ވައިފައި އަށް ކަނެކްޓް ނުވާނަމަ ކަން ކުރަންވީ ގޮތް . . .

އަޙްމަދު އަޙްސަން 14 ނޮވެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ތިމާގެ ޑިވައިސްތަކާއި ވަޔަރލެސް ނެޓްވޯކްތަކާއި ކަނެކްޓް ނުވެގެންދާއިރު ކަންތައް ކުރަންވީ ގޮތުގެ ފަސޭހަ ގައިޑެއް ގޮތުގައި މިލިޔުމުގައި ހިމާނާލާނަމެވެ.

ވައިފައި އަށް ކަނެކްޓް ނުވެގެންދާއިރު ފޯނާ ދިމާލަށް ހަޅޭއްލަވާ އަޑު އަމިއްލަ ނަފްސަށް އިހުސާސްކުރެވޭ ހެއްޔެވެ؟ އާދެ، އަޅުގަނޑުމެންވެސް

ވައިފައި ކަނެކްޝަން އަށް ދިމާވެދާނެ މައްސަލައަކާއި ގުޅިގެން، އޮންލައިންކޮށް ލެޕްޓޮޕް ނުވަތަ ފޯނު ނުލިބުމަކީ އެންމެ ހިތްދަތި އެއް މައްސަލަ އަށް ވެދާނެ އެވެ. ތިމާގެ އަތުގައި ރަނގަޅަށް މަސައްކަތްކުރާ ގެޖެޓެއް އަދި ވަޔަލެސް ސޯސްއެއް ހުރެފައި ޓެކްނޮލޮޖިކަލް ގޮތުން އެންމެ ފުރިހަމަ މަސައްކަތްކުރާ އެއްޗަކަށް ވާންޖެހޭނެއެވެ. އާދެ، ކަނެކްޝަނެއް ހެދުމަކީ، ހީކުރާހާ ފަސޭހަ ކަމެއް ނޫނެވެ.

އަދި ހަމަ އެގޮތަށް އެންމެ ފުރިހަމަ ސޮލިއުޝަނެއް ވެސް ނެތެވެ. އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ކޮންމެވެސް ވަރެއްގެ ޕޮސިބަލް ޖަވާބެއް އަރުވާނަން، އެކަމަކު އެނގޭ، މި ޕޭޖުގައި ސްކްރޯލް ކުރާ ވަރަށްވުރެ މާ ބޮޑެތި، ނުވަތަ އެ މައްސަލަ އަކީ ޕްރޮފެޝަނަލް ފިކްސްއެއް ބޭނުންވާ ނުވަތަ އިންޓަނެޓް ސާރވިސް ޕްރޮވައިޑަރގެ އެހީ ހޯދަން ޖެހިދާނެ މައްސަލަ އަކަށް ވެސް ވެދާނެއެވެ.

ތިމާގެ ކްރެޑެންޝިއަލްސް ޗެކް (އަދި ޑަބަލް ޗެކް) ކުރުން

ރަނގަޅަށް ޕާސްވޯޑް ޓައިޕްކޮށް ކެޕްސް ލޮކް އޮން ނުވަތަ އޮފް ކޮށްފައި ހުރިކަން ޔަގީން ކުރުން. ސައްހަ ނޫން ލޮގިން ޑީޓެއިލްސް އަކީ ވައިފައި ސްޓްރަގަލްތައް ކުރިމަތިވާ އާންމު ސަބަބެކެވެ. ތިމާގެ ކްޑެންޝިއަލް ޞައްޙަކަން ބެލުމަކީ، ނުބައި ޕާސްވޯޑެއް ޓައިޕްކޮށް ރިޓައިޕް ކުރުމުގެ އެތައް ވަގުތެއް ސަލާމަތް ކުރެވިދާނެ ކަމެކެވެ.

