އެންމެ ފުރަތަމަ އައިފޯނަކީ އަސްލު ސްމާޓްފޯނެއް ނޫން

ޢާއިޝަތު ޝައިހާ 14 ޖެނުއަރީ 2022

15 އަހަރުގައި، އައިފޯނަކީ ފާހަގަކޮށްލެވޭ ގޮތުގައި ވަކި ހަމައެއް ހިފަހައްޓާފައިވާ، އަމިއްލަ ގާބިލިއްޔަތުގެ މައްޗަށް އިތުބާރު ހުރި 'ފުރާވަރަށް" އަރާފައިވާ ކާމިޔާބު އުފެއްދުމެކެވެ. 9 ޖަނަވަރީ 2007 ގައި، އެޕަލްގެ ކޯ ފައުންޑަރ އަދި ސީއީއޯ ސްޓީވް ޖޮބްސް، މެކްވޯލްޑުގައި ސްޓޭޖަށް ވެރިވެ އައިފޯން އާންމުކުރުމުގެ ކުރިންވެސް އެ އައިފޯން ގިނަ ފާޑުކިޔުންތަކާއި ކުރިމަތިލާން ޖެހުނެވެ.

އަސްލު އައިފޯނަކީ ކުރިން ވަރަށް ބޮޑު އަދި މުހިއްމު އެއްޗެކެވެ. އަދި އެހާމެ ބޮޑު ގޮންޖެހުންތަކެއް ހުރަސްކޮށްފައި ވެއެވެ. ބްލެކްބެރީ ނުވަތަ ޓީ-މޮބައިލްއާއި އެކު ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ސައިޑްކިކް ފިޔަވާ ފޯނު އުފައްދާ އިތުރު ބައެއް، އެފަދަ ބޮޑު ފިޔަވަޅެއް ކުރިއަށް އަޅާފައި ނުވެއެވެ.

3.5 އިންޗީގެ ބޮޑު ސްކްރީނެއް ވާ، އެއްވެސް ކަހަލަ ބަޓަނެއް ފިޒިކަލްކޮށް ފެންނަން ނެތް، އަދި ހޯމް ބަޓަނާއި، ޕަވަރ އަދި އަޑުގެ ބަޓަން އޭގެ ކަންތަކުގައިވާ، އެފަދަ ބޮޑު ހޭންޑްސެޓެއް ދެކެފައެއް ނުވެއެވެ. އޭގެ ސަބަބުން މުޅި ގަރުނުގައި ވެސް ދެގެނަންނަން އެންމެ އުނދަގޫ ފޯނަށް ވެގެން ދިޔުމުގެ ފުރުސަތު އޮތެވެ. އެ ފޯން އެހެން މީހެއްގެ އަތަށް ދީފި ނަމަ، އެ ފޯނަށް ބަލަހައްޓައިގެން ހުރެފައި ދެން އާދޭސްކުރަން ފައްޓާނީ "އަހަރެން ދެން މިއަށް ހަދަންވީ ކިހިނެތް؟" މި ފަދައިން ކިޔަމުންނެވެ.

އެންމެ ފުރަތަމަ އައިފޯނާއި ގުޅޭ، އަހަރެމެން އެކަންތައްތަކެއްގެ މަތިން ހަނދާން ނެތިފައިވާ ބައެއް ކަންތައްތައް ތިރީގައި މި ވަނީއެވެ:

ގެއްލިފައިވާ ތާރީޚް

މި ފޯނަކީ އެހާ ރަނގަޅު ފޯނެއް ނޫނެވެ. އެ ފޯނުން އެމެރިކާގައި ބޭނުންކުރެވެނީ އެންމެ ކެރިއަރެކެވެ. އެއީ އޭޓީއެންޑްޓީ އެވެ. ފޯނެއް ކުރަން ޖެހުނު ކަމުގައި ވިޔަސް ގާތްގަނޑަކަށް 6 ކަންތައްތަކެއް ކުރަން ޖެހެއެވެ.

