އިންޓަނެޓްގެ ދުވެލި ތަފާތު ވަނީ ކީއްވެ؟

އާހިލް އާސިމް އަބްދުالله 14 ޑިސެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މި ޕޭޖްލޯޑް ވީ ކިތައް ސިކުންތުންތޯ؟ މީގެ ޖަވާބު ބިނާވާނީ މީހާ ބޭނުންކުރާ ޑިވައިސް އާއި އުޅޭ ގައުމަކަށެވެ. އެއީ އެއް ގައުމުން އަނެއް ގައުމަށް އިންޓަނެޓްގެ ދުވެލި ތަފާތުވާތީއެވެ.

އިންޓަނެޓް ސްޕީޑް ތަފާތުވާ މައިގަނޑު ސަބަބުތަކަކީ ކޮބައިހެއްޔެވެ؟ އާންމުކޮށް އިންޓަނެޓް ސްޕީޑްބިނާވަނީ މައިގަނޑު 4 ކަމެއްގެ މަށްޗަށެވެ.

އެގޮތުން އެންމެ ފުރަތަމަ ކަމަކީ އިންފްރާސްޓްރަކްޗާ ނުވަތަ ބޭނުންކުރާ ކޭބަލްއެވެ. ފަހުގެ ޒަމާނީ ކޭބަލްތަކުން އިންޓާނެޓްގެ ސްޕީޑް ބާރުވާނެއެވެ. މީގެ ތެރޭގައި ހިމެނޭ މައިގަނޑު 2 ބާ ވަތަކީ ކޮޕާރ އަދި އޮޕްޓިކަލް ފައިބާރ ކޭބަލްއެވެ.

ދެން އިންޓަނެޓް ސްޕީޑް އަށް އަސަރުކުރާ ކަމަކީ ޕްރޮކްސްސިމިޓީ ނުވަތަ ސަބްމެރިން ކޭބަލް ތަކުގެ ކަނެކްޝަން އެވެ. މިކަން މުހިއްމުވަނީ އެއީ، މި ކަނޑު އަޑީގެ އޮޕްޓިކް ކޭަބަލްތަަކަކީ ދުނިޔޭގެ 97 އިންސައްތަ މުވާސަލާތީ ޑާޓާ ޓްރާންސްމިޓް ކުރާ ކޭބަލްތަކަށްވާތީ އެެވެ.

ޤައުމުގެ ކުޑަބޮޑު މިނަކީވެސް އިންޓަނެޓް ސްޕީޑް އަަށް އަސަރުކުރާ ކަމެކެވެ. އެހެނީ ބިމުގެ ޖާގައަކީ އަކީ ކޭބަލްތަށް އަޕްގްރޭޑް ކުރާ އިރު ބަލާކަމަކަށް ވާތީއެވެ. އެގޮތުން ގައުމު ކުޑަވާ ވަރަކަށް ކޭބަލްތަށް އަޕްގްރޭޑް ކުރަން އަގުހެޔޮވާނެއެވެ.

މީގެ އިތުރުން އިންވެސްޓްމެންޓް ކުރާވަރާއި، ދައުލަތުން އިންޓަނެޓް ރެގިއުލޭޓް ކުރާވަރާއި، އިންޓެންޝަނަލް ބޭންޑްވިތް ތްރޮޓްލިންފަދަ ކަންކަމަކީވެސް އިންޓަނެޓް ސްޕީޑް އަށް އަސަރުކުރާކަންކަމެވެ.

ޓެކްނޮލޮޖީގެ ސަބަބަން ދުނިޔެ މިއަދު ކުރިއަރަމުން ދާއިރު އެންމެ މެއިންސްޓްރީމް ވަމުންދާ ކަމަކީ 5ޖީ އެވެ. 5ޖީ އަށް އަޕްޑޭޓް ނުވާ ގައުމުތަށް ދާނި ހައްތާހާ ފަހަތަށެވެ.

އާހިލް އާސިމް އަބްދުالله

އާހިލް އާސިމް އަބްދުالله

އަޅުގަނޑުގެ ނަމަކީ އާހިލް އެވެ. ޓެކްނޮލޮޖީގެ އައު ވާހަކަތަކަށް ކެތްމަދުވެފައި ހުންނަ ޒުވާނެކެވެ!

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.