ބޭހުގެ ބަދަލުގައި އެއާޕޮޑް ކައި ބަނޑުން އޯޑިއޯ ރެކޯޑް ކޮށްފި

އަޙްމަދު އަޙްސަން 02 ޑިސެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޓިކްޓޮކް ބޭނުންކުރާ އަންހެނަކު އޮޅުމަކުން ބޭހެއްގެ ބަދަލުގައި އެއާޕޮޑެއް ކެވުނު ހާދިސާ ވަނީ މީސްމީޑިޔާގައި ދައުރުވެފައެވެ.

އައިބުޕްރޮފެން (ނޮންސްޓީރޮއިޑަލް އެންޓި އިންފްލެމޭޓަރީ ޑްރަގް) ނަމަކަށް ކިޔާ ޕެއިންކިލަރއެއް ކާން އުޅުމުގެ ތެރޭގައި އެއާޕޮޑް އެއް ކެވުނު ވާހަކަ ބޮސްޓަންގައި ދިރިއުޅޭ ޓިކްޓޮކް ޔޫޒާ އައިއެމްކާރލިބް އޭނާގެ ޓިކްޓޮކްގައި އެ މަޢުލޫމާތު ހިއްސާކުރީ ތަޢުލީމީ ބޭނުމަށް ކަމަށް ބުނެފައިވެއެވެ.

"އަހަރެން އެނދުގައި އޮށޯވެގެން އޮތީ" ޓިކްޓޮކް ވީޑިއޯގައި ލިޔެފައި ވެއެވެ. "އައިބުޕްރޮފެން 800 އޮތީ ކަނާތުގައި އަދި ވާތުގައި އެއާޕޮޑް އޮތެވެ."

"އަހަރެން އެއްޗެއް ފަހަތަށް އެއްލާލާފައި، ފެންފޮދެއް ހިފައިގެން އައިސް ޕެއިންކިލަރ ކެއީ، ދެން އިހްސާސްކުރެވުނީ އެއީ އައިބުޕްރޮފެން ނޫންކަން" އޭނާ ބުންޏެވެ.

އާންމު ހާލަތުގައި ބޮޑުކަމުދާއިރު އެއާޕޮޑް ނިކުތަސް އެކަން ކަށަވަރު ކުރުމަށް އެކްސްރޭއެއް ނެގުނު ކަމަށާއި ނަމަވެސް، އެ އެއާޕޮޑް ދެން ބޭނުން ނުކުރާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

ވަކިން ޚާއްސަކޮށް، އޭނާ ކޯލެއް ކުރަމުން ދަނިކޮށް، އެއާޕޮޑް އަދިވެސް އޭނާގެ އައިފޯނަށް ކަނެކްޓްވެފައިވާކަން އެހެން ވީޑިއޯއެއްގައި ވެސް ވަނީ ހާމަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން އޭނާ ރަހުމަތްތެރިއަކަށް ފޮނުވި ވޮއިސް މެމޯއެއްގައި ބަނޑުގައި ރިކޯޑްކޮށްފައިވާ ގުގުރި އަޑުތައް ހިމެނެއެވެ.

މިއީ މީހަކަށް އެއާޕޮޑެއް ކެވުނު ފުރަތަމަ ފަހަރެއް ނޫނެވެ. މަސަޗޫސެޓްސް ފިރިހެނަކު ނިދީގައި އެއާޕޮޑެއް ދިރުވާލިއެވެ. ޖޯޖިއާއަށް ނިސްބަތްވާ ހަތް އަހަރުގެ ކުއްޖަކު އެއާޕޮޑެއް ކެއުމަށްފަހު އިމަޖެންސީއަށް ގެންދެވުނު ކަމަށްވެސް ވެއެވެ.

އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.