ޗެޓް އެޕް ޓެލެގްރާމް އަށް އާ ސްޕޮންސާޑް މެސެޖްސް ފީޗާއެއް ތަޢާރަފް ކޮށްފިއެވެ. ޓެލެގްރާމްގެ ފައުންޑަރ އަދި ސީއީއޯ ޕަވެލް ޑުރޯވް ވަނީ ޓެލެގްރާމް އިން ސްޕޮންސަރކޮށްފައިވާ މެސެޖްތައް ލޯންޗްކުރަމުން އަންނަކަން ހާމަކޮށް، މިއީ ކޮންމެ މީހަކަށްވެސް އެމީހެއްގެ އަމިއްލަ ޗެނަލްތަކާއި ބޮޓްތައް އިޝްތިހާރުކުރުމުގެ ފުރުސަތު ލިބޭ ޓޫލްއެއްކަމަށް ބުނެފައެވެ.
ސްޕޮންސަރކޮށްފައިވާ މެސެޖުތައް މަދުވެގެން ހާހެއްހާ ސަބްސްކްރައިބަރުން ހިމެނޭ ޕަބްލިކް ޗެނަލްތަކުގައި ޑިސްޕްލޭ ކޮށް، 160 ކެރެކްޓަރއަށް ލިމިޓް ކުރެވޭނެއެވެ. ސްޕޮންސާޑް މެސެޖްސް ތަކާއި ބެހޭ ގޮތުން ޓެލެގްރާމް ބްލޮގްގައި ހާމަކޮށްފައިވާ މަޢުލޫމާތު ތިރީގައި މިވަނީއެވެ.
ޓެލެގްރާމް ޗެޓްތަކުގައި އެއްވެސް ކަހަލަ އެޑްތަކެއް ނުހުންނާނެ
ޓެލެގްރާމް އިން ބުނީ 2013 ވަނަ އަހަރު ލޯންޗްކުރި މެސެންޖަރގެ ގޮތުގައި ޓެލެގްރާމް ބޭނުންކުރާނަމަ ދުވަހަކުވެސް ސްޕޮންސަރކޮށްފައިވާ މެސެޖެއް ނުފެންނާނެ ކަމަށާއި ސްޕޮންސަރކޮށްފައިވާ މެސެޖުތައް ތިމާގެ ޗެޓް ލިސްޓާއި، ޕްރައިވެޓް ޗެޓް ނުވަތަ ގްރޫޕްތަކުގައި ނުފެންނާނެ ކަމަށެވެ.
އިޝްތިހާރު ޖެހުމުގައި ޔޫޒާ ޑޭޓާ ބޭނުން ނުކުރާނެ
ޓެލެގްރާމް އިން ކުރާ ކޮންމެ ކަމެއްގަ ވެސް އެންމެ ބޮޑު އިސްކަމެއް ދެނީ، ބޭނުންކުރާ ފަރާތްތަކުގެ ޕްރައިވެޓް ޑޭޓާ ރައްކާތެރިކުރުމަށާއި އެހެންވެ އެހެން އެޕްތަކާ ޚިލާފަށް ޓެލެގްރާމް އެޑްތައް ޑިސްޕްލޭ ކުރުމަށް ތިމާގެ ޕްރައިވެޓް ޑޭޓާ ބޭނުން ނުކުރާނެ ކަމަށެވެ.
ޓެލެގްރާމްގައި ސްޕޮންސަރކޮށްފައިވާ މެސެޖުތައް ހަމައެކަނި 1000+ މެމްބަރުން ހިމެނޭ ބޮޑެތި ޕަބްލިކް 'ވަން ޓު މެނީ' ޗެނަލްތަކުގައެވެ. އަދި ހަމައެކަނި އެ މެސެޖްތައް ދައްކާނީ ޕަބްލިކް ޗެނަލްތަކުގެ މައުޟޫއަށް ބިނާކޮށެވެ. މީގެ މާނައަކީ އެއްވެސް ޔޫޒަރ ޑޭޓާއެއް ޑިސްޕްލޭ ކުރުމަށް މައިންކޮށް ނުވަތަ އެނަލައިޒް ނުކުރުމަށެވެ.
ޓެލެގްރާމްގައި ކުރިން ހުރި އިޝްތިހާރުތައް އިތުރަށް ރަނގަޅި ކުރުން
ޓެލެގްރާމްގައި 'ވަން ޓު މެނީ' ޗެނަލްތަކުގެ ބައެއް އެޑްމިން އިން މިހާރުވެސް ގަވާއިދުން މެސެޖުތަކެއް ގޮތަށް އެޑްތައް ޕޯސްޓް ކުރެއެވެ. ޓެލެގްރާމުން އުންމީދު ކުރަނީ ސްޕޮންސަރޑް މެސެޖްތަކުގެ ސަބަބުން ކޮންމެ މީހަކަށްވެސް އެމީހުންގެ ޗެނަލްތަކާއި ބޮޓްތައް އިޝްތިހާރުކުރުމަށް މިހާރަށްވުރެ ބޮޑަށް ޔޫޒަރ ފްރެންޑްލީ އަދި ރަނގަޅު މަގެއް ލިބިގެންދާނެ ކަމަށެވެ.
