސް، އެންމެ މަތީ ޓޫލްބާރގައި "ސްޓާރސް" ބަޓަން އަށް ފިތާލާށެވެ. މިތަނުން "އެންމެ ފަހުގެ ޓްވީޓްތައް ބައްލަވާ" އޮޕްޝަން އަށް ބަދަލުކުރައްވާށެވެ.
2. ޓްވިޓާ ލިސްޓްތަކުން އެމީހެއްގެ އެކައުންޓް ފޮހެލުން
ޓްވިޓާ ލިސްޓްތަކަކީ ވަކި މައުޟޫތަކަށް ނުވަތަ މަސްލަހަތުތަކަށް ފޮލޯކުރަން ވަރަށް ރަނގަޅު ގޮތެކެވެ. އެހެން މީހުން ހަދާފައި ހުންނަ ލިސްޓްތައް ޑިސްކަވަރކޮށް ޖޮއިންވެސް ކުރެވިދާނެއެވެ. މީގެ އެނެއްފަޅި އަކީ ކޮންމެ މީހަކަށް ވެސް ތިމާގެ ޓްވިޓާ އެކައުންޓް ލިސްޓްތަކަށް އިތުރު ކޮށްލެވިދާނެކަމެވެ. ނަމަވެސް މީހެއްގެ ޓްވިޓާ ލިސްޓުން އަމިއްލަ ނަފްސު ފޮހެލުމުގެ މަގު އެބައޮތެވެ.
އެންމެ ފުރަތަމަ، ޓްވިޓާ ވެބްސައިޓްގައިވާ "ލިސްޓްސް" ސެކްޝަނަށް ދާށެވެ. މަތީގައިވާ ޓޫލްބާރގައި ތިން-ޑޮޓް މެނޫ ބަޓަން އަށް ކްލިކް ކޮށްލުމަށްފަހު "ލިސްޓްސް ޔޫއަރ އޮން" ބަޓަން އިޚްތިޔާރު ކުރާށެވެ. މިތަނުން، ވަކިވާން ބޭނުންވާ ލިސްޓް އިޚްތިޔާރުކޮށް، ތިން-ޑޮޓް މެނޫ ބަޓަންއަށް ކްލިކްކޮށް، "ބްލޮކް ޔޫސަރ" އޮޕްޝަން އިޚްތިޔާރުކުރާށެވެ. ހިތާމައަކީ، ޔޫޒާ ބްލޮކް ކުރުމަކީ އެމީހުންގެ ލިސްޓުން ތިމާ ފޮހެލުމަށް އޮތް ހަމައެކަނި މަގެވެ.
އެއަށްފަހު އަންބްލޮކް ކޮށްލާށެވެ. މިގޮތަށް މަސައްކަތް ކުރުމުން އަލުން ލިސްޓެއްގައި ހިމެނުމުގެ ފުރުސަތު ކުޑަވެގެންދާނެއެވެ. އެކަމަކު އޭގެ މާނައަކީ ކުރިއަށް އޮތް ތަނުގައި އެއްވެސް ލިސްޓެއްގައި އަލުން ތިމާގެ އެކައުންޓް އެޑް ނުކުރެވޭނެއެކޭ ނޫނެވެ.
3. ގްރެފިކް ކޮންޓެންޓް އެނޭބަލް ކުރުން ނުވަތަ ޑިސެއިބަލް ކުރުން.
ޓްވިޓާގައި ސެންސިޓިވް ކޮންޓެންޓް ފެނުމަކީ ތިމާގެ އަމިއްލަ ޗޮއިސްއެކެވެ. ޓްވިޓާއިން އެމީހެއްގެ ފީޑް، ސާޗް، އަދި އެކްސްޕްލޯރ ޕޭޖުގައި ސެންސިޓިވް ނުވަތަ ގްރެފިކް ކޮންޓެންޓް ބޭނުންކުރެވޭ ނުވަތަ ބޭނުން ނުކުރެވޭ ގޮތް ހެދުމަށް އިޚްތިޔާރު ދެއެވެ.
