އިންޓަރނެޓުން ފޮރުވިގަންނާނީ ކިހިނެއް؟

އަޙްމަދު އަޙްސަން 21 ނޮވެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އިންޓަރނެޓުން ފޮރުވިގަތުމަށްޓަކައި ކުރެވިދާނެ ކަންތަކެއް މިލިޔުމުގައި ހިމަނާލާނަމެވެ. ތިމާގެ ހުރިހާ ޒާތީ މަޢުލޫމާތެއް އިންޓަރނެޓުން ފޮހެލުމަކީ ފަސޭހަ ކަމެއް ނޫން ނަމަވެސް ފަށައިގަންނަންވީ ގޮތް ބުނެލެވިދާނެއެވެ.

މި ލިޔުން ކިޔާ ނަމަ، މިއީ އެހެންފަރާތްތަކަށް ޕަބްލިކްކޮށް ތިމާގެ އަމިއްލަ މަޢުލޫމާތު ލިބެން ހުރުމުގެ ގާތް ކަމެކެވެ. "ޕަބްލިކް" އަޅުގަނޑު މާނަކުރަނީ ހުރިހާ ތަނެއްގައި ތިބި އެންމެން ހިމެނޭގޮތަށެވެ. އެހެންވީމާ، ކިހިނެއްތޯ އިންޓަރނެޓްގެ ކުންފުނިތަކުން ތިޔަބޭފުޅުންގެ މަޢުލޫމާތު ހިފަހައްޓައިގެން ތިބިއިރު، އަމިއްލަ ނަފްސު ފޮހެލާނީ؟

ކުރު ޖަވާބު: ނުކުރެވޭނެ. ދުވަހަކުވެސް މުޅިން އިންޓަނެޓުން އަމިއްލަ ޒާތީ މައުލޫމާތު އެއްކޮށް ފޮހެ ނުލެވޭނެއެވެ. އެކަމަކު ޑިޖިޓަލް ފުޓްޕްރިންޓް ކުޑަކުރެވޭނެ ގޮތްތަކެއް އެބަހުރި، އޭގެ ސަބަބުން އަމިއްލަ ޑޭޓާ ބޭރަށް ނުކުތުމުގެ ފުރުސަތު ކުޑަކުރެވިގެން ދާނެއެވެ. ތިރީގައި އެވަނީ އެކަން ކުރެވޭނެ ބައެއް ގޮތްތަކެވެ.

ނަމަވެސް، އިސްވެ ދެންނެވުނު ގޮތަށް، ތިމާގެ މަޢުލޫމާތު އިންޓަރނެޓުން އުނިކުރުމަކީ، ތިމާއަށް ވަޒީފާދޭ ފަރާތްތަކާ ނުވަތަ ކްލަޔަންޓަކާއި މުއާމަލާތް ކުރުމުގެ ގާބިލްކަމަށް އަސަރު ކޮށްފާނެ ކަމެކެވެ.

ޝޮޕިންގ، ސޯޝަލް މީޑިއާ އަދި ވެބް ސާވިސް އެކައުންޓްތައް ޑިލީޓް ނުވަތަ ޑީއެކްޓިވޭޓް ކުރުން

ސޯޝަލް މީޑިއާ ޕްރޮފައިލް ތައް ތިމާގެ އަތުގައި އޮތީ ކޮން ނެޓްވޯކްތަކެއްތޯ ވިސްނާލާށެވެ. ބޮޑެތި އެކައުންޓްތައް (ފޭސްބުކް، އިންސްޓަގްރާމް، ޓްވިޓާ، ލިންކްޑްއިން) ފިޔަވައި، ޓަމްބްލަރ ފަދަ ސައިޓްތަކުގައި އަދިވެސް ދުވަސްވީ އެކައުންޓްތައް އެބަހުރިތޯ؟ މައިސްޕޭސް، ރެޑިޓް އެކައުންޓް؟ ކޮން ޝޮޕިންގ ސައިޓްތަކެއްގައި ރަޖިސްޓަރީ ކޮށްފަހުރީ؟ މިސާލަކަށް އެމޭޒަން، ގެޕް.ކޮމް، މެކީސް.ކޮމް އަލީއެކްސްޕްރެސް އާއި ޝެއިން އަދި އެނޫންވެސް ބައެއް ސައިޓްތަކުގައި އެކައުންޓް ހުޅުވާފައި ވާނަމަ މިދެއްނެވި ބޮޑެތި ސައިޓް ތަކުގައި ތިމާގެ މަޢުލޫމާތު ރައްކާކޮށްފައި ހުރެދާނެއެވެ.

