2022 ވަނަ އަހަރު އެޕަލްއިން އައިފޯނާއި މެކްއަށް ޕްލޭންތަކެއް

ޢާއިޝަތު ޝައިހާ 06 ޖެނުއަރީ 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

2021 ވަނަ އަހަރުގެ އެޕަލްއިން ތައާރަފުކުރި އުފެއްދުންތަކާއި މެދު ވާހަކަތައް ދައްކާ ނިންމާލުމަށްފަހު، މީޑިއާ ކޮމްޕެނީ ބްލޫމްބާގްގެ ނޫސްވެރިޔާ މާކް ގަރމަން ވަނީ، އެތެރެ އެތެރެއިން ލިބުނު މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، 2022 ވަނަ އަހަރަށް އަންދާޒާތަކެއް ކޮށްފައެވެ.

އައިފޯން 14

އެންމެ ފަހުން، އައިފޯން 14 އިން ނޮޗް ދުއްވާލާ، އެހެން ފޯނުތަކެކޭ އެއްފަދައިން އިން-ޑިސްޕްލޭ ހޯލް-ޕަންޗް ކޮށްފައިވާ ކުރީ ކެމެރާއެއް ލާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. (އެޕަލް ކުންފުނީގެ މަސައްކަތްކުރުން އެންމެނަށްވެސް އެނގޭއިރު، މިއީ ހަމައެކަނި ޕްރޯ މޮޑެލްތަކަށް ލިބޭ ފަރުމާއެކެވެ.)

އައިފޯން އެސްއީ

އައިފޯން އެސްއީ ގެ 3 ވަނަ ޖީލު، 5ޖީ އާއި އެކީގައި މި އަހަރުގެ ފުރަތަމަ ބައިގެ ތެރޭގައި ތައާރަފުވެގެން ދާނެއެވެ.

އެޕަލް ވޮޗް

2022 ވަނަ އަހަރަށް އެޕަލްއިން ވަނީ އެޕަލް ވޮޗްގެ މޮޑެލްތަކުގެ ތިން ސެޓެއް ނެރުމަށް ރާވާފައެވެ. އެއީ އެސްއީ ހެ އާ ލޯ-އެންޑް ވައްތަރަކާއި، ސީރީޒް 8 ގެ އިތުރުން، ކުޅިވަރުތައް ކުޅުމަށް ލޯބިކުރާ މީހުންނަށް ޚާއްސަ ވަރުގަދަ ފަރުމާއެއްގެ ގަޑިއެކެވެ.

މެކްބުކް ޕްރޯ

އަސްލު އެމް 1 ޗިޕްސެޓް ހިމެނޭ، ކުރީގެ ފަރުމާއަށް ބައްޓަންކުރެވިފައިވާ މިހާރުގެ މެކްބުކް ޕްރޯ އެޕަލްއިން އަޕްޑޭޓް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އައިޕެޑް ޕްރޯ

ވަޔަރލެސް ޗާޖިންގ ކުރެވޭ އާ އައިޕެޑް ޕްރޯ މިހާރު ވަނީ އައުމުގެ މަގުމަތީގައެވެ. ނަމަވެސް އެޕަލްއިން ކުރީގެ އެމް 1 ބޭނުންކުރާނީތޯ، ނުވަތަ އެމް 2 ގެ އަޕްޑޭޓް އާންމުކުރަންދެން މަޑުކުރާނީތޯ؛ މިއީ ޔަގީންކަމާއެކު ގަރމަންއަށް ބުނެދޭން ނޭނގޭ ކަމެކެވެ.

ޕްރޯ މެކް ޑެސްކްޓޮޕްތައް

އެންމެ ފުރަތަމަ 2021 ވަނަ އަހަރުގެ މެކްބުކް ޕްރޯތަކުން ތައާރަފުވި އެމް 1 ޕްރޯ އަދި އެމް 1 ޕްރޯ މެކްސްގެ މައްޗަށް ބިނާވެފައިވައި، އާ ޕްރޯ މެކް ޑެސްކްޓޮޕްތަކުގެ 'ބެވީ' އެއް އެޕަލްއިން ތައާރަފުކުރާނެއެވެ. މި މޮޑެލް ސެލެކްޝަންގައި 40 ސީޕީޔޫ ކޯ ތަކާއި 128 ގްރެފިކް ކޯ ތައް ހިމެނޭ މިހާރަށްވުރެ ކުޑަ މެކް ޕްރޯއަކާއި، އާ މެކް މިނީ އެއްގެ އިތުރުން އައިމެކް ޕްރޯއެއް ހިމެނޭނެކަމަށް އަޑުތައް ވަނީ ފެތުރިފައެވެ.

މެކް ޑިސްޕްލޭތައް

ގަރމަން ބުނިގޮތުގައި އޭނާ 'އުއްމީދުކުރަނީ' އެޕަލް އިން ދެން ނެރޭ 'އެކްސްޓާނަލް މޮނިޓަރ' މި ހިނގާ 2022 ވަނަ އަހަރުގެ ތެރޭގައި ނެރެވިގެން ދާނެ ކަމަށެވެ. އޭނާ ލަފާކުރާ ގޮތުގައި މީގެ އަގު ޕްރޯ ޑިސްޕްލޭ އެކްސްޑީއާރްގެ އަގުގެ ދެބައިކުޅަ އެއްބަޔާއި ގާތްކުރާނެއެވެ.

ވާޗުއަލް ރިއަލިޓީ ހެޑްސެޓް

ކުރިން 2020 ވަނަ އަހަރު ނެރުމަށް ހަމަޖެހިފައިވާ، އަދި އާ އޯއެސް ކަމަށްވާ އާރްއޯއެސް ހިނގާ އެޕަލްގެ ވާޗުއަލް ރިއަލިޓީ ހެޑްސެޓް މި އަހަރުގެ ތެރޭގައި އާންމުކުރެވިގެން ދާނެއެވެ.

އެންމެ ފަހު ކަމަށް ގަރމަން އުއްމީދުކުރަނީ އެޕަލްއިން އިންޓެލް ޗިޕްތަކުން ބަދަލުވެ ނިންމާފައިވާކަން، ޖުލައި މަހުގައި ޑަބްލިއުޑަބްލިއުޑީސީ 2022 ގައި އިއުލާންކުރާނެ ކަމަށެވެ.

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.