ޓްވިޓާ ވެބްސައިޓްގައި ސެޓިންގްސް އެންޑް ޕްރައިވެސީ > ޕްރައިވެސީ އެންޑް ސޭފްޓީ> ކޮންޓެންޓް ޔޫ ސީ> ޑިސްޕްލޭ މީޑިއާއަށް ދާށެވެ. ހަމައެކަނި ސާޗް ކުރުމަށް ސެޓިން ބަދަލުކުރަން ބޭނުންނަމަ "ސާޗް ސެޓިންގްސް" އޮޕްޝަނަށް ގޮސް " ހައިޑް ސެންސިޓިވް ކޮންޓެންޓް" އޮޕްޝަން އެކްޓިވޭޓް ކޮށް ނުވަތަ ޑިސެބަލް ކޮށްލާށެވެ.
4. ޕަބްލިކް ޑީ.އެމް ރިކުއެސްޓްތައް އެނޭބަލް ކުރުން ނުވަތަ ޑިސޭބަލް ކުރުން.
ޓްވިޓާގައި އެމީހެއްގެ ޑީއެމް ޕަބްލިކް ކުރުމުގެ އިހްތިޔާރު ލިބިގެންވެއެވެ. އެކަމަކު މީގެ މާނައަކީ އެމީހެއްގެ އިންބޮކްސް ހުންނާނީ ސްޕޭމް މެސެޖް އިން ފުރިފައިނޫނެވެ. ގޮތް ނޭނގޭ ޔޫޒަރުންގެ އާ ޑީއެމް ރިކުއެސްޓްތައް ވަކި ފޯލްޑަރަކަށް ގޮސް، އެރިކުއެސްޓްތައް ބަލައިގަތުމަށް ނުވަތަ ޑިލީޓް ކުރުމަށް އިޚްތިޔާރު ކުރެވިދާނެވެ.
ޑީއެމް ރިކުއެސްޓްތަކުގެ ސެޓިންގ ބަދަލުކުރުމަށް - ސެޓިންސް އެންޑް ޕްރައިވެސީ > ޕްރައިވެސީ އެންޑް ސޭފްޓީ > ޑައިރެކްޓް މެސެޖް، އަށް ދިއުމުން މި ސެޓިން ފެނިވަޑައިގަންނަވާނެއެވެ.
5. ޕުޝް ނޮޓިފިކޭޝަން ކަސްޓަމައިޒް ކުރުން.
ޕުޝް ނޮޓިފިކޭޝަންތަކުގެ ސަބަބުން އެމީހަކަށް އުދަގޫތަކެއް ވުމުގެ ފުރުޟަތު އޮތް ނަމަވެސް އޭގެ މާނައަކީ ހުރިހާ ނޮޓިފިކޭޝަންތަކެއް ޑިސޭބަލް ކުރަން ޖެހޭ ކަމެއް ނޫނެވެ. މި އެޕް މެދުވެރިކޮށް އާ ފޮލޯވަރުންނަށް އެލާޓްސް ސްކިޕްކޮށް، ހަމައެކަނި ތިމާ މެންޝަން ނުވަތަ ޑީއެމް ކޮށްފި ނަމަ އެކަމަށް ފޯކަސް ކޮށްލެވޭނެއެވެ.
ސެޓިންގްސް އެންޑް ޕްރައިވެސީ > ނޮޓިފިކޭޝަންސް > ޕްރިފަރެންސް > ޕުޝް ނޮޓިފިކޭޝަންސް އަށް ދާށެވެ. މިތަނުގައި، މެންޝަން، ރިޕްލައި، ރީޓުވީޓް، ލައިކްސް، ފޮޓޯ ޓެގް، އާ ފޮލޯވަރުން، އަދި މިނޫންވެސް އެތައް ކަމަކަށް ނޮޓިފިކޭޝަން ކަސްޓަމައިޒް ކޮށްލެވޭނެއެވެ.
އަޅުގަނޑުމެންގެ ރެކޮމެންޑޭޝަންތައް: "ނިއު ފޮލޯވަރުން"، "ކޮންޓެކްޓް ޖޮއިންސް ޓްވިޓާ"، "މެސެޖް ރިއެކްޝަންސް"، "ފޮޓޯ ޓެގްސް"، އަދި "ލައިކްސް" ޑިސޭބަލް ކޮށްލާށެވެ.