ޑިލީޓްމީ ސައިޓުގެ ޕްލޭންތަކުގެ ސްކްރީން ޝޮޓެއް

ޑިލީޓްމީ ފަދަ ޚިދުމަތެއް ބޭނުން ކުރުމަކީ އިންޓަރނެޓުން އަމިއްލަ ނަފްސު ފޮހެލުމަށް ކުރެވިދާނެ ކަމެކެއެވެ.

މި އެކައުންޓްތަކުން ސަލާމަތްވުމަށް، އެކައުންޓް ސެޓިންގްސް އަށް ގޮސް، އެކައުންޓް ޑީއެކްޓިވޭޓް ކޮށް، ރިމޫވް ކޮށް ނުވަތަ ކްލޯސް ކުރުމުގެ އޮޕްޝަނެއް ހޯދާށެވެ. ހުޅުވާފައިވާ އެކައުންޓެއްގެ ބާވަތުން ޕްރައިވެސީ ނުވަތަ ސެކިއުރިޓީގެ ދަށުން، ނުވަތަ އެފަދަ ކޮންމެވެސް އެއްޗެއްގެ ދަށުން އެކައުންޓް ޑީއެކްޓިވޭޓް ކުރާނެގޮތް ފެނިދާނެއެވެ.

ވަކި އޮންލައިން އެކައުންޓަކުން މައްސަލައެއް އުޅޭނަމަ އޮންލައިންކޮށް "ހައު ޓު ޑިލީޓް" ޖެއްސެވުމަށް ފަހު އޮންލައިން އެކައުންޓުގެ ނަން ޖައްސަވާ ހޯދަން މަސައްކަތް ކުރާށެވެ. އެ އެކައުންޓެއް ޑިލީޓް ކުރާނެ ގޮތުގެ ބައެއް އިރުޝާދުތައް ލިބިދާނެއެވެ. (މިސާލަކަށް: މި ލިންކުން ތިމާގެ ފޮޓޯ ނުގެއްލޭގޮތަށް ދާއިމީގޮތެއްގައި ފޭސްބުކް އެކައުންޓް ޑިލީޓްކުރާނެ ގޮތް އެވަނީއެވެ.)

ކޮންމެވެސް ސަބަބަކާހުރެ، ޑިލީޓް ނުކުރެވޭ އެކައުންޓެއް ހުރިނަމަ، އެކައުންޓުގައި ހުރި މަޢުލޫމާތު، ތިމާގެ އަސްލު މަޢުލޫމާތު ނޫން އެހެން މަޢުލޫމާތަކަށް ބަދަލުކޮށްލާށެވެ. ފޭކް ނުވަތަ މުޅިން ރޭންޑަމް އެއްޗެހި ތެކެއް ލިޔެލާށެވެ.

ޑޭޓާ ކަލެކްޝަން ސައިޓްތަކުން ޑިލީޓް ކުރާނެގޮތް

ތިޔަބޭފުޅުންގެ މަޢުލޫމާތު އެއްކުރާ ކުންފުނިތައް އެބަހުރި. އެއަށް ކިޔަނީ ޑޭޓާ ބްރޯކަރސް އެވެ. މި ކަހަލަ ކުންފުނިތަކުގެ ތެރޭގައި ސްޕޯކިއޯ، ވައިޓްޕޭޖަސް.ކޮމް އަދި ޕީޕަލްފައިންޑަރ ފަދަ ކުންފުނިތައް ހިމެނެއެވެ. ތިމާ އޮންލައިންކޮށް ކުރާ ކޮންމެ ކަމެއްގެ ޑޭޓާ އެއްކޮށްގެން، ދެން އެ ޑޭޓާ ތައް ޝައުގުވެރިވާ ފަރާތްތަކަށް ވިއްކަނީއެވެ. ގިނަ ފަހަރަށް އެ ޑޭޓާތައް ވިއްކަނީ، ވަކިން ހާއްސަކޮށް ތިމާއަށް އިޝްތިހާރުކޮށް އެއްޗެހި ވިއްކުމަށްޓަކައެވެ.