އެންމެ ފުރަތަމަ، ކޮންމެ ކެރެކްޓަރއެއް ރަނގަޅަށް ކިޔޭތޯ ޔަގީން ކުރާށެވެ. މިއީ ވަކިން ޚާއްސަކޮށް ނޯޓެއްގައި ލިޔެފައިވާ ޕާސްވޯޑެއް މީހަކު ތިމާ އާއި ޝެއަރ ކުރާއިރު ވަރަށް މުހިންމު ކަމެކެވެ. ޓައިޕް ކުރާއިރު، ރިއަލް ޓައިމްގައި ޓައިޕް ކުރަނީ ކޮން އެއްޗެއްތޯ ބެލުމަށް ޕާސްވޯޑް ފީލްޑްގެ ކަނާތް ފަރާތުގައި ހުންނަ އައި އައިކަން އަށް ޓެޕް ނުވަތަ ކްލިކް ކޮށްލާށެވެ. ގިނަ އިންޓަފޭސްތަކުގައި މި ފީޗާ އެކުލެވިގެންވީ ނަމަވެސް، ޕަބްލިކް ތަނެއްގައި އުޅޭނަމަ، މީހަކު ތިމާގެ ޕާސްވޯޑް ދެނެގަނެފާނެތީ، އެކަމުން ދުރުހެލިވާން ޖެހެއެވެ.

ދެވަނަ ކަމަކަށް، ޕާސްވޯޑަކީ ކޭސް ސެންސިޓިވް އެއްޗެއްކަން ހަނދާން ކުރާށެވެ. އެހެންކަމުން އަޕަރ-އަދި ލޯވަރކޭސް ފަރުވާތެރިކަމާއެކު ބޭނުން ކުރާށެވެ.

ތިންވަނަ ކަމަކަށް، ތިމާގެ ކީބޯޑަށް ސަމާލުވާށެވެ. ކެޕްސް ލޮކް ޗެކްކުރަން، ގިނަ ލެޕްޓޮޕްތަކާއި މެކޭނިކަލް ކީބޯޑްތަކުން މި ދިމާވެދާނެ މައްސަލަ ތިމާއަށް ހައްލުކުރުމަށް ލައިޓް އޮން ކޮށްލާނެއެވެ. ލައިޓް ނުހުންނަ ކީބޯޑަކުން އެކަން ނުކުރެވިއްޖެނަމަ، ކޮންމެވެސް ފީލްޑެއްގައި އެއްޗެއް ޓައިޕްކޮށްގެން (ނޯޓްޕެޑް ފަދަ) ޗެކް ކޮށްލާށެވެ.

އެއް އަކުރަށް ވުރެ ގިނަ އަކުރު ޓައިޕް ކުރުމަށް ކީބޯޑް ބޭނުން ކުރާނަމަ، އެ އަކުރުތައް ނޭނގި ވެސް ނުބައި ކީ ތަކުގައި ހުރެދާނެއެވެ. ކީބޯޑް ސެޓިން ޑިފޯލްޓްގައި ހުރިކަން ޔަގީން ކުރާށެވެ.

ވައިފައި ރޭންޖު ލިބޭ ސަރަހައްދެއްގައިތޯ ޔަގީން ކުރުން

ވައިފައި ކަވަރޭޖް ތަފާތު ވެދާނެ ވަރަށް ގިނަ ސަބަބުތަކާ ހުރެ — ރައުޓަރު ބޭރުކުރާ ސިގްނަލްގެ ވަރުގަދަކަމުން ފެށިގެން، ގޭގެ ފާރުތަކުގެ ބޯމިނާ ހަމައަށް ވެސް ވައިފައި ކަވަރޭޖް ތަފާތުވެދާނެއެވެ. ރައުޓަރުގެ ވެރިފަރާތުން އެ ގެޖެޓް ނުފެންނަ ތަނެއްގައި ބަހައްޓައި، ވަތްގަނޑަކަށްލާ ނުވަތަ އެނޫންވެސް ގޮތަކުން އެ ގެޖެޓް ފޮރުވާ، އޭގެ ސިފަތައް ފޮރުވަން އުޅުމުގެ ތެރޭގައި، އެއިން ކުރާނެ ފައިދާއެއް ނެތެވެ.

