ފިޒިކަލް ޑޮކިއުމަންޓާއި ނުވަތަ ކަރުދާހުގައި އަތް ހޭކުމަކީ އާންމު ގޮތެއްގައި މުޅި ދުނިޔެއާ މުޢާމަލާތު ކުރުމުގައި، އަޅުގަނޑުމެން އެންމެން އަދިވެސް ސަމާލުވެ ތިބި ކަމެކެވެ. ކިއުއާރު (ކުއިކް ރެސްޕޮންސް) ކޯޑަކީ ވަރަށް ފަސޭހަ ގޮތެކެވެ. ޓިކެޓުން ފެށިގެން މެނޫއާ ހަމައަށް ކޮންމެ އެއްޗެއް ވެސް ޑިޖިޓަލް އަށް ބަދަލުކޮށް، ފޯން އެޕްތަކުން ފެށިގެން ވެބްސައިޓް ލިންކްތަކާ ހަމައަށް ހުރިހާ އެއްޗަކަށް ޝޯޓްކަޓް އުފެއްދުމަށް ފަސޭހަ އޮޕްޝަނެކެވެ.
ކިއުއާރު ކޯޑެއް ފެންނަނީ ވަރަށް އާދައިގެކޮށް ކަމަށް ވިޔަސް، އެއީ ވަރަށް ގިނަ ޑޭޓާ ރައްކާ ކުރުމުގެ ގާބިލްކަން ލިބިފައިވާ އެއްޗެކެވެ. އެކަމަކު އޭގައި ކިތަންމެ ކުރެހުމެއް ހުރި ކަމުގައި ވިޔަސް، ސްކޭން ކުރާއިރު، ކިއުއާރު ކޯޑުން ވަގުތުން ވަގުތަށް މައުލޫމާތު ހޯދުމުގެ ފުރުސަތު ޔޫޒާއަށް ލިބޭ – އެހެންކަމުން އެއަށް ކުއިކް ރެސްޕޮންސް ކޯޑުގެ ނަމުން ނަންދެވިފައިވެއެވެ.
އެ ވިސްނުމުގައި، ކިއުއާރު ކޯޑަށް ބަލާއިރު ސްމާޓްފޯނާއި ޑެސްކްޓޮޕް އޮޕަރޭޓިން ސިސްޓަމް ވެސް މިހާރަށް ވުރެ މާ ބޮޑަށް ކިއުއާރު ކޯޑަށް އަހުލުވެރިވެ، ގާބިލްކަން އިތުރުވެފައިވެއެވެ. ކިއުއާރު ކޯޑެއް ސްކޭން ކުރަން ޖެހޭތޯ، ނުވަތަ އަމިއްލަ ކިއުއާރު ކޯޑެއް ހަދަން ބޭނުންތޯ (ވައިފައި ނެޓްވޯކަކަށް، ކޮންޓެކްޓް ކާޑަކަށް، ނުވަތަ އެނޫންވެސް އެއްޗަކަށް) ތަފާތު އޮޕްޝަންތައް އެބަހުރިއެވެ.
އެންޑްރޮއިޑްގައި ކިއުއާރު ކޯޑް ބޭނުންކުރާނެ ގޮތް
ކިއުއާރު ކޯޑެއް ފެނިއްޖެ ނަމަ ފޯނުގެ ކެމެރާ އެޕް ހުޅުވައި، ފަހަތު ކެމެރާއަށް ބަދަލުކޮށް، ކިއުއާރު ކޯޑަށް ކެމެރާ އިޝާރާތްކޮށްލުމުން ޝަޓަރ ބަޓަންއަށް ވުރެ މަތިން ލިންކެއް ފެންނާނެއެވެ. ކިއުއާރު ކޯޑް އިޝާރާތް ކުރާ އެއްޗެއް ހޯދުމަށް އެ ލިންކަށް ފިތާލާށެވެ. ކެމެރާ އެޕްގެ ބަދަލުގައި ގޫގުލް ލެންސް ވެސް ބޭނުންކުރެވިދާނެއެވެ.
