ސެމްސަންގްގެ ވަން ޔޫއައި 4 މިހާރު ގެލެކްސީ އެސް 21 ގައި

އަޙްމަދު އަޙްސަން 18 ނޮވެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ގޫގުލް އިން މިދިޔަ މަހު އެންޑްރޮއިޑް 12 ނެރުނު ފަހުން ސެމްސަންގް އިން މިހާރު ދަނީ ގެލެކްސީ އެސް 21، އެސް21+ އަދި އެސް 21 އަލްޓްރާ އަށް އެ ކުންފުނީގެ ވަން ޔޫއައި 4 ސޮފްޓްވެއާ ޓޫލްސް ރަސްމީކޮށް ނެރުމަށް ފަހު، އެ ޓޫލްތައް ބޭނުން ކުރަމުންނެވެ.

ސެމްސަންގެ އެންޑްރޮއިޑް ޓޭކްގެ ކުރީގެ ވާޝަންތަކުގައި މިހާރުވެސް ސްކްރީންޝޮޓް ސްކްރޯލް ކުރުން ފަދަ އެންޑްރޮއިޑް 12 ގައި ހިމެނޭ ގިނަ އާ ފީޗާސްތަކަށް ސަޕޯޓް ކުރުން ހިމަނާފައިވާއިރު، ސެމްސަންގް އިން އަދިވެސް ދަނީ އަޕްޑޭޓް ކޮށްފައިވާ ވިޖެޓްސް، އެންހޭންސްޑް ޕްރައިވެސީ އަދި ސެކިއުރިޓީ ފަދަ ކަންކަން ޑެލިވަރީ ކުރުމަށް ވަން ޔޫއައި 4 ގައި އެންޑްރޮއިޑް 12 އަށް އިތުރު ކުރުންތައް ހިމަނައިގެންނެވެ.

ތިމާގެ ޑިވައިސް ޕާސަނަލައިޒް ކުރުމުގެ ވާހަކަ ދައްކާއިރު، ވަން ޔޫއައި 4 ގައި މިހާރު އާ ކަލަރ ޕެލެޓްތަކެއް ހުރިއިރު، އޭގެ ސަބަބުން އެޕް އައިކަންތަކާއި، ނޮޓިފިކޭޝަންތަކާއި، އަދި މިނޫންވެސް އެތައް ކަމެއް ގެ ސިފަ ބަދަލުކުރުމަށް ފަސޭހަވެގެންދެއެވެ. އެންޑްރޮއިޑް 12 ފަދައިން، ވަން ޔޫއައި 4 ގައި ހިމެނޭ ނޮޓިފިކޭޝަންތަކާއި ކުއިކް ސެޓިން އައިކަންތަކަކީ ވެސް މިހާރު ތަންކޮޅެއް ފަސޭހައިން ބޭނުން ކުރެވޭ ގޮތަށް ގްރޫޕްކުރެވިފައިވާ ފީޗާތަކެކެވެ. އެގޮތުން ސެމްސަންގް ކީބޯޑްގައި ހިމެނޭ އިމޯޖީ، ސްޓިކާ، އަދި ޖީއައިއެފްގެ ފުޅާ ރޭންޖެއް ގެނައުމަކީ ޓެކްސްޓް އަދި ޗެޓްތަކުގައި އަމިއްލަ ނަފްސު ރަނގަޅު ގޮތުގައި ހާމަކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ވަން ޔޫއައި 4 ގައި ހިމެނޭ ލޮކް ސްކްރީނަށް ވެސް ވަނީ ސެމްސަންގްގެ ވޮއިސް ރެކޯޑަރު އެޕް އަށް ވަނުމުގެ ގާބިލްކަން ލިބިފައެވެ. ފޯނު އެއްކޮށް އަންލޮކް ކުރާކަށް ނުޖެހޭ، އަދި އޮން ޑިސްޕްލޭއަށް ބައެއް އިތުރު ކުރިއެރުންތައް ވެސް މިހާރު ވަނީ ލިބިފައެވެ.

ސެކިއުރިޓީއަށް ބަލާއިރު، އެންޑްރޮއިޑް 12 އެކޭ އެއްފަދައިން، ސެމްސަންގް އިން ވެސް ވަން ޔޫއައި 4 ގައި ފޯނުގެ މައިކްރޯފޯން ނުވަތަ ކެމެރާއަށް އެއްވެސް އެޕަކުން އެކްސެސް ވާން އުޅޭނަމަ ޕޮޕް އަޕް އެލާޓް ވާނެ ކަމަށާއި، އާ ޕްރައިވެސީ ޑޭޝްބޯޑަކީ ތިމާގެ މުހިންމު ހުރިހާ ސެކިއުރިޓީ ސެޓިންތަކާއި ކޮންޓްރޯލްތައް އެއް ތަނެއްގައި ބެހެއްޓުމަށް ފަރުމާކޮށްފައިވާ ޑޭޝްބޯޑެކެވެ. ސެމްސަންގް އިން އެންޑްރޮއިޑް 12 ގެ ޕްރައިވެޓް ކޮމްޕިއުޓް ކޯރ ފީޗަރ އަށް ވެސް ސަޕޯޓް ކުރަމުން އަންނައިރު، މިއީ ސޭންޑްބޮކްސްއެއްގެ ގޮތުގައި މަސައްކަތް ކުރާ، ވަކި އެޕްތަކެއް ނުވަތަ ފަންކްޝަންތަކަކުން ތިމާގެ ޑޭޓާ އައިސޮލޭޓް ކުރުމަށް އެހީތެރިވެދޭ، އަދި ޝައްކު ކުރެވޭ އެޕް އެކްޓިވިޓީ ޓްރެކް ކުރާ ފީޗާއެކެވެ.

ސެމްސަންގްގެ އެހެން ޑިވައިސްތަކަށް ބަލާއިރު، ސެމްސަންގް އިން ބުނާ ގޮތުގައި ދުވަސްވީ ގެލެކްސީ އެސް ފޯނުތަކާއި ގެލެކްސީ ނޯޓް ފޯނުތަކާއި މެދު ފަންތީގެ ގެލެކްސީ އޭ ސީރީޒްގެ ފޯނުތަކާއި ސެމްސަންގްގެ ޒެޑް ފްލިޕް އަދި ޒެޑް ފޯލްޑް ފޯނުތައް ހިމެނޭ ޓެބްލެޓްތަކާއި ފޯލްޑަބަލްތަކަށް "ވަރަށް އަވަހަށް" ވަން ޔޫއައި 4 ލިބެން ހުންނާނެކަމަށެވެ.

އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.