މިހާރު މި ސައިޓްތަކުގައި އަމިއްލަ އަށް ސާޗްކޮށް، ދެން ކޮންމެ ސައިޓަކުން ވަކިވަކިން ނަން އުނިކުރެވިދާނެއެވެ. މައްސަލައަކީ، ކޮންމެ ސައިޓަކުން ވެސް ޑީއެކްޑިވޭޓް އިހްތިޔާރު ކުރުމުގެ ޕްރޮސީޖާ ތަފާތުވުމެވެ. ބައެއް ފަހަރު ފެކްސް ފޮނުވުމާއި އަސްލު ފިޒިކަލް ޕޭޕަރުތައް ފުރުން ވެސް ހިމެނެއެވެ.

ކޮންމެ ގޮތެއްވިޔަސް، އެކަން ކުރަން ފަސޭހަ ގޮތަކީ ޑިލީޓްމީ ފަދަ ޚިދުމަތެއް ބޭނުން ކުރުމެވެ. އަހަރަކު މަދު ފައިސާކޮޅެއް ހަރަދުކޮށްގެން، މި ޚިދުމަތް ތިޔަ ބޭފުޅުންނަށްޓަކައި އެ ހުރިހާ ބުރަ މަސައްކަތްތަކެއް ކޮށްދޭނެއެވެ. ސައިޓްތަކަށް ތިމާގެ ނަން އަލުން އިތުރު ކޮށްފައި ނުވާކަން ޔަގީން ކުރުމަށް ކޮންމެ މަހަކު ވެސް ޗެކް ކުރަމުންދާނެއެވެ.

މި ޑޭޓާ ބްރޯކަރ ސައިޓްތަކުން ފޮހެލެވިއްޖެނަމަ، ގިނަ ފަހަރަށް ގޫގުލް ސާޗް ނަތީޖާ ތަކުންވެސް އަމިއްލަ ނަފްސު ފޮހެލާނެ، އެހެންކަމުން މީހުން ހޯދަން ވަރަށް ބޮޑަށް އުނދަގޫވާނެ. ޑިލީޓްމީ އިން އަމިއްލައަށް ޕްރޮސެސް ކުރަން ބޭނުންނަމަ ކޮންމެ އިންޑިވިޖުއަލް ޑޭޓާ ބްރޯކަރަކުން އަމިއްލައަށް ވަކިވާނެ ގޮތްތަކާ ބެހޭ ގައިޑު ބަަލައިގެން ކުރިއަށް ދެވިދާނެއެވެ.

ޑައިރެކްޓްކޮށް ވެބްސައިޓްތަކުން ތިމާގެ މަޢުލޫމާތު އުނިކުރުން

އެންމެ ފުރަތަމަ، އޮންލައިންކޮށް ލިސްޓް ނުކުރާކަން ޔަގީން ކުރުމަށް ފޯނު އުފައްދާ ކުންފުނި ނުވަތަ ސެލް ޕްރޮވައިޑަރަށް ގުޅައިގެން ޗެކްކޮށް، އެ ފޯނުތައް ހުރިނަމަ އެ ނަން އުނިކޮށްލާށެވެ. މިއީ ރާއްޖެއިން ބޭރުގައި ނަމަ އެވެ.

ދުވަސްވީ ފޯރަމް ޕޯސްޓެއް ނުވަތަ ދުވަސްވީ ބްލޮގެއް އުނިކުރަން ބޭނުންނަމަ، އެ ސައިޓްތަކުގެ ވެބްމާސްޓަރަށް ވަކިވަކިން ގުޅަން ޖެހޭނެއެވެ. މީހަކު ހޯދަން ސައިޓްގެ "އެބައުޓް އަސް" ނުވަތަ ކޮންޓެކްޓްސް ސެކްޝަނަށް ބަލާލެވިދާނެ އެވެ. އެތަނުން ނުފެނިއްޖެ ނަމަ ހޫއިޒް.ކޮމް ގޮސް ބޭނުންވާ ޑޮމެއިން ނަން ހޯދުމަށް ފަހު ކޮންޓެކްޓްސް ސެކްޝަނަށް ބަލާލެވިދާނެއެވެ.