ވެބްސައިޓެއްގެ ޔޫއާރުއެލް އިން ކިއުއާރު ކޯޑް ހަދަން ބޭނުންނަމަ ގޫގުލް ކްރޯމްގެ އިން އެކަން ކުރެވިދާނެއެވެ. ކޯޑު ހަދަން ބޭނުންވާ ވެބްޕޭޖް ހުޅުވާ، ދެން މެނޫ ބަޓަން (ތިން ޑޮޓް، އެންމެ މަތީ ކަނާތް) ޓެޕް ކޮށް، ދެން 'ޝެއަރ' އަދި 'ކިއު.އާރް ކޯޑް' ޚިޔާރު ކުރާށެވެ.
ތާޑް-ޕާޓީ އެޕްތަކުން ވެސް ކިއުއާރު ކޯޑް ހެދޭނެއެވެ. ކޮންޓެކްޓް ކާޑުން ފެށިގެން ވެބްސައިޓް އަދި އެޕް ލިންކްތަކާ ހަމައަށް ހުރިހާ އެއްޗެއް ކަވަރު ކޮށްދޭނެއެވެ. އޭގެ ތެރެއިން ގިނަ އެޕްތަކަކީ ވަރަށް އާދައިގެ އަދި ވަރަށް ގިނަ ކަންކަން ކުރެވޭ އެޕްތައް، އެހެންވެ ތިމާ ބޭނުންވާ ކަހަލަ އެއްޗެއް ހޯދަން އުދަގޫވެދާނެއެވެ. އަޅުގަނޑުމެން ޓެސްޓްކުރި އެއްޗެހީގެ ތެރެއިން ކިއުއާރްކީ އަކީ ވަރަށް ރަނގަޅު އެއް އެޕެވެ. ހަދަން ބޭނުންވާ ކިއުއާރު ކޯޑުގެ ބާވަތް އިޚްތިޔާރުމަށް ފަހު 'ޖެނެރޭޓް' އަށް ދާށެވެ. ކޮމްޕްރިހެންސިވް ކިއުއާރު ކޯޑް ޖެނެރޭޓަރ ވެސް ރަނގަޅު، ފަށައިގަތުމަށް 'ކްރިއޭޓް' ޚިޔާރު ކުރާށެވެ.
އައިއޯއެސްގައި ކިއުއާރު ކޯޑް ބޭނުންކުރާނެ ގޮތް
އައިފޯން ކެމެރާ އެޕް ހުޅުވައި، ފަހަތު ކެމެރާއަށް ބަދަލުކޮށް، ވިއުފައިންޑަރ ކިއުއާރު ކޯޑު ލައިންކޮށްލާށެވެ. ތިރީގައި ރީނދޫ ކުލައިން ފެންނަ ލިންކަކާއެކު ރީނދޫ ފްރޭމެއް ފެންނާނެއެވެ. ކިއުއާރު ކޯޑުގައިވާ އެއްޗެއް ބެލުމަށް އެ ލިންކަށް ޓެޕް ކޮށްލާށެވެ. ކޯޑް ސްކޭނަރ ޔޫޓިލިޓީ ކޮންޓްރޯލް ސެންޓަރަށް އިތުރުކުރުމަށް: ސެޓިންއިން > ކޮންޓްރޯލް ސެންޓަރ އިން، އަދި ޝޯޓްކަޓް ލިސްޓަށް ކޯޑް ސްކޭނަރ އިތުރުކުރެވޭތޯ ޔަގީން ކުރާށެވެ.
އައިފޯނެއްގައި ކިއުއާރު ކޯޑެއް ސްކޭން ކުރަން އަސްލު ތިން ވަނަ ގޮތެއް އެބަ އޮތެވެ. އެއީ ވޮލެޓް އެޕް މެދުވެރިކޮށްނެވެ. ނަމަވެސް މިއީ ވޮލެޓު އެޕް އިން އަސްލު މަސައްކަތް ކުރެވޭނެ ކޯޑަކަށް އެކަނި ކުރެވޭނެ ކަމެކެވެ. މިސާލަކަށް ބޯޑިން ޕާސް ނުވަތަ ޑިސްކައުންޓް ކޫޕަން ފަދަ ކޯޑްތަކަށް މަސައްކަތް ކުރާ ގޮތަށެވެ. ވޮލެޓް އެޕަށް ގޮސް ޕާސް އެޑިޓް ކުރުމަށް ޓެޕް ކޮށް (ނުވަތަ އެއްވެސް ފާސްއެއް ނެތް ނަމަ ސާރޗް ކޮށްގެން ކެޓަގަރީ ހޯދުން) އެއަށް ފަހު ކޯޑް ސްކޭން ކުރާނީއެވެ.
އަމިއްލައަށް ކޯޑްތައް ހެދުމުގެ ވާހަކަ ދައްކާއިރު، ތަފާތު ގިނަ އޮޕްޝަންތަކެއް އެބަހުރި، އެކަމަކު އެކަންކުރުމަށް ތާޑް ޕާޓީ އެޕްލިކޭޝަނެއް ބޭނުން ކުރަން ޖެހޭނެ (މީގެ ތެރެއިން ގިނަ އެޕްތަކުން ކިއުއާރު ކޯޑްތައް ވެސް ސްކޭން ކުރެވިދާނެ) އެވެ. އެންމެ ރަނގަޅު އަދި އެންމެ މަޤްބޫލު އެއް އެޕަކީ ކިއު.އާރު ކޯޑް ރީޑަރ ('މައި ކޯޑްސް' އަށް ޓެޕް ކޮށްލުމަށްފަހު ކިއުއާރު ކޯޑް ހައްދަވާ)، އަދި އެޕްގެ އިތުރުން ކިއު.އާރު ސްކޭނަރ ވެސް ބޭނުން ކުރެވިދާނެ (ޓެޕް ކްރިއޭޓް ދެން +) އެވެ. ގޫގުލް ކްރޯމް އިން ވެބްސައިޓް ލިންކް ތަކަށް ކޯޑް ހެދިދާނެ: ޝެއާ ބަޓަން (އެންމެ މަތީ ކަނާތް ފަރާތުގައި) ޓެޕް ކުރުމަށް ފަހު ދެން ކިއުއާރު ކޯޑެއް ހަދާށެވެ.
ވިންޑޯޒްގައި ކިއުއާރު ކޯޑްތައް ބޭނުންކުރާނެ ގޮތް
ޑެސްކްޓޮޕް އޮޕަރޭޓިން ސިސްޓަމްތަކުގެ ވާހަކަ ދައްކާއިރު، ކިއުއާރު ކޯޑް ސްކޭން ކުރުމަކީ ގިނަ ފަހަރަށް ކުރަން ޖެހޭ ކަމެއް ނޫނެވެ. ސިސްޓަމް އޮރިޖިނަލް ކެމެރާ އެޕް އިން ކިއުއާރު ކޯޑް ސްކޭން އަދިވެސް ނުކުރެވޭ، ނަމަވެސް ވަރަށް އަވަހަށް އެކަން ކުރެވިދާނެ ކަމުގެ ވާހަކަތައް ފެތުރިފައި ވެއެވެ. އޭގެ މާނައަކީ މި ހާއްސަ ފަންކްޝަނަށް ތާޑް-ޕާޓީ ސްކޭނަރެއްގެ އެހީ ހޯދަން ޖެހިދާނެއެވެ.
މި މަސައްކަތް ކުރުމަށް ކިއުއާރު ކޯޑް ނުވަތަ ކިއުއާރު ސްކޭނަރ ޕްލަސް ފަދަ އެޕްލިކޭޝަނެއް އިންސްޓޯލް ކުރެވިދާނެއެވެ. އެ ދެ އެޕްލިކޭޝަން ވެސް މަސައްކަތް ކުރަނީ އެއް ގޮތަކަށެވެ. އެޕް ލޯންޗްކޮށް، ސިސްޓަމްގައި ހުންނަ ކެމެރާއަށް އެކްސެސް ދޭށެވެ. ކެމެރާއަށް ބަލައިގެން ކިއުއާރު ކޯޑް ހޯދުމުން ވަގުތުން ސްކޭންކުރަން ފަށާނެވެ. ކިއުއާރު ކޯޑު އިޝާރާތްކުރާ ކޮންމެ ތަނެއްގައި ޓެޕް ނުވަތަ ކްލިކް ކޮށްލުމުން އެއަށް އަމަލު ކުރަން ފަށާނެއެވެ.
