ބިޓްކޮއިން ލިބޭ އޭއާރު ގޭމެއް ހުފައްދައިފި

އަޙްމަދު އަޙްސަން 25 ނޮވެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޕޮކެމޮން ގޯ އުފެއްދި މަޝްހޫރު ޑިވެލޮޕްމަންޓް ކުންފުނި ނިއަންޓިކް އަދި ބޭންކް ކާޑް ކޮމްޕެނީ ފޯލްޑް އިން ވަނީ ބިޓްކޮއިން ހޯދުމާއި ކާމިޔާބު ކުރުމުގެ ފުރުސަތު ލިބޭ އޭއާރް ގޭމެއް އުފައްދާފައެވެ. މެޓަވާސްގެ ބައެއް ކަމަށް އެމީހުން ބުނާ މި ގޭމް މިހާރު ރޯލްއައުޓް ކުރަމުން ދަނީ ލިމިޓެޑް ބީޓާ ވާޝަންއެއްގައި ކަމަށްވާއިރު، ކުރިއަށް އޮތް މަސްތަކުގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ މިގޭމުގައި ބިޓްކޮއިން ޓްރޭޑިން ފަދަ އިތުރު ފީޗާސްތައް ވެސް ހިމެނެއެވެ.

ފޯލްޑް އެޕްގެ ޑެބިޓް ކާޑުން ވިޔަފާރި ކުރުމުން 'ސްޕިން ޓު ވިން' ބިޓްކޮއިން ލިބުމުގެ ފުރުސަތު މިހާރުވެސް ލިބިގެންދެއެވެ. އާ އޭއާރް އެކްސްޕީރިއަންސްގެ ސަބަބުން މިކަން އިތުރަށް ފުޅާވެގެން ދެއެވެ. ފޯލްޑް އެޕް މެދުވެރިކޮށް ގޭމަށް ވަނުމުން ކުޅުންތެރިންނަށް ބްލޮކްތަކުގައި ވާޗުއަލްކޮށް ވަށައިގެން ފޮރުވާފައި ވާ ބިޓްކޮއިން އާއި އެހެނިހެން އިނާމުތައް ހޯދުމުގެ ފުރުސަތު ލިބެއެވެ.

ކޮންމެ 10 މިނެޓަކުން، ކުޅުންތެރިޔާ އަށް ބައުންޓީ ހިމެނޭ އާ ބްލޮކެއް ދެއެވެ. ބްލޮކެއް ކްލެއިމް ކުރާއިރު، ބިޓްކޮއިންގެ ކުޑަ ޔުނިޓެއް ކަމަށްވާ ސަޓޯޝި ލިބިގެންދާނެއެވެ. މިއީ އިން-އެޕް ރިވޯޑްތަކުގެ އިތުރުން މި ގޭމުން ބިޓްކޮއިން ލިބޭގޮތެކެވެ. ނަސީބުވެރިއެއް ނޫންނަމަ، ބިޓްކޮއިން ވިނިން ސްވިނިން ގެއްލޭނެ، މިސާލަކަށް ބްލޮކެއް ކްލެއިމް ކުރާއިރު 'ޕޮއިޒަން ޕިލް' އެއް ލިބުން ކަހަލަ ކަންކަމުގެ ތެރެއިންނެވެ.

ގޭމް ކުޅުމަށް ފޯލްޑް ކާޑެއް މިލްކު ކުރާކަށް ނުޖެހޭނެ، ނަމަވެސް ކާޑް ހޯލްޑަރުންނަށް އިތުރު ބޫސްޓްތަކާއި އިނާމުތައް ލިބޭނެއެވެ. މި ގޭމް އެއްކޮށް ރިލީޒް ވުމުން ކަސްޓަމަރުންނަށް ބިޓްކޮއިން ހޯދައި ޓްރޭޑް ވެސް ކުރެވޭނެ އެވެ.

ފޯލްޑް އެޕް މިހާރު ލިބެނީ ހަމައެކަނި އެމެރިކާގައެވެ. މި އެޕް ލޯންޗުކުރަން ފަށާފައި ވަނީ އަހަރުގެ ކުރީކޮޅު ނިއަންޓިކްގެ މެޓަވާސް ވިޝަން އިއުލާން ކުރުމާ ގުޅިގެންނެވެ.

އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.