އަމިއްލަ ވެބްސައިޓް އޮޕަރޭޓަރުން ތިމާގެ ޕޯސްޓުތައް ފޮހެލުމަށް އެއްވެސް މަޖުބޫރުކަމެއް ނެތެވެ. އެހެންވީމާ، މި ސައިޓްތަކަށް ގުޅައިގެން މަޑުމައިތިރިކޮށް، ސާފުކޮށް ބަޔާންކޮށް ދިނުމުން ޕޯސްޓްތައް ފޮހެލަދޭނެއެވެ.

އެވަރުން ނުވެއްޖެ ނަމަ ތިރީގައި މިވާ ޕޮއިންޓަކީ އިފެކްޓިވް އޮޕްޝަނެކެވެ.

ވެބްސައިޓްތަކުން ޕާސަނަލް މަޢުލޫމާތު އުނިކުރުން

ތިމާގެ އައިޑީކާޑް ނަމްބަރ، ބޭންކް އެކައުންޓް ނަމްބަރެއް ނުވަތަ އެއްވެސް ސެންސިޓިވް މަޢުލޫމާތެއް މީހަކު ޕޯސްޓްކޮށްފިނަމަ، ޕޯސްޓްކޮށްފައިވާ ސައިޓުގެ ވެބްމާސްޓަރ އެ މަޢުލޫމާތު އުނިނުކުރާނެ ނަމަ، އެ ފޮހެލުމަށް ގޫގުލް އަށް ލީގަލް ރިމޫވަލް ރިކުއެސްޓެއް ފޮނުވިދާނެއެވެ.

ސައިޓަކުން އަމިއްލަ މަޢުލޫމާތުތައް ނެގުމަށް ގޫގުލްއަށް ލިބިފައިވާ ގާނޫނީ ބާރުތައް ބޭނުން ކުރުން

ރިމޫވަލް ޕްރޮސެސްއަށް ވަގުތުކޮޅެއް ވެސް ނަގާފާނެ، އަދި އެކަން ކާމިޔާބުވާނެ ކަމުގެ ޔަގީންކަމެއް ވެސް ނެތް، އެކަމަކު މިއީ މިހާލަތުގައި ބޭނުން ކުރެވިދާނެ ރަނގަޅު ރިސޯސްއެކެވެ.

އައުޓްޑޭޓް ވެފައިވާ ސާރޗް ރިސަލްޓްތައް އުނިކުރުން

ގޫގުލްގެ ޔޫއާރްއެލް ރިމޫވަލް ޓޫލް އަކީ އިންޓަނެޓުން މަޢުލޫމާތު ފޮހެލުމަށް ވަރަށް ފަސޭހަ ޓޫލްއެއް

ބުނެލަން ބޭނުންވަނީ ތިމާގެ މަޢުލޫމާތު ހިމެނޭ ވެބްޕޭޖެއް އެބަ އޮތެވެ. މިސާލަކަށް ކުރީގެ އެމްޕްލޯޔަރގެ ސްޓާފް ޕޭޖް ގައި، ވަޒީފާ ބަދަލުކުރިތާ މަސްތަކެއް ވެއްޖެ އެވެ. ޕޭޖް އަޕްޑޭޓް ކުރުމަށް އެދުމުން އެމްޕްލޯޔަރ އެކަންވެސް ކޮށްފިއެވެ. އެކަމަކު ގޫގުލް ސަރޗް ކުރުމުން، އެ ޕޭޖުން އަދިވެސް ތިމާގެ ސާޗް ރިސަލްޓް ދައްކައެވެ. ލިންކަށް ކްލިކް ކުރާއިރު ތިމާގެ ނަން އެއްވެސް ތާކުން ނުފެނުނު ކަމުގައި ވިޔަސް، މީގެ މާނައަކީ ގޫގުލްގެ ސާވާތަކުގައި އެ ޕޭޖުގެ ކުރީގެ ވާޝަން ކޭޝްކޮށްފައި ހުރިކަމެވެ.

