އެލް ސަލްވަޑޯއިން ބިޓްކޮއިން ސިޓީ ލޯންޗް ކުރަނީ

އަޙްމަދު އަޙްސަން 22 ނޮވެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

• އެލް ސަލްވަޑޯގެ ރައީސް ނަޔިބް ބުކޭލޭ ދާދިފަހުން ވަނީ ބިޓްކޮއިން ސިޓީ ލޯންޗްކުރުމަށް އެ ޤައުމުން ރާވާފައިވާކަން އިޢުލާނު ކުރައްވާފައެވެ.

• މެދުތެރޭ އެމެރިކާ ޤައުމުތަކުން ވަނީ ބްލޮކްސްޓްރީމް އަދި ބިޓްފިނެކްސްއާ އެކު ޕާޓްނާޝިޕެއްގެ އާ އިނީޝިއޭޓިވްއެއްގައި މިއަދު ވެސް އިންވެސްޓްކޮށްފަ އެވެ.

• އެލް ސަލްވަޑޯ އިން އެއް ބިލިއަން ޑޮލަރުގެ ބިޓްކޮއިން ބޮންޑް ދޫކުރަން ނިންމާފައިވާއިރު، މި ބޮންޑުގެ ސަބަބުން އެންމެ ކުރީގައި އުޅޭ ކްރިޕްޓޯކަރަންސީ އަށް ބަދަލުތަކެއް އައިސް އިތުރަށް ކުރިއަރައިގެންދާނެ ކަމަށް ބެލެވެއެވެ.

ބިޓްކޮއިން ސިޓީ ލޯންޗްކުރިކަން ރައީސް ނަޔިބް ބުކެލޭ އިޢްލާން ކުރެއްވުމާއެކު އެލް ސަލްވަޑޯރއިން ވަނީ ކްރިޕްޓޯކަރަންސީ އެޑޮޕްޓްކުރުމާއެކު އިތުރު ފިޔަވަޅެއް އަޅާފައެވެ. ބިޓްކޮއިން ވީކް ކޮންފަރެންސްގައި އެ ޤައުމުގެ ލީޑަރު މިކަން ހާމަކުރައްވާފައިވަނީ އެ ޤައުމުގައި އެންމެ ކުރިއަރާފައިވާ ޑިޖިޓަލް އެސެޓް އެޑޮޕްޓްކުރުމުގެ އުފާ ފާޅުކުރުމުގެ ގޮތުންނެވެ.

ބިޓްކޮއިން އެޑޮޕްޓްކުރުން އެލް ސަލްވަޑޯގެ މަސައްކަތުން ކުރިއަރައިފި

ބިޓްކޮއިން ސިޓީއަށް 1 ބިލިއަން ޑޮލަރުގެ ޓޯކަންއިޒްޑް ޔޫއެސްޑީ-ޑިނޯމިނޭޓެޑް 10 އަހަރުގެ ބޮންޑުން ފަންޑުކުރާނެ ކަމަށާއި އެ ކުންފުނީގެ ޑިވެލޮޕްމަންޓްގައި ބިޓްފިނެކްސް އާއި ބްލޮކްސްޓްރީމް ހިމެނޭ ގޮތަށް މަޝްހޫރު ޑިޖިޓަލް އެސެޓް ފާމްތައް ހިމެނޭނެ ކަމަށެވެ. ބިޓްފިނެކްސް ސީޓީއޯ ޕައޮލޯ އަރުޑޯއިނޯ ވިދާޅުވީ ކްރިޕްޓޯ އެކްސްޗޭންޖުން އެލް ސަލްވަޑޯގެ އިސްނެގުމަށް ބިޓްކޮއިން ބޮންޑް ހިފެހެއްޓުމަށް ސެކިއުރިޓީޒް ޕްލެޓްފޯމެއް ލޯންޗް ކުރާނެ ކަމަށެވެ.

ރައީސް ބުކޭލޭ އިތުރަށް ވިދާޅުވީ ބިޓްކޮއިން ސިޓީ ވެގެންދާނީ ޝޮޕިން ސެންޓަރުތަކާއި، ރެސިޑެންޝަލް އޭރިއާތަކާއި، ރެސްޓޯރެންޓްތަކާއި، އެއާޕޯޓަކާއި، މަތިން ބީޓީސީ ރަމްޒެއްގެ ގޮތުގައި ފެނިގެންދާނެ ސެންޓްރަލް ޕްލާޒާއެއް ހިމެނޭ ފުރިހަމަ ފަންކްޝަނަލް ސިޓީއަކަށް ކަމަށެވެ.

މުނިސިޕަލްޓީގެ ބޮންޑާއި ޕަބްލިކް އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް އެންޑް މެއިންޓެނަންސް އަށް ފައިސާ ދެއްކުމަށް އެ ސިޓީގައި ވެލިއު އެޑެޑް ޓެކްސް (ވެޓް) ވެސް ނެގޭނެ ކަމަށް ރައީސް ބުކޭލޭ ވިދާޅުވިއެވެ.