އެ އައިފޯނަކީ އެންމެ ވާޗުއަލް ގޮތުގައި މިއުޒިކް ލައިބްރަރީ ބެލެހެއްޓޭނެ ގޮތް ހުރި، އައިޓޫނަށް އެންމެ ބަރާބަރު ބައިވެރިޔާއެވެ. ނަމަވެސް އޭގެ ސްޕީކަރު ސައިޒުން ކުޑަވެފައި ކޮލިޓީ ދަށެވެ.

އޭގެން ވީޑިޔޯތައް ބަލައިލެވުނު ކަމުގައި ވިޔަސް، ސްކްރީން ކުޑަވެފައި ރިޒޮލިއުޝަން ކުޑަވުމުގެ ސަބަބުން ފެންނަނީ ވަރަށް ހުތުރުކޮށެވެ.

އެޕަލްއިން އެންމެ ފުރަތަމަ އައިފޯން އުފެއްދީ، ސްޓޮކްސް، ޔޫޓިއުބް، މޫސުން ބަލައިލެވޭ އެޕް އަދި ވެބް ފަދަ ބިލްޓް-އިން ވިޖެޓްތަކާއި އެކުގައި ނަމަވެސް، ތާޑް-ޕާޓީ އެޕްތައް އެޅުމަށް ވަނީ ހުރަސްއަޅާފައެވެ. ބެލްކްބެރީއާއި ޕާމް ފޯނުތަކުން މިފަދަ އެޕްތައް އަޅައި ބޭނުންކުރެވުނު ނަމަވެސް، އައިފޯނުން އެހެން ކަންތައް ނުވެގެން ދިޔުން ވެގެން ދިޔައީ، އެ ފޯނު އެހާ 'ސްމާޓް' ފޯނަކަށް ވެގެން ނުދިޔުމެވެ. އެޕަލްއިން މި މައްސަލައަށް މޮޅު ގޮތަކަށް ހައްލު ގެނެސްފައި ވަނީ 2008 ވަނަ އަހަރުގެ ހޫނު މޫސުމުގައި އެޕް ސްޓޯރ ތައާރަފުކޮށްގެންނެވެ.

އައިފޯންގެ ރަސްމީ ތައާރަފަށް ފަހުގައި ވެސް އެޕަލްއަށް 'އައިފޯން' ބްރޭންށް ނަމުގެ މިލްކުވެރިކަން ލިބިފައި ނުވެއެވެ. ނެޓްވޯކިންގ ކުންފުންޏެއް ކަމަށްވާ ސިސްކޯ އިން، އެންމެންވެސް ހަނދާން ނެތިފައިވާ ކުންފުންޏެއް ކަމަށްވާ އިންފޯގިއަރ އާއި އެކު ވަނީ އެ ބްރޭން ނަން 2000 ވަނަ އަހަރު މިލްކުވެރި ކޮށްފައެވެ. އެޕަލްއިން ސިސްކޯއާއި އެކު އެތައް އަހަރުތަކެއް ވަންދެން އެއްބަސްވުމަކާއި ހަމައަށް އާދެވޭތޯ ކުރަމުން ދިޔަ މަސައްކަތުގެ ވާހަކަ، އައިފޯން ނެރުމުގެ ހަފްތާއެއްގެ ކުރިން އެނގިފައި ވަނީ ވަރަށް މަދު ބަޔަކަށެވެ. އޭގެ މަހެއް ފަހުން ދެ ކުންފުނިންވެސް އެއްބަސްވުމަކާއި ހަމައަށް ދިޔައެވެ.

ފުރަތަމަ ބައްދަލުވުން

2007 ވަނަ އަހަރުގެ ޖުލައި މަހުގައި، ޖޮބްސް ވަނީ މި އާ ޑިވައިސްއަށް ފާޑުކިޔުމަށް ހަތަރު ޓެކް ނޫސްވެރިން ޚިޔާރުކޮށްފައެވެ. އެއީ ނިޔު ޔޯކް ޓައިމްސްގެ ޑޭވިޑް ޕޯގްއާއި، ނިއުސްވީކްގެ ސްޓީވް ލެވީއާއި، ވޯލް ސްޓްރީޓް ޖާނަލްގެ ވޯލްޓަރ މޮސްބާރގްގެ އިތުރުން، ޔޫއެސްއޭ ޓުޑޭގެ އެޑް ބެއިގްއެވެ.