މި ޓޫލް މި އަންނަނީ މިހިސާބުންނެވެ. ގޫގުލްގެ 'ރިމޫވް އައުޓްޑޭޓެޑް ކޮންޓެންޓް' އަށް ގޮސް ރިކުއްސްޓް ފޮނުވާނީއެވެ. ގޫގުލްއަށް އެ ސައިޓުގެ ޔޫ.އާރ.އެލް ފޮނުވާނީ ސަރވަރތައް އަޕްޑޭޓްކޮށް، ކޭޝްޑް ސަރޗް ރިޒަލްޓް ޑިލީޓްކޮށް، އެ ޕޭޖާ ދެން ގުޅުމެއްނެތް ކަމަށް ބުނެއެވެ. ސަބަބުތަކަށްޓަކައި ގޫގުލް އިން ކޭޝްކޮށްފައިވާ މަޢުލޫމާތު ފޮހެލާނެ ކަމުގެ ޔަގީންކަމެއް ނެތް އިރު، އިންޓަނެޓުން ވީހާވެސް ގިނައިން އޮންލައިންކޮށް ތިމާގެ ޕްރެސެންސް ބޭރުކޮށްލަން މަސައްކަތް ކުރުމަކީ ބައެއް ފަރާތްތަކަށް ވަރަށް މުހިންމު ކަމެކެވެ.

އެންމެ ފަހު ކަމެއްގެ ގޮތުން، އަޅަން ބޭނުންވާނެ ފިޔަވަޅަކީ އީމެއިލް އެކައުންޓްތައް ފޮހެލުން

ތިމާގެ އަތުގައިވާ އީމެއިލް އެކައުންޓުގެ ބާވަތަށް ރިއާޔަތްކޮށް، މިކަމަށް އަޅާނެ ފިޔަވަޅުތައް ތަފާތުވާނެއެވެ.

ތިމާގެ އީމެއިލް އެކައުންޓުން ސައިންއިންވެގެން އެކައުންޓް ޑިލީޓް ކުރުމަށް ނުވަތަ ބަންދުކުރުމުގެ އިޚްތިޔާރު ހޯދަން ޖެހޭނެއެވެ. ބައެއް އެކައުންޓްތައް އަލުން އެކްޓިވޭޓް ކުރަން ބޭނުންނަމަ ވަކި މުއްދަތަކަށް ހުޅުވާފައި ވެސް ހުންނާން ޖެހިދާނެއެވެ.

ކުރީގެ ސްޓެޕްތައް ފުރިހަމަ ކުރުމަށް އީމެއިލް އެޑްރެހެއް ބޭނުންވާނެއެވެ. އެހެންކަމުން މިއީ ތިމާގެ އެންމެ ފަހުގެ އޮޕްޝަންކަން ޔަގީން ކުރާށެވެ. މި މަރުހަލާއަށް ނުކުންނައިރު ކެތްތެރިވާން ހަނދާން ބަހައްޓާށެވެ. އެއް ދުވަހުން އެކަން ފުރިހަމަވާނެ ކަމަށް އުއްމީދު ނުކުރާށެވެ. އަދި އިންޓަނެޓުން ދާއިމީކޮށް ޑިލީޓް ނުކުރެވޭ ބައެއް ކަންކަން ވެސް ހުރިކަން ގަބޫލުކުރަން ޖެހިދާނެއެވެ.


މުޅިން އެކީގައި އިންޓަނެޓުން ފޮރުވިގަތުމަކީ ފަސޭހަ ކަމެއް ނޫނެވެ. އަދި ވަގުތުން ވަގުތަށް ކުރެވިދާނެ ކަމެއްވެސް ނޫނެވެ. މި އުނދަގޫ މަރުހަލާޔައް ކަޑައްތުކޮށްގެންވެސް ޒަމާނީ ދިރިއުޅުމެއް އުޅޭނަމަ އިންޓަނެޓް އަށް އަބަދުވެސް ތިމާއާއި ގުޅޭ ކޮންމެސް މައުލޫމާތު ތަކެއްް ރައްކާކުރެވިގެން ދާނެއެވެ. ގިނަ ހާލަތް ތަކުގައި ތިމާގެ ޒާތީ މައުލޫމާތެއް ކަމުގައި ވިޔަސް އެކި މަންސަ ތަކަށް އެ މައުލޫމާތު ދޫކޮށްލާ ހިސާބުން އެ މައުލޫމާތު އެއީ އެ މަންސައެއްގެ މިލްކަކަށް ވެގެންދެއެވެ. އަހަރުމެނަށް ޕްރައިވެސީ ޕޮލިސީ ތަކަށް އެއްބަސްވުމުން ދެން ކުރެވޭނެ އިތުރު ކަމެއް މަދެވެ.


އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.