ބްލޮކްސްޓްރީމްގެ ޗީފް ސްޓްރެޓެޖީ އޮފިސަރު ސެމްސަން މޯ ވިދާޅުވީ އިންވެސްޓްކޮށްފައިވާ ކެޕިޓަލްގެ ބައެއް ގްލޯބަލް ސަރކިއުލޭޝަންގެ ތެރެއިން ނަގާނެ ކަމަށެވެ. 500 މިލިއަން ޑޮލަރުގެ ބިޓްކޮއިން ބޮންޑް ފަސް އަހަރު ދުވަހުގެ ލޮކް-އަޕް ޕީރިއަޑަކަށް ވެސް ދާނެކަމަށެވެ.

އެލް ސަލްވަޑޯރ ވެގެން ގޮސްފައިވަނީ ދުނިޔޭގައި ބިޓްކޮއިން ލީގަލް ޓެންޑަރގެ ގޮތުގައި ސެޕްޓެމްބަރ މަހު އެޑޮޕްޓްކުރި ފުރަތަމަ ޤައުމެވެ. ނަމަވެސް، އެ ސަރަހައްދުގެ ރައްޔިތުން ވަނީ، އެ ގައުމުގައި ކުރަމުންދާ މުޒާހަރާތަކަށް އިތުރު ހިތްވަރެއް ދިނުމުގެ ގޮތުން، ކްރިޕްޓޯކަރަންސީ ގެންގުޅެން ޖެހުނު ސަބަބާ މެދު ޝައްކު އުފައްދާފައެވެ.

ބިޓްކޮއިން އެ ޤައުމުގައި އެޑޮޕްޓްކުރުމަށްފަހު، ސަރުކާރުން ދަނީ އެޤައުމުގެ ވެރިރަށުގައި އައު 20 ސްކޫލާއި، ހޮސްޕިޓަލެއް ޢިމާރާތްކޮށް، ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގައި، ފައިދާތައް އިންވެސްޓްކުރަމުންނެވެ.

ބިޓްކޮއިންގެ އަގުގެ އަމާޒަކީ 60،000 ޑޮލަރު

ބީޓީސީއަށް ގިނަ ވަރުގަދަ ރެސިސްޓެންސްތަކާ ކުރިމަތިލާން ޖެހިފައިވާތީ ބިޓްކޮއިންގެ އަގަށް ފުރަތަމަ ހުރަސް އެޅުނު އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު 58،519 ޑޮލަރަށް، ދެން އޮކްޓޯބަރު 22 ގައި 59،595 ޑޮލަރަށް ދަށްކޮށެވެ.

ބިޓްކޮއިން ޕެރަލަލް ޗެނަލަށް ވުރެ ތިރިން މިމަހުގެ 18 ވަނަ ދުވަހު ބްރޭކް ކޮށްލުމުން ފެނުނީ ބެރިޝް މޫމަންޓެކެވެ. ތިރިން ފެންނަ ޗާޓު ޕެޓާންގެ ދަށް ބައުންޑަރީއިން ކޮންސޮލިޑޭޝަނެއް ފެނުމަކީ ބިޓްކޮއިންގެ އަގަށް ރިކަވަރީއެއް އަތުވެދާނެ ކަމުގެ އިޝާރާތެއް ދެވިދާނެ ކަމެކެއެވެ.

ބިޓްކޮއިންގެ އަގު 100 '12-ގަޑިއިރުގެ' ސިމްޕަލް މޫވިންގ އެވްރެޖް (އެސްއެމްއޭ) ގައި އިތުރު ރެސިސްޓެންސް 60،169 ޕްރައިސް ލެވެލް އިން ފެންނާނެއެވެ. 60،000 ޕްރައިސް ލެވަލް އަކީ ބީޓީސީއަށް އަދިވެސް ކުރިމަތިވާ ރެސިސްޓަންސެއް ކަމަށާއި، މި ލެވެލް ވަރަުގަދަ ކުރުމަކީ ކްރިޕްޓޯކަރަންސީއަށް އިތުރު ގެއްލުމަކުން ސަލާމަތްވެވިދާނެ ކަމެއް ކަމަކެވެ.

ބުލްސް އިތުރަށް ބަލިކަށިވުމުން، ބިޓްކޮއިންގެ އަގުގެ ފުރަތަމަ ލައިން އޮކްޓޯބަރު 28 ގައި ހުރީ 57،807 ޑޮލަރަށް ދަށްވެ، ދެން ނޮވެމްބަރު 19 ގައި ހުރީ 55،580 ޑޮލަރަށެވެ.

ނޯޓް : މިއީ ފައިނޭންޝަލް އެޑްވައިޑް އެއްކަމުގައި ނުނިންމާށެވެ. ޑިޖިޓަލް ކަރެންސީ ޓްރޭޑް ކުރުމުގައި އަމިއްލަ އެނަލިސިސް އަށް ބުރަވުމަށް އިލްތިމާސް ކުރަމެވެ.

އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.