މޮޓޯ އެޖް އެކްސްއަކީ މޮޓޮރޯލާގެ ފުރަތަމަ ގޭމިންގ ފޯނު ބާ؟

ޢާއިޝަތު ޝައިހާ 11 ނޮވެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އާ މޮޓޮރޯލާގެ ފޯނެއް އަންނަން އުޅޭ ކަމުގެ އަޑުތައް އިވެމުން ދާއިރު، މި ފޯނަކީ ކުންފުނިން ވަކި ޚާއްޞަ މޯބައިލް މާކެޓަކާއި ދިމާލަށް އަޅާ ފުރަތަމަ ފިޔަވަޅު ކަމުގައި ފާހަގަވެގެން ދިޔުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މި ފޯނު ގޭމް ކުޅުމަށް ހާއްސަ ފޯނަކަށް ވެސް ވެގެން ހިނގައިދާނެއެވެ.

މި ފޯނު އަންނަނީ މޮޓޮރޯލާ މިލްކުވާ ލެނޯވޯ ކުންފުނިން ކަމަށް، އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ، މޮޓޯ އެޖް އެކްސްގެ ވާހަކަ ދައްކަމުން ވެއިބޯގައި ވަނީ ބުނެފައެވެ. މި ޕޯސްޓާއެކު ފުރަތަމަ ފެނިލުމެއްގެ ގޮތުގައި ތަސްވީރެއްވެސް ހިމަނާފައި ވެއެވެ.

ޕޯސްޓުގައި ބުނެފައިވާ ގޮތުގައި "މޮޓޯ އެޖް އެކްސް ބާރުގަދަވެފައި އުއްމީދުން ފުރިފައި" ވެއެވެ. އަދި މިއާއެކު "ސޭވިއަރ ގޭމިންގ މޮބައިލް ފޯން ޕްރޯ" ގޮތުގައިވެސް ބުނެވެއެވެ. ފެންނަ ފެނުމަށް ބަލާއިރު، މޮޓޯ އެޖް އެކްސް ބޮޑަށް ބެލެވެނީ ގޭމް ކުޅުމަށް ހާއްސަ ފޯނެއްގެ ގޮތުގައެވެ.

ގޭމިންގ ފޯނު ތަކަކީ މޯބައިލް ތަކުގެ ވަކި ހާއްސަ ވައްތަރެކެވެ. މި ފޯނު ތަކުގައި އެންމެ މޮޅު ސްރީނާއި އެކު މެދުމިނުގެ އަގެއް ވާ ނަމަވެސް، ފަރުމާއާއި ކެމެރާގައި އެހާ ބޮޑަށް ހިތް އަތުލައި ގަންނަ ކަހަލަ ކަމެއް ނުހުންނާނެއެވެ. ބައެއްފަހަރު މި ފަދަ ފޯނުތަކުގައި ގިނަ ޔޫއެސްބީ-ސީ ޕޯޓުތަކާއި، ފިޒިކަލް ޓްރިގާޒްގެ އިތުރުން ފޯނުގެ ފަހަތުގައި އާރްޖީބީ ބޮކިތައް ހުރުން ފަދަ ހާއްސަ ސިފަތައް މި ފޯނުތަކުގައި ހުރެއެވެ.

ޝޯމީ އަދި ނޫބިއާ ފަދަ ބައެއް ކުންފުނިތަކުން ގޭމް ކުޅުމަށް ހާއްސަ އެތައް ފޯނެއް ނެރެފައި ވެއެވެ. އަދި ލެނޯވޯގެ ލީޖަން ފޯން ޑުއަލް އަކީވެސް ގޭމިންގް ރަނގަޅު ފޯނެކެވެ. ނަމަވެސް، މި ނެރެވޭ އާ ފޯނަކީ ގޭމް ކުޅުމަށް ފަރުމާކުރެވިފައިވާ ފުރަތަމަ މޮޓޯ ފޯނަށް ވާނެއެވެ.

މޮޓޯ އެޖް އެކްސް ފެނިގެން ދާނީ ކޮން އިރަކުން ކަން އަދި އިނގިފައެއް ނުވެއެވެ. ޕޯސްޓުގައި ހަމައެކަނި ބުނެފައި ވަނީ 'ކައުންޓްޑައުން' އެވެ. އެހެންނަމަވެސް ގަބޫލުކުރެވެނީ ކުރިއަށް އޮތް މަސްދުވަސް ތެރޭގައި މި ފޯނު ނުނެރޭނެ ކަމެވެ. މި ލޯންޗު ކުރުމަކީ ހަމައެކަނި ޗައިނާގައި ހިނގައިފާނެ ކަމެއް ކަންވެސް ހަނދާނުގައި ބަހައްޓަން ޖެހޭނެއެވެ. މޮޓޯ އެޖް އެސް ތައާރަފުކޮށްފައި ވަނީ ހަމައެކަނި އެ ގައުމުގައި ނަމަވެސް، މަސްތަކަކަށްފަހު އޭގެ ހަމަ އަސްލާއި އެއްގޮތް ފޯނެއް މުޅި ދުނިޔެއަށް ތައާރަފުކޮށްފައި ވެއެވެ.