6. މޮމެންޓްސް، ސްޕޭސް، ބްރޯޑްކާސްޓް، އަދި މިނޫންވެސް އެތައް ކަމަކަށް ޓްވިޓަރ ނޮޓިފިކޭޝަންތައް ޑިސޭބަލް ކުރުން
"ޕުޝް ނޮޓިފިކޭޝަންސް" ސެކްޝަންގައި، ޓްވިޓާއިން ނޮޓިފިކޭޝަންތަކަށް ހާއްސަކޮށްފައިވާ ސެކްޝަނެއް ފެންނާނެ އެވެ. މިތަނުން "ޓޮޕިކްސް"، "ނިއުސް"، "ޕޮޕިއުލާ އިން ޔުއަރ ނެޓްވޯކް"، "މޮމެންޓްސް"، "ސްޕޭސް"، އަދި "އެހެނިހެން ލައިވް ބްރޯޑްކާސްޓްތައް" ފަދަ ނޮޓިފިކޭޝަންތައް ޑިސޭބަލް ކޮށްލެވިދާނެއެވެ.
7. ފޮލޯވަރުން ނަށް ތިމާ އުޅެނީ ކޮން ސްޕޭސްތަކެއްތޯ ބެލުން ހުއްޓުވުން
ޓްވިޓާ ސްޕޭސްގެ ވާހަކަ ދައްކާއިރު، ޓްވިޓާގައި އެމީހަކީ އެވިޑް ސްޕޭސް ޔޫޒާ ނުވަތަ އަޑުއަހާ މީހެއް ނަމަ، ތިމާ އަކީ ކޮން ސްޕޭސްއެއްކަން އެންމެންނަށް އަންގައިދިނުމުގެ އާދަކާދަ ޓްވިޓާގައި އަށަގެންފައި ވެއެވެ. އެހެންކަމުން ތިމާ އުޅެނީ ކޮން ސްޕޭސްތަކެއްގައި ކަން އެންގެވުން ހުއްޓުވަން، ސެޓިންގްސް އެންޑް ޕްރައިވެސީ > ޕްރައިވެސީ އެންޑް ސޭފްޓީ އަށް ގޮސް، ސްޕޭސް އެކްޓިވޭޓް ކޮށް ނުވަތަ ޑިސެބަލް ކޮށްލާށެވެ.
8. ވަކި ބައެއްގެ ފަރާތުން އަންނަ ނޮޓިފިކޭޝަންތައް މިއުޓް ކުރުން
ޓްވިޓާގައި ވަކި ބައެއްގެ ފަރާތުން އަންނަ ނޮޓިފިކޭޝަން، ހާއްސަކޮށް އަލަށް ޕޮލޯކުރާ ޔޫޒަރުން ނުވަތަ އައު ޓްވިޓަރ ޔޫޒަރުން ނުވަތަ ތަނކޮޅެއް އުނދަގޫ ބޮޑު ޓްވީޓް ކުރާފަރާތްތައް މިއުޓް ކުރުމަށް ވަކި ސެކްޝަނެއް އޮވެއެވެ. ތިމާގެ އެކައުންޓަކީ ޕަބްލިކް ޕްރޮފައިލް އެއް ނަމަވެސް ގިނަ ޔޫޒަރުންގެ ފަރާތުން ނޮޓިފިކޭޝަން ލިމިޓް ކުރަން ބޭނުން ނަމަ، ސެޓިންގްސް އަދި ޕްރައިވެސީ > ނޮޓިފިކޭޝަންސް އަށް ގޮސް ފިލްޓަރސް > މިއުޓެޑް ނޮޓިފިކޭޝަން> މިތަނުން، ފޮލޯ ނުކުރާ ޔޫޒަރުންނާއި، ތިމާ ފޮލޯ ނުކުރާ ޔޫޒަރުން، އާ އެކައުންޓެއް ގެންގުޅޭ ފަރާތްތަކާއި، ނުވަތަ އީމެއިލް ކަށަވަރު ނުކުރާ ޔޫޒަރުންނަށް ވެސް ނޮޓިފިކޭޝަން ތައް މިއުޓް ކުރެވިދާނެއެވެ.