ވެބްސައިޓްތަކަށް ކިއުއާރު ކޯޑްތައް އުފެއްދުމަށް، މައިކްރޯސޮފްޓް އެޖް އަދި ގޫގުލް ކްރޯމް ގައި ވެސް އެކަން ކުރެވިދާނެ އެވެ. އެޑްރެސް ބާރ ގައި ކްލިކް ކޮށްލުމަށްފަހު 'ކްރިއޭޓް ކިއުއާރު ކޯޑް' އަށް ޓެޕް ކުރާށެވެ. އެހެން ވައްތަރުތަކުގެ ކިއުއާރު ކޯޑްތައް އުފެއްދުމަށް، ކިއުއާރު ކޯޑް ޓައިގަރ ނުވަތަ ކިއުއާރު ކޯޑް ޖެނެރޭޓަރ ފަދަ ގިނަ އޮންލައިން އެޕްތަކުގެ ތެރެއިން އެއް އެޕަކަށް ބްރައުޒަރ އިޝާރާތް ކޮށްލާށެވެ. މި ދެ އެޕަކީ ވެސް ކިއުއާރު ކޯޑްތައް އުފައްދައި އެކްސްޕޯޓް ކުރުމަށް ވަރަށް ގިނަ އޮޕްޝަންތައް ލިބޭ ދެ އެޕެވެ.
މެކްގައި ކިއުއާރު ކޯޑްބޭނުންކުރާނެ ގޮތް
މެކްބުކް ނުވަތަ އައިމެކް ބޭނުންކޮށްގެން ކިއުއާރު ކޯޑެއް ސްކޭން ކުރަން ޖެހިދާނެ ކަމަށް ކޮންމެވެސް މިންވަރަކަށް ހީވެދާނެއެވެ. އަދި ހަމަ އެގޮތަށް ވިސްނާނަމަ، އެޕަލް އިން އިންޓަގްރޭޓެޑް ވެބްކެމް އިން ކިއުއާރު ކޯޑުތައް ސްކޭން ކުރުމުގެ ގާބިލްކަން ލިބިފައިނުވެއެވެ. އެކަމަކު ތާޑް ޕާޓީ އޮޕްޝަންތަކުގެ ތެރެއިން ކޯޑް ރީޑަރ އަކީ އަޅުގަނޑުމެންނަށް އައި އެންމެ ރަނގަޅު އެއް އޮޕްޝަން، ކިއު.އާރު ކެޕްޗަރ އަކީ ވެސް ވަރަށް ރަނގަޅު އެޕެކެވެ.
އަމިއްލަ ކިއުއާރު ކޯޑްތައް އުފެއްދުމުގެ ވާހަކަ ދެކެވޭއިރު، މި ފީޗާ ސަފާރީ ވެބް ބްރައުޒާގައި ނެތެވެ. ނަމަވެސް ސަފާރީއަށް ކިއުއާރު ކޯޑް ޖެނެރޭޓަރ އެޑްކުރުމުން މަސައްކަތް ކުރަނީ އޭގެ ނަމުން ވެސް ބުނެވިދާނެ ފަދަ ގޮތަކަށެވެ. ސަފާރީގައި ހުންނަ އެޑްރެސް ބާގެ ވާތް ފަރާތަށް ހަމައެކަނި ކިއުއާރު ކޯޑް ކްރިއޭޝަން ބަޓަން އެއް އިތުރު ކޮށްލާށެވެ. ގޫގުލް ކްރޯމް އިން ވެބްސައިޓް ކިއުއާރު ކޯޑުތައް ވެސް ހެދިދާނެއެވެ. އެޑްރެސް ބާރ ގައި ޔޫ.އާރ.އެލް ޚިޔާރުކުރައްވާ، އެއަށްފަހު ކަނާތްފަރާތުގައި މި ޕޭޖް ކިއުއާރު ކޯޑް ހަދާ ބަޓަންއަށް ޓެޕް ކޮށްލާށެވެ.
މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ކިއު.އާރު ކޯޑް ކްރިއޭޓް ކުރުމުގެ އޮޕްޝަންތަކަށް، ތާޑް-ޕާޓީ ޓޫލް އެއް ޑައުންލޯޑް ކުރާކަށް ޙަޤީޤަތުގައި ބޭނުމެއް ނުވޭ، ސަބަބަކީ، ވަރަށް ގިނަ ވެބްސައިޓްތަކުން މި މަސައްކަތް ފުރިހަމަ ކޮށްދެވިދާނެތީއެވެ. ކިއުއާރު ކޯޑް މަންކީ އަދި ކިއު.އާރު ކޯޑް ޖެނެރޭޓަރ އަކީ ބޭނުންކުރަން ފަސޭހަ، އަދި އެއްކޮށްލެވިދާނެ ކޯޑުގެ ބާވަތްތަކާއި، ފައިނަލް ރިޒަލްޓް ބަލާގޮތާއި، ތަފާތު އޮޕްޝަންތަކެއް ދޭ ޖަނަރޭޓަރ ތަކެކެވެ.
ކްރޯމް އޯއެސްގައި ކިއުއާރު ކޯޑް ބޭނުންކުރާނެ ގޮތް
ކްރޯމްބުކް އިން ކިއުއާރު ކޯޑްތައް ސްކޭން ކުރުމަށް އޭގައި ވާ ވެބްކެމް ބޭނުން ކުރެވިދާނެއެވެ. އެއީ ކްރޯމް އޯއެސް އަށް ލިބިފައިވާ ގާބިލްކަމެކެވެ. ކެމެރާ އެޕް ހުޅުވުމަށް ފަހު، ސްކޭން ކޮށް، ދެން ކިއުއާރު ކޯޑް އިޚްތިޔާރު ކޮށް، އޭގައި ހިމެނޭ ކޮންމެ ލިންކެއް ވެސް ފޮލޯ ކުރެވިދާނެއެވެ.
ކިއުއާރު ކޯޑްތައް އުފެއްދުމުގެ ވާހަކަ ދައްކާއިރު، މިއީ ވިންޑޯސް އަދި މެކްއޯއެސް ބައިގައި ކަވަރު ކޮށްފައިވާ ބައެކެވެ. ގޫގުލް ކްރޯމް އިން ވެބްޕޭޖްތަކުގެ ކޯޑުޖެނެރޭޓް ކުރާގޮތް ކުރިން ދެކެވިފައިވީ ނަމަވެސް ބޯނަސް ޓިޕެއްގެ ގޮތުން ގޫގުލް ކްރޯމް އިން ޕޭޖެއްގެ ހުސް ތަންކޮޅެއްގައި ރައިޓް ކްލިކް ކޮށްލުމުން 'ކްރިއޭޓް ކިއުއާރު ކޯޑް ފޯރ ދިސްޕޭޖް' ފެންނާނެއެވެ.
އެހެން ބާވަތްތަކުގެ ކޯޑްތައް އުފެއްދުމާ ބެހޭ ގޮތުން، މިހާތަނަށް އަޅުގަނޑުމެން ލިސްޓްކޮށްފައިވާ އޮޕްޝަންތަކުގެ ތެރެއިން އެއްވެސް އޮޕްޝަނަކީ ހަގީގަތުގައި ތިމާއަށް އެންމެ އެކަށީގެންވާ އޮޕްޝަންތަކެއް ނޫންނަމަ، އިތުރު ދެ އޮޕްޝަން ތިމާގެ ކްރޯމް އޯއެސް ވެބް ބްރައުޒަރ މެދުވެރިކޮށް ބޭނުން ކުރެވިދާނެއެވެ. ސްކެނޯވާ (އެއީ ކިއުއާރު ކޯޑުގެ ގިނަ ބާވަތްތަކެއް ކަވަރު ކުރާ) އަދި ވިޝުއަލްލީޑް، މިއީ ވިޔަފާރިތަކަށް ތަންކޮޅެއް އެކަށީގެންވީ ނަމަވެސް އަދިވެސް ބޭނުންކުރަން ވަރަށް ރަނގަޅު ދެ އޮޕްޝަންއެވެ.
ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް