ސްޓާރލިންކް އިން ފްލައިޓްތަކަށް ހަލުވި އިންޓަނެޓް ފޯރުކޮށްދެނީ

އާހިލް އާސިމް އަބްދުالله 16 ނޮވެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ސްޓާރލިންކްގެ ސަބަބުން ފްލައިޓްތަކަަށް ކުރިއަށްވުރެ ބާރު ސްޕީޑް އިންޓަނެޓް ލިބޭނެ ކަމަށް އީލޯން މަސްކް ބުނެފިއެެވެ.

އީލަން މަސްކްގެ ސްޕޭސް އެކްސް އިންދަނީ، އިންފްލައިޓް ވައިފައި ގެ ގޮތުގައި ސްޓާރިންކް ބޭނުންކުރުމުގެ މަޝްވަރާ ކުރަމުން ކަމަށްވެސް އީލޯން މަސްްކް ވަނީ ހާމަކުރަށްވާފައެެވެ. އަދި މި ޚިދުމަތް ބޭނުންވާ އެއާލައިން ތަކުން އޭނާ އަށް އެކަން އަނގާލުމަށްވެސް އީލަން މަސްކް ވަނީ ވިދާޅުވެފައެވެ.

https://twitter.com/elonmusk/status/1448668361945231362?s=20.

ސްޕޭސް އެކްސް އިން ވަނީ މިއަދާ ހަމަަައަށް 1740 ސްޓާރލިންކް ސެޓެލައިޓް ޖައްވަށް ފޮނުވާފައެވެ. އަދި މީގެ ބޭނުންކުރާ 14 ޤައުމެއްގެ 100000 ވުރެ ގިނަ މީހުން އެބަ އުޅެއެވެ. މީ މަހަކު 99$ ދައްކައިގެން ބޭނުންކުރަމުންދާ ބޭޓާ ވާރޝަންއެކެވެ.

ސްޕޭސް އެކްސްގެ ނައިބު ރައީސް ޖޯނަތަަން ހޮފެލާރ މިއަހަރު ކުރީ ކޮޅުގައި ވިދާޅުވި ގޮތުގައި މިހާރުވެސް ސްޕޭސްއެކްސް އިންދަނީ އެކި އެއާރލައިންތަކާ އެކީ މިކަންކުރުމަށް މަޝްވަރާ ކުރަމުންނެވެ. މީގެ ސަބަބުން އެއާލައިންތަކަށް ގްލޯބަލް މެޝްގެ ދަށުން މުޅިދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް އިންޓަނެޓް ބޭނުންކުރެވޭނެ ކަމަށްވެސް ހޮފެލާރ ވިދާޅުވިއެވެ.

މި ހިދުމަތް ފުޅާކުރުމަށް ބޮޑަށް ސްޓާރލިންކް އިން އަމާޒުހިފާފައި ވަނީ އޭ320 އާއި 737 މަރުކާގެ ބޯޓުތަކަށެވެ.

އާހިލް އާސިމް އަބްދުالله

އާހިލް އާސިމް އަބްދުالله

އަޅުގަނޑުގެ ނަމަކީ އާހިލް އެވެ. ޓެކްނޮލޮޖީގެ އައު ވާހަކަތަކަށް ކެތްމަދުވެފައި ހުންނަ ޒުވާނެކެވެ!

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.