ސްޕޮންސާކޮށްފައިވާ މެސެޖުތައް މިހާރު ޓެސްޓް މޯޑުގައި ހުރިއިރު އެ ފީޗާ ބޭނުން ކުރަން އެންމެންނަށް ނުލިބޭކަމަށް ވެއެވެ. ފުރިހަމައަށް ލޯންޗްކޮށް ޓެލެގްރާމް އަށް އޭގެ އަސާސީ ހަރަދުތައް ކަވަރު ކުރުމުގެ ފުރުސަތު (ޗެނަލް އެޑްމިން އިން ބޭނުންކުރާ އާލާތްތަކާއި ޑޭޓާ ސެންޓަރުތައް ފަދަ ތަކެތި ޓެލެގްރާމްގެ އެތައް ސަތޭކަ މިލިއަން ޔޫޒަރުންނަށް ފޯރުކޮށްދިނުމަށް ބޭނުންކުރާ ސާމާނު) ލިބުމުން، ސްޕޮންސާޑް މެސެޖްތައް ޑިސްޕްލޭ ކުރާ ޗެނަލްތަކުގެ އެޑްމިން އާ އެޑް ރެވެނިއު ހިއްސާ ކުރަން ފެށުން މުހިންމެވެ.
ވަޓްސްއެޕަށް ވުރެ ޓެލެގްރާމް އެޑް ފްރީ
ވަޓްސްއެޕް އިން އަމިއްލައަށް އިޝްތިހާރުތައް ނުދެއްކި ނަމަވެސް މިހާރުވެސް ޔޫޒާ ޑޭޓާ އިޝްތިހާރުކުރާ ފަރާތްތަކާ ހިއްސާކުރަމުންދެއެވެ. ނަމަވެސް ޓެލެގްރާމްގައި އިޝްތިހާރުކުރާ މީހުންނަށް ދުވަހަކު ވެސް އަމިއްލަ ޑޭޓާ އެއް ނުލިބޭނެއެވެ. އޭގެ އިތުރުން ވަޓްސްއެޕް ބޭނުންކުރާ ގޮތަށް ޓެލެގްރާމް ބޭނުންކުރާ ނަމަ ދުވަހަކު ވެސް އެންމެ އެޑެއް ވެސް ނުފެންނާނެއެވެ. ސްޕޮންސަރކޮށްފައިވާ މެސެޖުތައް ފެންނަން ފަށަނީ ހަމައެކަނި ޗެނަލްތަކުން ކަމަށްވާއިރު، މިއީ ލޯންޗްކުރިތާ އެތައް އަހަރެއް ފަހުން ޓެލެގްރާމް އިން އިތުރުކުރި ތަފާތު ސޯޝަލް ނެޓްވޯކިން ފީޗަރއެކެވެ. ވަޓްސްއެޕް އިން މިފަދަ ފީޗާއެއް ތަޢާރަފު ކޮށްފި ނަމަ، ވަޓްސްއެޕްގެ ބެލެނިވެރި ކުންފުނިން މިހާރުވެސް އިންސްޓަގްރާމް އަދި ފޭސްބުކްގައި ކުރާ ފަދައިން އެ އެޕްގައި ވެސް އެޑްތައް ދައްކާލަދިނުމުގެ ފުރުސަތު ބޮޑެވެ.
އޮންލައިން އެޑްތަކަކީ ދެން ޔޫޒަރ ޕްރައިވެސީގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ގޮތުން ކުރާ ކަމަކަށް ވެގެން ނުވާނެ ކަމަށާއި ޓެކް ކުންފުންޏެއް ހިންގާނީ ކިހިނެއްތޯ އަލުން ރީޑިފައިން ކުރަން ބޭނުންވަނީ، އެ ކުންފުންޏެއް ބޭނުންކުރާ ފަރާތްތަކާއި ކޮންޓެންޓް އުފައްދާ ފަރާތްތަކަށް އިހުތިރާމްކުރާ ސެލްފް ސަސްޓެއިނަބަލް ޕްލެޓްފޯމެއްގެ ނަމޫނާ ދައްކައިގެން ކަމަށް ޓެލެގްރާމް ބްލޮގްގައި ލިޔެފައިވެއެވެ.
ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް