ހެކަރުން އެފްބީއައިގެ އީމެއިލް ސިސްޓަމަށް އެކްސެސް ވެއްޖެ

އަޙްމަދު އަޙްސަން 20 ނޮވެމްބަރު 2021

އީމެއިލް ސްޕޭމް ވޮޗްޑޯގް ގްރޫޕެއް ކަމަށްވާ ސްޕޭމްހައުސް ޕްރޮޖެކްޓް އިން ބުނާ ގޮތުގައި ހެކަރުން ވަނީ އެފްބީއައިގެ އީމެއިލް ސިސްޓަމަށް ވަދެ، މިދިޔަ ހޮނިހިރު ދުވަހު 100،000 އެކައުންޓަށް ސްޕޭމް މެސެޖް ފޮނުވާފައެވެ.

އެ ގްރޫޕުން ވަނީ އެތައް ހާސް އެކައުންޓަކަށް ފޮނުވި އީމެއިލްތަކުގެ ތެރެއިން އެއް އީމެއިލް ޓްވިޓާގައި ޕޯސްޓްކޮށްފައެވެ.

މި އީމެއިލްގައި "އަރޖެންޓް: ތްރެޓް އެކްޓަރ އިން ސިސްޓަމްސް" މި މައުޟޫޢުގެ މައްޗަށް އެކުލެވިގެންވާ އިރު، މި އީމެއިލް އަކީ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީގެ ސައިބަރ ސެކިއުރިޓީ ޑިވިޜަނަކުން އައި އީމެއިލް އެކަމަށް ހާމަކޮށްފައެވެ.

މި އީމެއިލްގައި މާނަކޮށްފައިވަނީ، ސައިބަރ ސެކިއުރިޓީ އެކްސްޕާރޓް ވިނީ ޓްރޯޔާ އާއި ސައިބަރ ކްރިމިނަލް ގްރޫޕް ދަ ޑާކް އޯވަރލޯޑް ގެ ފަރާތުން، އެކަށީގެންވާ "އެކްސްފިލްޓްރޭޝަން" އެއް ލިބިދާނެކަމުގެ އިންޒާރު، އޭގެ މާނައަކީ ޑޭޓާ އަނބުރާ ނެގުން - އެމީހުންގެ ސިސްޓަމްތަކުން އަނބުރާ ނެގުން ކަމަށެވެ.

ސްޕޭމްހައުސް އިން ވަނީ ހެކަރުންނަށް އެ މެސެޖު ފޮނުވުމަށް ތަފާތު އެތައް މޯޓިވޭޝަނެއް ދެނެގަނެފައެވެ. ސްޕާމްހައުސް އިން ބުނާ ގޮތުގައި ހެކަރުން އެމީހުންގެ ކެމްޕޭން ފަށާފައިވަނީ ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި ނިއު ޔޯކްގައެވެ.

ސައިބަރ ސެކިއުރިޓީ ކުންފުނި ބްލޫވޮޔަންޓްގެ ޕްރޮފެޝަނަލް ސަރވިސަސްގެ ވެރިޔާ އަދި އެފްބީއައިގެ ކުރީގެ ސްޕެޝަލް އެޖެންޓެއް ކަމަށްވާ އޮސްޓިން ބާރގްލާސް ބްލޫމްބާރގްއަށް މަޢުލޫމާތު ދެމުން ބުނީ ހެކްކުރި އީމެއިލް ސިސްޓަމަކީ އެފްބީއައިގައި ސިއްރު މަޢުލޫމާތު ފޮނުވުމަށް އޭޖެންޓުން ބޭނުންކުރާ ސިސްޓަމެއް ނޫންކަމަށެވެ.

ބަރގްލާސް ވިދާޅުވީ، "މިއީ ކޮމްޕްރޮމައިޒް ކުރެވުނު ކްލެސިފައިޑް ސިސްޓަމެއް ނޫން ކަމަށެވެ. މިއީ ސިއްރުނުކޮށް މަޢުލޫމާތު ހިއްސާކޮށް މުވާސަލާތު ކުރުމަށް ބޭނުންކުރާ ބޭރުފުށުން ކުރިމަތިވާ އެކައުންޓެކެވެ."

އެފްބީއައި އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ހަމަލާ ދިންކަން އެނގޭ ކަމަށާއި ނަމަވެސް އިތުރު މަޢުލޫމާތު ދެވެން ނެތް ކަމަށެވެ.

އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.