9. އީމެއިލް އިންބޮކްސް ސްޕޭމް ކުރުން ހުއްޓުވުން
އީމެއިލް ސްޕޭމް ގެ ވާހަކަ ދައްކާއިރު ޓްވިޓާ އަކީ ފޭސްބުކް އާއި ލިންކްޑްއިން އާ ތަފާތެއް ނެތް އެޕެކެވެ. ހިފެހެއްޓުމެއް ނެތި ދޫކޮށްލައިފި ނަމަ، ޓްވިޓާގެ ހުރިހާ ޙަރަކާތެއް އީމެއިލް އަށް ފޮނުވައިގެން އެޕްގެ ތެރެއަށް ވެއްދުމަށް މަސައްކަތް ކުރާނެއެވެ. އެންމެ ރަނގަޅު ގޮތަކީ މި ފީޗާ އެއްކޮށް ޑިސޭބަލް ކުރުމެވެ.
ސެޓިންގްސް އަދި ޕްރައިވެސީ > ނޮޓިފިކޭޝަންސް > ޕްރިފަރެންސް > އީމެއިލް ނޮޓިފިކޭޝަންސް އަށް ދާށެވެ. މިތާނގައި "އީމެއިލް ނޮޓިފިކޭޝަންސް" ޑިސޭބަލް ކޮށްލެވިދާނެ، ނުވަތަ ނޮޓިފިކޭޝަން ސެޓިންގ ކަސްޓަމައިޒް ކޮށްލެވިދާނެއެވެ.
10. އޮޓޯޕްލޭ ވީޑިއޯތައް ޑިސޭބަލް ކުރުން
އޮޓޯޕްލޭ ކުރާ ވީޑިއޯތައް ބްލޮކްކޮށްގެން ޓްވިޓާ ފީޑަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ގެނެވިދާނެއެވެ. ހާއްސަކޮށް އޮޓޯޕްލޭ ކުރާ އިޝްތިހާރުތަކަށް މިއީ ވަރަށް ފަސޭހަ ކަމެކެވެ. އެއްޗެއް ބަލާލަން ބޭނުންނަމަ ހަމައެކަނި މީޑިޔާއަށް ޓެޕްކޮށްލުމަކީ ކުރެވިދާނެ ކަމެކެވެ.
ސެޓިންގްސް އަދި ޕްރައިވެސީ > އެކްސެސިބިލިޓީ، ޑިސްޕްލޭ، އަދި ލެންގުއޭޖްސް > އެކްސެސިބިލިޓީ > ވީޑިއޯ އޮޓޯޕްލޭ > ނެވަރ.
11. ބަސްތައް ނުވަތަ ޖުމުލަތައް މިއުޓް ކުރުން
ޓްވިޓާގެ ވަރުގަދަ މިއުޓް ފީޗާއަށް މިހާރުވެސް އަހުލުވެރި ވެވިދާނެއެވެ. އޭގެ ސަބަބުން ބަސްތަކާއި، ފްރޭޒްތަކާއި، ހޭޝްޓެގްތަކާއި، އެކައުންޓްތައް މިއުޓް ކުރުމުގެ ފުރުސަތު ދެއެވެ. މިއުޓް ކުރަން ބޭނުންވާ ފްރޭޒް ނުވަތަ ބަސް ހައިލައިޓް ކޮށްލާ، އަދި ޕޮޕްއަޕް އިން "މިއުޓް" އޮޕްޝަން އިހްތިޔާރު ކުރާށެވެ. މިއުޓް އޮޕްޝަންތައް ކަސްޓަމައިޒް ކޮށް، "ސޭވް" ބަޓަން އަށް ފިތާލާށެވެ. (ލިޔުމުގެ ވަގުތުގައި މި ފީޗަރ ލިބެން ހުންނަނީ ހަމައެކަނި އައިފޯނާއި އައިޕެޑުންނެވެ.)
12. ވަކި އެކައުންޓަކުން ކުރާ ޓުވީޓުތައް ހޯދުން
ޓްވިޓާއިން އެކައުންޓެއްގެ ޓުވީޓުތައް ހޯދަން ވަކި ސާޗް ފީޗާއެއް ހުރެއެވެ. ޓްވިޓާގެ ސާޗް ފީޗާ އަކީ ސާޗް އެންޖިން ޓެކްނިކްސް ނުދަންނަ ފަރާތްތަކަށް ވެސް ބޭނުން ކުރަން އެނގޭ ގޮތަށް ފަރުމާކޮށްފައިވާ ވަރަށް ފަސޭހަ އެޕެކެވެ.
މިސާލަކަށް: ސާޗް ފީލްޑަށް ގޮސް، "ފްރޮމް:(ޕްރޮފައިލް ހޭންޑްލް) (ސާޗް ޓާމް)" ޓައިޕް ކޮށްލާށެވެ. ޓްވިޓާއިން ހަމައެކަނި ދައްކާނީ އެ ޕްރޮފައިލްތަކުން ސާޗް ގެ ނަތީޖާ އެވެ. މޯބައިލް އެޕްތައް ބޭނުން ކުރާނަމަ ޕްރޮފައިލްގެ ޓޫލްބާރ އިން ސާޗް ބަޓަން ބޭނުން ކުރެވިދާނެއެވެ.
ޓްވިޓަރ އެޑްވާންސްޑް ސާރޗް ބޭނުންކޮށްގެން ތިމާގެ ސާރޗް އިތުރަށް ރަނގަޅު ކޮށްލެވިދާނެއެވެ.
13. އައިފޯންގައި ޓްވިޓާ ކޭޝް ޑިލީޓް ކުރުން
ސްޓޯރޭޖް ހުސްވާ ވަރުގެ ދުވަސްވީ އައިފޯނެއް އަތުގައި އޮތް ނަމަ، ހާއްސަކޮށް ޓްވިޓާ ގިނައިން ބޭނުން ކުރާނަމަ ޓްވިޓާ ކޭޝް ފޮހެލަން ބޭނުންވެދާނެއެވެ. މި އެޕްގެ ސަބަބުން ޓެމްޕޮރަރީ މެމޮރީގައި ވީޑިއޯ، ޖީއައިއެފް، ނުވަތަ އެނޫންވެސް ކޮންޓެންޓް ސޭވް ކުރުމަކީ އެކަށީގެންވާ ކަމެކެވެ.
ސެޓިންގްސް އަދި ޕްރައިވެސީ > އެކްސެސިބިލިޓީ، ޑިސްޕްލޭ، އަދި ލެންގުއޭޖްސް > ޑޭޓާ ޔޫސޭޖް > މީޑިއާ ސްޓޯރޭޖް > ކްލިއަރ މީޑިއާ ސްޓޯރޭޖް އަށް ވަންނާށެވެ.
14. ތިމާގެ ޕާސަނަލް ޑޭޓާ ޓްވިޓާއަށް ޝެއާ ކުރުން ލިމިޓް ކުރުން
އެހެން އެޕްތަކެކޭ އެއްފަދައިން މި ޚިދުމަތް ބޭނުން ކުރުމުގެ މާނައަކީ އެޕްގެ ބެލެނިވެރިފަރާތައް ތިމާގެ ޕާސަނަލް ޑޭޓާ އެއްކުރުމުގެ ފުރުސަތުލިބުމެވެ. އެކަމަކު ޕާސަނަލައިޒްޑް އިޝްތިހާރުތައް ދައްކާލުމަށް އިޝްތިހާރުކުރާ ފަރާތްތަކާ އެކު ހިއްސާކުރާ ޑޭޓާގެ މިންވަރު މަދުކުރެވިދާނެ އެވެ. އައިފޯނެއް ބޭނުންކުރާނަމަ ޓްވިޓާ އެޕް މެދުވެރިކޮށް ޓްރެކް ނުކުރުމަށް އެދެވިދާނެއެވެ.
ސެޓިންގްސް އަދި ޕްރައިވެސީ > ޕްރައިވެސީ އެންޑް ސޭފްޓީ > އެޑްސް ޕްރިފަރެންސަސް އަށް ގޮސް "ޕާސަނަލައިޒްޑް އެޑްސް" ޑިސޭބަލް ކޮށްލާށެވެ.
ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް