ސްމާޓްފޯނުން ސައިޓެއްގެ ރައްކާތެރިކަން ބަލާނީ ކިހިނެއް؟

އަޙްމަދު އަޙްސަން 19 ޑިސެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އޮންލައިންކޮށް ވިޔަފާރިކުރުން އަދި އެޕަލް ނުވަތަ އެންޑްރޮއިޑް ޑިވައިސް މެދުވެރިކޮށް ބޭންކް އެކައުންޓް ޗެކް ކުރަންތޯ؟ ތިރީގައި މި ބަލާލަނީ އެއީ އަސްލު ރައްކާތެރި ސައިޓެއްކަން ދެނެގަންނާނެ ގޮތެވެ.

ސްމާޓްފޯންތަކަކީ ވެބް ބްރައުޒް ކުރުމުގައި މީގެ ކުރިން މާ މަގުބޫލު އެއްޗަކަށް ނުވެއެވެ. އެހެން ނަމަވެސް ހާލަތު މިހާރު ބަދަލުވެއްޖެ އެވެ. ސޯޝަލް މީޑިއާއަށް އެކްސެސް ވާން ބޭނުންވިޔަސް ނުވަތަ އޮންލައިން ޝޮޕިން އަށް ދާން ބޭނުން ވިޔަސް ޕާސަނަލް ކޮމްޕިއުޓަރަކީ މިހާރު ޑިފޯލްޓް ޗޮއިސްއެއް ނޫނެވެ.

ސައިބަރ ކްރައިމިނަލުންނަށް މި ޓްރެންޑް ވަރަށް ރަނގަޅަށް އެނގެއެވެ. މެލިޝިއަސް ވެބްސައިޓްތައް މިހާރު ފަރުމާކޮށްފައި ވަނީ ސްމާޓްފޯން ބޭނުންކުރާ މީހުންގެ ވިސްނުން ހިމަނައިގެންނެވެ.

އެހެންވީމަ ސްމާޓްފޯނެއް ބޭނުން ކުރާއިރު ވެބްސައިޓެއް ރައްކާތެރިތޯ ބަލާނީ ކިހިނެއް ހެއްޔެވެ؟ އަދި ރައްކާތެރި ނޫންނަމަ ދެން ނިކުންނާނެ ނަތީޖާއަކީ ކޮބައިތޯއެވެ؟

ރައްކާތެރި ނޫން ވެބްސައިޓެއްގައި ހިނގާނީ ކޮންކަމެއް؟

މޯބައިލް ޑިވައިސްއެއް ބޭނުން ކުރާއިރު ބައެއް މީހުން އިންޓަނެޓް ސެކިއުރިޓީއަށް މިހާރަށް ވުރެ ލުއި ގޮތްތަކެއް ގެންގުޅެއެވެ. އެއީ ބައެއް ފަހަރަށް މޯބައިލް ޑިވައިސްއަކުން ވައިރަސް އެއް ފެނުމަކީ އުދަގޫ އަދި ވަރަށް ދުރުގައިވާ ކަމަކަށް ވާތީއެވެ.

މިއީ ސައިބަރ ކްރައިމިނަލުން އޭގެ ނާޖާއިޒު ފައިދާ ނަގަން އަދި އޮޅުވާލުމަށް ބޭނުން ކުރާނެ ވަގުތެކެވެ. ތިރީގައި މިވަނީ ކުރިމަތިވެދާނެ ބައެއް ނުރައްކާތަކެވެ.

ސްކޭމެއްގެ ތެރެއަށް ވެއްޓިދާނެ

އޮޅުވާލައިގެން ވެބްސައިޓަކުން އެއްޗެއް ގަންނަ ނަމަ، ވެރިމީހާ އަށް ތިމާ ބޭނުން ކުރަނީ ކޮން ކަހަލަ ޑިވައިސްއެއްކަމެއް ނޭގޭނެއެވެ. ފޭކް އޮންލައިން ސްޓޯރުތައް ހަދަން ކުރިއަށްވުރެ ފަސޭހައެވެ. އަދި ގިނަ ސްޓޯރުތައް ފަރުމާކޮށްފައި ވަނީ ސްމާޓްފޯން ބޭނުންކުރާ މީހުންނަށް ޓާގެޓްކުރާ ގޮތަށެވެ.

ޕާސްވޯޑް ވަގަށް ނެގިދާނެ

ފިޝިންގ ވެބްސައިޓްތައް ފަރުމާކޮށްފައިވަނީ ފެންނަ ފެނުމަށް ސައްހަ ވެބްސައިޓްތަކެއް ގޮތަށް، ނަމަވެސް ޕާސްވޯޑް ޖަހާއިރު ހަޤީޤަތުގައި ތިމާ ވާހަކަ ދައްކަނީ މުޖުރިމަކާއެވެ. މިކަމުގެ ސަބަބުން ތިމާގެ ސޯޝަލް މީޑިއާ އެކައުންޓަކުން ފެށިގެން ބޭންކް އެކައުންޓާއި ހަމަށް ހެކްކޮށް އެކައުންޓުގެ ހުރި ފައިސާ ވެސް ހުސްވެދާނެއެވެ.

މި ވެބްސައިޓްތަކަކީ ސްމާޓްފޯނަށް ވަރަށް އެފެކްޓިވް ވެބްސައިޓްތަކެކެވެ. އެއީ ކުޑަ ސްކްރީން ތަކަށް އުނިސިފަތައް ފޮރުވުމަށް އެހީތެރިވެދޭތީއެވެ.

އައިޑެންޓިޓީ ވަގަށް ނެގިދާނެ

ބައެއް ވެބްސައިޓްތައް ފަރުމާކުރަނީ ހަމައެކަނި އަމިއްލަ ޒާތީ މަޢުލޫމާތު ވަގަށް ނަގާގޮތަށެވެ. މިއީ ޕާސްވޯޑެއް ހާމަކުރުން ފަދަ އަގުބޮޑު ކަމެއްކަން ސާބިތުކޮށްދެވިދާނެއެވެ.

ތިމާގެ ދިރިއުޅުމާ ބެހޭ ކުދިކުދި ތަފްޞީލުތަކަކީ އަބަދުވެސް ޚާއްޞަ ކަމެއް ގެނުވާ އަގުހުރި މަޢުލޫމާތެއް ކަމުގައި ނުވެދާނެއެވެ. އެކަމަކު އެއިން އެކަށީގެންވާ މިންވަރަށް ފޯރުކޮށްދެވިއްޖެ ނަމަ އައިޑެންޓިޓީ ވަގަށް ނެގުމުގެ ފުރުޟަތު ބޮޑުވެގެންދާނެއެވެ.

ފޯނަށް ވައިރަސް އެރުން

މެލްވެއަރގެ ނުރައްކަލަކީ ސްމާޓްފޯންތަކަށް ވުރެ ކޮމްޕިއުޓަރުތަކަށް ދިމާވާ ބޮޑު މައްސަލައެކެވެ. އެކަމަކު އޭގެ މާނައަކީ ސްމާޓްފޯނަކަށް ވައިރަސް އެއް ނުލިބިދާނެއެކޭ ނޫނެވެ. ނުރައްކާތެރި ވެބްސައިޓަކަށް ވަންނަ ކޮންމެ ފަހަރަކު، އޭގެ ސަބަބުން ތިމާގެ ޑިވައިސް އާދަޔާ ޚިލާފަށް އެކްޓްކުރަން ފަށާ ކަމުގެ ބިރު ހީވެދާނެއެވެ.

ސްމާޓްފޯނުން ވެބްސައިޓެއް ރައްކާތެރިތޯ ބަލާނެ ގޮތް

ގިނަ ނުރައްކާތެރި ވެބްސައިޓްތަކަކީ ބަލާލަން އެނގޭ ނަމަ ދެނެގަންނަން ފަސޭހަ ވެބްސައިޓްތަކެކެވެ. ސްމާޓްފޯނަށް ވެބްސައިޓެއް ރައްކާތެރިތޯ ބަލާނެ ގޮތްތަކެއް ތިރީގައި މިވަނީއެވެ.

1. އުނިސިފަތައް ހޯދުން

ބައެއް ނުރައްކާތެރި ވެބްސައިޓްތަކަކީ ވަރަށް ޕްރޮފެޝަނަލް ވެބްސައިޓްތަކެއް، ހަމައެކަނި އެވެބްސައިޓްތަކަށް ބަލާފައި، އޭގެ މަޤްޞަދު ބުނެ ނުދެވޭނެއެވެ. ނަމަވެސް ގިނަ ވެބްސައިޓުން އުނިސިފަތަކެއް ފެނިދާނެއެވެ. މިސާލަކަށް ސްޕެލިންގ މިސްޓޭކްސް ނުވަތަ ޖެނެރިކް ފޮޓޯތައް ފާހަގަކުރެވިދާނެއެވެ.

ސްމާޓްފޯނެއް ބޭނުންކުރާއިރު މި އުނިސިފަތައް ނުފެނިދާނެއެވެ. އެއްވެސް މަޢުލޫމާތެއް ދިނުމުގެ ކުރިން ސައިޓް ސްކްރޯލް ކުރުމަކީ ރަނގަޅު ކަމެކެވެ. ސައިޓް ތަންކޮޅެއް ރަނގަޅަށް ދެނެގަތުމަށް ވަގުތުކޮޅެއް ހޭދަކޮށްލާށެވެ.

2. އެޗް.ޓީ.ޓީ.ޕީ.އެސް އަށް ބައްލަވައިލައްވާ

އެޗް.ޓީ.ޓީ.ޕީ.އެސް (ހައިޕަރޓެކްސްޓް ޓްރާންފަރ ޕްރޮޓޮކޯލް ސެކިއުއަރ) އަކީ އެއް ކޮމްޕިއުޓަރުން އަނެއް ކޮމްޕިއުޓަރަށް މަޢުލޫމާތު ދައުރުވާ އިރު މަޢުލޫމާތު އެންކްރިޕްޓް ކުރާ އިންޓަނެޓް ޕްރޮޓޮކޯލެކެވެ. ވެބްސައިޓެއްގައި އެޗް.ޓީ.ޓީ.ޕީ.އެސް ނެތް ނަމަ، ތިމާ ފޯރުކޮށްދޭ އެއްވެސް މަޢުލޫމާތެއް 'މޭން އިން ދަ މިޑްލް' އެޓޭކެއް މެދުވެރިކޮށް ވަގަށް ނެގިދާނެއެވެ.

އަދި އެޗް.ޓީ.ޓީ.ޕީ.އެސް ހުރުމުގެ މާނައަކީ ވެސް އޮޓޮމެޓިކުން ސައްހަ ވެބްސައިޓެއްގައި ހުރި މީހެއްކަން ވެސް ނޫނެވެ. އެކަމަކު މި ފީޗާ ނެތްނަމަ، ވެބްސައިޓަށް އިތުބާރު ނުކުރުރެވޭނެއެވެ.

ހުރިހާ މަޝްހޫރު ބްރައުޒަރތަކުން ވެސް އެޗް.ޓީ.ޓީ.ޕީ.އެސް އާއެކު ވެބްސައިޓަކަށް ވަނުމުން ޔޫއާރްއެލް ބާގައި 'ކްލޯޒްޑް ޕެޑްލޮކް' ދައްކާލާނެއެވެ. އޭގެ ބަދަލުގައި އޯޕަން ލޮކް ފެނިއްޖެނަމަ އަވަހަށް އެވެބްސައިޓުން ބްރައުޒް ކުރުން ހުއްޓާލާށެވެ.

3. ޕޮޕް-އަޕްސް އަށް ސަމާލުވޭ

ސައިބަރ ކްރައިމިނަލުން ޕޮޕް-އަޕްސް ބޭނުންކުރަނީ ނުރައްކާތެރި ހާލަތަކަށް މީހާ ގެނައުމަށެވެ. ބޭރަށް ނިކުންނަން އުނދަގޫ އިޝްތިހާރުތައް ދައްކާލުމަށް އެތަކެތި ބޭނުން ކުރެއެވެ. ނުވަތަ ތިމާ ވަންނަ ބޭނުންވާ ވެބްސައިޓަށް ތަފާތު ޔޫ.އާރ.އެލް އަކުން އޮޅުވާލައެވެ.