ރައުޓަރ ކައިރިއަށް ޖެހިލައި އޭގެ އެންޓަނާ ނަގައި، ހުރަސްނުކޮށް ހެދުމަކީ ފަސޭހައިން ކަނެކްޝަނެއް ހޯދުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ޑިވައިސްގެ ވައިފައި މޯޑް އޮން ކުރުން

އަނެއްކާވެސް މިއީ ފާޅުކަން ބޮޑު ގޮތެއްގައި އަޑު އިވިދާނެ، އެކަމަކު ވައިފައި ނެޓްވޯކަކާ ގުޅާ ކޮންމެ ގެޖެޓެއް ވެސް އެ ކަނެކްޝަން ހޯދަން އަމަލީ ގޮތުން މަސައްކަތް ކުރަން ޖެހޭ. އެކަން ވާނީ އޭގެ ވައިފައި މޯޑް އޮން ވުމުންނެވެ.

އައިފޯން ނުވަތަ އައިޕެޑެއް ހުރިނަމަ ކޮންޓްރޯލް ސެންޓަރުގެ މެނޫއަށް އެކްސެސްވާން ބޭނުންވާނެ — ސްކްރީންގެ މަތީ ކަނާތް ފަރާތުން ތިރިއަށް ސްވައިޕް ކޮށްގެން ހުޅުވާލާށެވެ. އެތަނުގައި ވައިފައި އައިކަން އަށް ޓެޕް ކޮށްލާ އޮން ކޮށްލާށެވެ. މެކް ކޮމްޕިއުޓަރުތަކުގައި، ސްކްރީންގެ މަތީ ކަނާތް ފަރާތުގައި، ގަޑީގެ ފަރާތަށް ހަމަ އައިކަން ފެންނާނެއެވެ. އެންޑްރޮއިޑް ފޯނާއި ޓެބްލެޓްތަކުގައި، ސްކްރީންގެ އެންމެމަތިން އިނގިލި ބޭނުންކޮށްގެން ތިރިއަށް ސްޕައިޕް ކޮށްލެވިދާނެއެވެ. ތިމާގެ ޑިވައިސްގެ ސެޓަޕަށް ބަލާފަ، ތިން ވޭވްވައިފައި އައިކަން އެއް ފެންނާނެ، ނުވަތަ އިންޓަނެޓް ކިޔާ އޮޕްޝަނެއް ފެންނާނެއެވެ. އެއަށް ޓެޕް ކޮށްލުމަށްފަހު ވައިފައި ގެ އަރިމަތީ ޓޮގްލް ސްވިޗް އޮން ކޮށްލާށެވެ. ޕީސީއެއްގައި، ސްކްރީންގެ އެންމެ ތިރީ ކަނާތް ފަރާތުގައި ހުންނަ ގަޑިއާ ޖެހިގެން ފެންނަ ސްކްރީން އައިކަންއަށް ކްލިކް ކޮށްލުމުން ތިން ވޭވް ވައިފައި އައިކަން އެއް ފެންނާނެ އެވެ. އޮން ކޮށްލުމަށް އެއަށް ކްލިކް ކޮށްލާށެވެ.

ރައުޓަރ އޮންލައިންކޮށް ހުރިތޯ ޗެކް ކުރުން

ވައިފައި ސިގްނަލް ފެނޭ، އެކަމަކު އަދިވެސް އޮންލައިން ނުވެވޭ. އެއީ ބައެއް ފަހަރު ރައުޓަރ އޮފްލައިންކޮށް ހުންނަ ވަގުތު ހުސް ސިގްނަލެއް ބޭރުވަމުން ދާތީ ކަމަށް ވުން އެކަށީގެންވެއެވެ. މިއީ ކަން އޮތް ގޮތްތޯ ދެނެގަންނަން ފަސޭހަ ގޮތެއް އެބަ އޮތެވެ. ރައުޓަރުގައި ހުންނަ ލައިޓްތައް ޗެކް ކޮށްލާށެވެ.

މީގެ ތެރެއިން ގިނަ ރައުޓަރ ތަކުގައި ތަފާތު އެއްޗެހި މާނަކުރާ ސިލްސިލާ ލައިޓްތައް ހުރެއެވެ. ހޯދަން މިއުޅޭ ސިގްނަލް ލައިޓުގައި އެންޓަނާއެއް ނުވަތަ ވޭވްތަކެއް ރަމްޒުކޮށްދޭ ލައިޓެއް ފެންނާނެއެވެ. މި ރަމްޒުގެ ދަށުގައިވާ ފެހިކުލަ ނޫން އެހެން ކުލައެއް ނަމަ، ނުވަތަ މެދުކެނޑުމެއްނެތި ބްލިންކް ވާނަމަ އޭގެ މާނައަކީ ރައުޓަރަށް އިންޓަނެޓް ސިގްނަލް ނުލިބޭ ވާހަކަ އެވެ.