މޮޓޯ އެޖް އެކްސްއަކީ ކޮބާ؟

މޮޓޯ އެޖް އެސް މުޅި ދުނިޔެއަށް ތަޢާރަފުވެގެން އައީ މޮޓޯ ޖީ 100 ގެ ގޮތުގައި ކަމަށް ވާނަމަ، އެޖް އެކްސް ޖީ 200 ގެ ގޮތުގައި ތައާރަފުވެގެން އައުމަކީ އެކަށީގެންވާ ކަމެކެވެ. ވަރަށް ފަހުން ލީކުވީ މައުލޫމާތަކުން ބުނާ ގޮތުގައި، މި ފޯނު ވަނީ ހަމަ ގައިމުވެސް އައުމުގެ މަގުމަތީގައި ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

މި ލީކުވީ މައުލޫމާތުތަކުން އިތުރަށް ހާމަވާ ގޮތުގައި، މި ފޯނުގައި 888 ޗިޕްސެޓުގެ ސްނެޕްޑްރެގަންއަކާއި، 144 ހާޓްޒްގެ ސްކްރީނެއްގެ އިތުރުން، 8 ޖީބީ ގެ ރޭމްއަކާއި، 108 މެގަޕިކްސެލްގެ މެއިން ކެމެރާއަކާއި 6 ސްނެޕަރ ޖުމްލަ ގޮތެއްގައި ހިމެނޭނެއެވެ. މި ފޯނުގައި 2 ފްރަންޓް ކެމެރާ ހިމެނޭނެ ކަމަށްވެސް ލީކުން އެނގި ހާމަވެގެން ދެއެވެ. އާންމު ގޮތެއްގައި ގޭމް ކުޅުމަށް ޚާއްޞަ ފޯނުތަކުގައި ހިމެނޭނީ މަދު އަދަދެއްގެ ފްރަންޓް ކެމެރާތަކެކެވެ. އެއީ އޭގެ ސަބަބުން ސްކްރީނަށް ބޭނުންވާ ޖާގަ ގެއްލިގެން ދާނެތީވެއެވެ.

މީގައި ލިސްޓުކޮށްފައިވާ ޕްރޮސެސަރ އާއި މެދުވެސް ވަރަށް ބޮޑު ޝައުގުވެރިކަމެއް އުފެދެއެވެ. ސަބަބަކީ އެހެން ލީކުވީ މައުލޫމާތުތަކުން ބުނާ ގޮތުގައި، މޮޓޮރޯލާއިން ދަނީ ސްނެޕްޑްރެގަން 898 ހިމެނޭ އޭގެ ފުރަތަމަ ފޯނެއް ނެރުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ. މިއީ އެންޑްރޮއިޑް ފޯނުތަކުގައި ހިމެނިގެން ދާނެ އެންމެ ބާރުގަދަ ޗިޕްސެޓެވެ.

އެހެންކަމުން، މޮޓޮރޯލާއިން ގިނަ މޮޅު ފޯނުތައް ނެރުމަށް މަސައްކަތް ކުރަމުން ދަނީ ހެއްޔެވެ؟ މިކަން މިއީ އާދަޔާ ޚިލާފު ކަމަކަށް ވެދާނެއެވެ. އެއީ އާންމު ގޮތެއްގައި ބްރޭންޑުން މަސައްކަތް ކުރަނީ ބަޖެއްޓަށް ފެތޭ ނުވަތަ މެދު މިނުގެ އަގުތަކެއްގައި އުޅޭ ހޭންޑްސެޓްތަކެއް އުފެއްދުމަށެވެ. އެހެންނަމަވެސް މިއީ ވުން އެކަށީގެންވާ ކަމެކެވެ. ސަބަބަކީ، އެ ކުންފުނިން ފާއިތުވެ ދިޔަ އަހަރުތަކުގައި ޕްރިމިއަމް މާކެޓްތަކަށް ބޮޑަށް މަސައްކަތް ކުރާ ތަން ވަނީ ފެނިފައެވެ. މީގެން ކޮންމެވެސް އެކަތި މޮޓޯ އެޖް އެކްސް ނުވަތަ މޮޓޯ ޖީ 200 އަށް ވެގެން ހިނގައިދާނެއެވެ. އޭގެ ތެރެއިން އެއީ ކޮން އެއްޗެއްތޯ ބަލައިލުމަށް ޖެހޭނީ އިންތިޒާރު ކޮށްލާށެވެ.


އިތުރަށް ކިޔާލުމަށް :

ސްމާޓްފޯނު ވިޔަފާރީގައި އެންމެ ނާކާމިޔާބު ކުންފުނިތައް

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.