ބައެއް ޕޮޕްއަޕްތަކަކީ ގެއްލުމެއް ނެތް ޕޮޕްއަޕްތަކެކެވެ. އެކަމަކު ވެބްސައިޓަށް އިތުބާރު ކުރަން ޖެހޭ ސަބަބެއް ނެތް ނަމަ، ޕޮޕް-އަޕްތަކުގެ މާނައަކީ އާންމު ގޮތެއްގައި ސައިޓަކުން ދުރުވާން ޖެހޭ ވާހަކައެވެ.

4. ހުއްދައަށް އެދި ހުށަހަޅާ ހުށަހެޅުންތައް ހޯދުން

ވެބްސައިޓަކުން ބްރައުޒާ ނޫން އެހެން އެއްވެސް އެއްޗެއް ފޯނުން އެކްސެސް ކުރަން ބޭނުން ނަމަ ފުރަތަމަ ޖެހޭނީ ހުއްދަ ހޯދާށެވެ. ސައްހަ ވެބްސައިޓްތަކުން އަބަދުވެސް ހުއްދައަށް އެދެއެވެ.

އެކަމަކު އެއްޗެއް ޑައުންލޯޑް ކުރަން ނުވަތަ އަމިއްލަ މަޢުލޫމާތުގެ އެކްސެސް ދޭން އަންގައިފި ނަމަ، އެކަމަށް ސަމާލުވާން ޖެހޭނެއެވެ.

5. ޔޫ.އާރ.އެލް ރަނގަޅަށް ޗެކްކުން

ހަމައެކަނި ޔޫއާރުއެލް އަށް ބަލައިގެން ވަރަށް ގިނަ ނުރައްކަލުގެ ވެބްސައިޓްތައް ދެނެގަނެވިދާނެއެވެ. ފިޝިންގ ވެބްސައިޓްތަކުން ގިނަ ފަހަރަށް މަސައްކަތް ކުރަނީ އަސްލު ނަމާއި އެއްގޮތް ނަމެއް ބޭނުންކޮށްގެން ސައްހަ ސައިޓްތަކެއްގެ ގޮތުގައިއެވެ.

ސައިބަރ ކްރައިމިނަލުން ވެސް އަންޕްރޮފެޝަނަލް ޑޮމެއިން ނަންތައް ބޭނުން ކުރާނެއެވެ. އެކަހަލަ ނަންތައް ބޭނުންކުރަނީ އެމީހުންގެ ސައިޓްތައް ރިޕޯޓްކޮށް ނަގާނެކަން އެނގޭތީއެވެ. މިއިން ދެކަމެއް ފެނިއްޖެނަމަ ވެބްސައިޓުން ދުރުވާން ޖެހެއެވެ.

6. ސާޗް އެންޖިން ބޭނުން ކުރުން

ހުރިހާ ސައްހަ ވެބްސައިޓްތަކަކީ ގޫގުލް އިން އިންޑެކްސް ކުރާ ވެބްސައިޓްތަކެކެވެ. ވެބްސައިޓެއް ހޯދަން ގޮސް ނުފެނިއްޖެ ނަމަ، ކޮންމެވެސް ނުބައި ކަމެއް އުޅެނީ ކަމަށް ބެލެވިދާނެއެވެ.

ސްކޭމެއް ދެނެގަތުމަށް ސާޗް އިންޖީނަކީ ވެސް ބޭނުންތެރި އެއްޗެކެވެ. ނޫނީ ވަރަށް ނަން މަޝްހޫރު ސައިޓެއް ނަމަ، ޕޭމަންޓް ޑީޓެއިލްސް ހިއްސާ ކުރުމުގެ ކުރިން އަބަދުވެސް ކަސްޓަމަރ ރިވިއުތައް ޗެކް ކުރަންވާނެއެވެ.

7. މޮބައިލް ވާޝަންއެއް އުޅޭތޯ ބެލުން

ހުރިހާ ޕްރޮފެޝަނަލް ވެބްސައިޓްތައް ވެސް މިހާރު މޯބައިލް ޑިވައިސްތަކުގައި ބޭނުން ކުރުމަށް އޮޕްޓިމައިޒް ކުރެވިފައިވެއެވެ. އެއީ ގޫގުލް އިން މި ފަންކްޝަން ނެތްނަމަ ވެބްސައިޓަކަށް މާގިނަ ޓްރެފިކް ނުފޮނުވާނެތީއެވެ.

ކުޑަ ސްކްރީނަކަށް ވެބްސައިޓެއް އޮޕްޓިމައިޒް ނުކުރާކަން ފާހަގަވާނަމަ މިއީ ފާހަގަކޮށްލެވޭ ރެޑް ޓެގެއް ގޮތުގައި ބެލަން ޖެހޭނެ ކަމެކެވެ.

އޮންލައިން ސްޓޯރަކުން މޯބައިލް ޔޫޒަރުންނާ މެދު އަޅާނުލާ ނަމަ، އެއީ އެމީހުންގެ އަތުން ވައްކަމެއް ކުރަން ރާވާފައި އޮތުންކަމަށް އެކަށީގެންވެއެވެ.

8. ވައިރަސްޓޯޓަލް ބޭނުންކުރުން

ވައިރަސްޓޯޓަލް އަކީ ކޮންމެ ޔޫ.އާރ.އެލް އެއް ސްކޭން ކުރުމުގެ ފުރުސަތު ލިބޭ މަޝްހޫރު ވެބްސައިޓެކެވެ. މީގެ ކުރިން ވެސް ވެބްސައިޓެއްގައި ނުރައްކަލެއްގެ ދިދަ ޖަހާފައި ހުރިތޯ އަންގައިދޭނެއެވެ. އަދި ނަން މަޝްހޫރު އެންޓިވައިރަސް އިންޖީންތަކުގެ ސިލެކްޝަނެއް ހިމަނައިގެން އަމިއްލައަށް ވެބްސައިޓެއް ސްކޭންކޮށްލުމުގެ ފުރުސަތު ވެސް ލިބެއެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ މި ވެބްސައިޓަކީ މެލްވެއާ ދެނެގަތުމަށް ތައްޔާރުކޮށްފައިވާ ވެބްސައިޓެއް ކަމެވެ. ސްކޭމް ނުވަތަ ފިޝިން ފަދަ ކަންކަމާ މެދު ތިމާއަށް އިންޒާރު ނުދޭނެއެވެ.

ތިމާގެ ފޯނުން ސައިބަރކްރައިމް ވިކްޓިމް އަކަށް ނުވުން

ސްމާޓްފޯން ބޭނުންކުރާ މީހުންނަކީ ވެސް ޕީސީ ބޭނުންކުރާ މީހުން ނެކޭ އެއްފަދައިން ރައްކާތެރި ނޫން ވެބްސައިޓްތަކަށް ވެސް ނުރައްކާ ބޮޑު މީހުންނެވެ. ބައެއް ރައްކާތެރި ނޫން ވެބްސައިޓްތަކަކީ ޙަޤީޤަތުގައި ކުދި ސްކްރީންތަކުގައި އެއަށްވުރެ މާ އެފެކްޓިވް ވެބްސައިޓްތަކަކަށްވެފައި، އޭގެ ސަބަބުން އެވެބްސައިޓްތަކުގެ އުނިސިފަތައް ފޮރުވުމުގެ ފުރްޞަތު ލިބޭތީ ކަމެކެވެ.

އޮންލައިން ޝޮޕިންގ ނުވަތަ އޮންލައިން ބޭންކިންގ އަށް ސްމާޓްފޯނެއް ބޭނުން ކުރާ ނަމަ، ނުބައި ނިޔަތެއްގައި ސައިޓްތައް ބަލާލުމަކީ ވަރަށް ރަނގަޅު ކަމެކެވެ. އެހެން ނޫން ނަމަ، ސައިބާ ކްރައިމިނަލުން ބޭނުންވާ ގޮތަށް ކަންތައް ކުރެވެމުން ދާނެއެވެ.

އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.