މިކަން ހައްލުކުރުމަށް، ރައުޓަރ ނިއްވާލައި، 10 ސިކުންތު ފަހުން އޮން ކޮށްލާށެވެ. މިއީ އާންމު ގޮތެއްގައި ރައުޓަރުތައް ސިގްނަލް އެންމެ ފަހުން ގެއްލުނު ހިސާބު ނެގުމުގެ ބަދަލުގައި ރީބޫޓް ކުރުމަށް ބާރު އެޅުމަށް ނަގާ ވަގުތެކެވެ. ރައުޓަރު އަލުން އޮން ކޮށްލާއިރު، ކުރިން ވެސް ރައުޓަރުން ފެނުނު ފަދަ ލައިޓްތަކެއް ފެންނަންދެން މަޑުކުރާށެވެ. ރަތް އަލި ފެހި ކުލައަށް ބަދަލުވެއްޖެ ނަމަ ނުވަތަ އެކި ވަގުތުތަކަށް ބްލިންކް ކުރާނަމަ އޭގެ މާނައަކީ ރައުޓަރު މިހާރު ހުރީ އޮންލައިންކޮށެވެ.

އެކަން ކުރުމުން ވެސް ހައްލު ނުވެއްޖެނަމަ އިންޓަރނެޓްގެ ޚިދުމަތް ދޭ ފަރާތުގެ މައްސަލައެއް ކަމަށް ވެސް ބެލެވިދާނެއެވެ. ޚިދުމަތްދޭ ފަރާތުން އެސަރަހައްދުގައި މެއިންޓެއިނަންސް މަސައްކަތެއް ކުރޭތޯ ބެލުމަށް އައިއެސްޕީގެ ސޯޝަލް މީޑިއާ ޗެކް ކޮށްލާށެވެ. ނުވަތަ އެފަރާތުގެ ކަސްޓަމަރ ސަރވިސްއަށް ގުޅުމުން ޖަވާބެއް ލިބޭނެއެވެ.

ޑިވައިސް ނިއްވާލުމަށްފަހު އަނެއްކާވެސް އޮން ކުރުން

ދިމާވެދާނެ މައްސަލައަކީ ރައުޓަރުގެ ސަބަބުން، ފާރުތަށް، ނުވަތަ އިންޓަނެޓްގެ ހިދުމަތް ދޭ ފަރާތް ވެސް ނޫނެވެ. ބައެއްފަހަރަށް މައްސަލައަކީ، ތިޔަބޭފުޅުން، އަދި އޭގެ ސަބަބުން، އަޅުގަނޑު މި މާނަކުރަނީ، ތިޔަބޭފުޅުންގެ ގެޖެޓް. މި މައްސަލަ ހައްލުކުރުމަށް ޑިވައިސް ރީބޫޓްކޮށްގެނެވެ. ފޯނާއި، ޓެބްލެޓް، ކޮމްޕިއުޓަރު، ނުވަތަ ގެޖެޓް ނިއްވާލުން ނުވަތަ ރީސްޓާޓް ކުރުން އިހްތިޔާރު ކުރާށެވެ.

ތިމާގެ ޑިވައިސް އަލުން ހުޅުވުމުން، ރީބޫޓް ކޮށް ނިމެންދެން އަދި ކަންކަން ހަމައަކަށް އެޅެންދެން މިނެޓެއްވަރު ބަލާށެވެ. އަނެއްކާވެސް ވައިފައި އަށް ކަނެކްޓް ކުރަން މަސައްކަތް ކުރާށެވެ.

އޮޕަރޭޓިންގ ސިސްޓަމް އަޕްޑޭޓް ކުރުން

ރީބޫޓް ކުރުމުން ވެސް ކާމިޔާބު ނުވެއްޖެ ނަމަ ބަގެއްގެ ސަބަބުން ވާކަމެއް ކަމަށް ވެސް ވެދާނެއެވެ. ސިސްޓަމް އަޕްޑޭޓެއް އައިސް އަޕްޑޭޓް ނުކޮށް ހުރި ނަމަ، މިއީ އެ އަޕްޑޭޓް އިންސްޓޯލް ކުރަން ރަނގަޅު ވަގުތެވެ.

އައިފޯނެއް ނުވަތަ އައިޕެޑެއް އޮތް ނަމަ ސެޓިންގްސް އެޕަށް ގޮސް، ޖެނެރަލް ޓެޕްކޮށް، ދެން ސޮފްޓްވެއާ އަޕްޑޭޓް ކޮށްލާށެވެ. ޑިވައިސް އިން ޕެޗެއް އިންތޯ ނުވަތަ އަޕްޑޭޓް ހުރިތޯ ބުނެދޭނެއެވެ. މެކް އޯއެސް ގައި، ސިސްޓަމް ޕްރިފަރެންސް އަށް ގޮސް، ދެން ސޮފްޓްވެއާ އަޕްޑޭޓް ކުރާށެވެ. ތިމާގެ ކޮމްޕިއުޓަރުން އާ އެއްވެސް އެއްޗެއް އޮޓޮމެޓިކުން ސާޗްކޮށް، ޑައުންލޯޑްކޮށް އިންސްޓޯލްކުރަން ތައްޔާރަށް ހުރިނަމަ އެކަން އެނގޭނެއެވެ.

އެންޑްރޮއިޑް ޔޫޒަރެއް ނަމަ، މި އޮޕްޝަން ފެންނާނީ ސެޓިންގްސް، ސިސްޓަމް، އަދި އެއަށްފަހު ސިސްޓަމް އަޕްޑޭޓަށް ގޮސްގެންނެވެ. މި ސްކްރީން އިން އިންސްޓޯލް ކުރުމަށް އާ ސޮފްޓްވެއާއެއް ހޯދުމުގެ މަސައްކަތް އެންމެ ފަހުން ކުރި ހިސާބުން ފެށިގެން ނަތީޖާ ދައްކާނެ އެވެ. އަލުން ޗެކް ކުރަން ބޭނުންނަމަ، ސްކްރީންގެ އެންމެ ތިރީ ކަނާތް ފަރާތުގައި ވާ އަޕްޑޭޓް ބަޓަން އަށް ފިއްތާލާށެވެ. އެންމެ ފަހު ކަމަކަށް، ވިންޑޯސް ޑިވައިސްއެއް ނަމަ، ސެޓިންގްސް އަށް ގޮސް، ދެން ވިންޑޯސް އަޕްޑޭޓް ކުރާށެވެ. ކުރީގެ މިސާލުތަކެކޭ އެއްފަދައިން، އިންސްޓޯލް ކުރުމަށް ރެޑީގައި ހުރި ޕެޗްތަކެއް ހުރިތޯ ނުވަތަ ސިސްޓަމް އަޕްޑޭޓްވެފައި ހުރިތޯ ބަލާނެއެވެ.

ގެޖެޓް ވައިފައި އަށް ކަނެކްޓްނުވާ އެތައް ސަބަބުތަކެއް އެބަހުއްޓެވެ. މިއީ އާންމުކޮށް ދިމާވެދާނެ ކަންތައް، އެކަމަކު ބައެއް ފަހަރު އެހެން މައްސަލަތައް ވެސް ދިމާވެދާނެ، ހާޑްވެއާ މައްސަލަތައް ވެސް އެބަހުރި (މިސާލަކަށް ޑިވައިސްގެ އެންޓަނާ އަށް ކޮންމެވެސް ގޮތަކުން ގެއްލުން ލިބުނު)، އަދި އެއްފަހަރާ ގިނަ ކަނެކްޝަންތަކެއް ކެޕްކޮށްފައިވާ ރައުޓަރުތަކެއްގެ ސަބަބުންނެވެ.

ގިނަ ފަހަރަށް މި ލިޔުމުގައިވާ ޗެކްލިސްޓަށް ދާނަމަ ވައިފައި އަށް ކަނެކްޓްވެ ޑިވައިސް އޮންލައިން ކުރެވިދާނެއެވެ.



އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.