މީގެ އިތުރުން، މި ފުރަތަމަ ރިވިއު ޔުނިޓްތަކަށް އެޕަލްއިން ކަނޑައަޅާފައިވާ ގަވާއިދުތައް ހަރުކަށްޓެވެ. ނޫސްވެރިން އެ ފޯނު ހިފައިގެން އެއާއި މެދު ޚިޔާލުފާޅުކުރަމުން ދާ އިރު، އެ ފޯނު އެއްވެސް މީހެއްގެ އަތުގައި ނުޖެހި އެ ފޯނު އެއްވެސް މީހަކަށް ފެނިގެން ނުވާނެއެވެ.

އެއްވެސް ކަހަލަ އުފެއްދުމެއް އެ ޖީބުގައި ބާއްވައިގެން އޮވެ އެއަށް ފާޑުކިޔުމަކީ އުނދަގޫ ކަމެކެވެ. މި ސަބަބާހުރެ، އެޑް ބެއިގް އެ ފޯނު އިންޑަސްޓްރީ ހަފްލާއެއްގައި އޭނާގެ ޖީބުން ނެގުމުން އޭނާއަށް މާފު ލިބިގެން ވެއެވެ.

ބެއިގް މި ފޯނު ނެގި ތަން ފެނިފައި ލޭންސް ޔުލެނޮފް އޭނާ ކައިރިއަށް އައިސް އެ ފޯނު ބަލައިލެވޭނެތޯ އޭނާ ކުރެން އެހިއެވެ. އޭނާ އެކަމަށް އާނ ބަސް ބުނި ކަމުގައި ވިޔަސް އޭނާގެ ނަޒަރު ހުއްޓިފައި ވަނީ، އެ ފޯނުގެ އޮމާން ޕްލާސްޓިކް، ބިއްލޫރި އަދި ދަގަނޑުގައި ފިރުމަމުން ދިޔަ ޔުނެލޮފްގެ އިނގިލިތަކަށެވެ.

ޔުނެލޮފް ހޯމް ބަޓަންއަށް ފިއްތާލީ އެއީ ކުރުން އެންމެ ފުރަތަމަ ކަން ކަމުގައި ދެކިގެންނެވެ. ދެން އެއަށްފަހު އޭނާ އޭގެ އައިކަން ތަކަށް ފިއްތަން ފެށިއެވެ. އޭގެ މޫސުން ބަލާ އެޕަށާއި، ސަފާރީއާއި މެޕްސްގެ އިތުރުން ފޮޓޯސްތަކަށް އޭނާ ފިއްތާފައި ވެއެވެ. އޭނާ އެ ވިޖެޓްތައް ބަލަމުން ދިޔަ ވަގުތުކޮޅުގައި އެޑް އެއްވެސް އެއްޗެއް ބުނެފައި ނުވެއެވެ.

ކުޑަ ވަގުތުކޮޅަކަށްފަހު ޔުނެލޮފް އެ ފޯނު ވަރަށް ފަރުވާތެރިކަމާއި އެކު އެޑްއާއި ހަވާލުކުރިއެވެ. ދެން އެޑް އެ ފޯނު މަޑުމަޑުން އޭނާގެ ޖީބަށް އަނބުރާ ލިއެވެ.

މި ކަމަކީ އެޑްއަށް ވަރަށް ނުރައްކާތެރި ކަމެއް ނަމަވެސް، މިއީ ޔުނެލޮފްއަށް އޭނާގެ ދުނިޔެ ބަދަލުވެގެން ދިޔަ ކަހަލަ ކަމެކެވެ.

އޭގެ ސަބަބުން ހުރިހާ ކަމެއް ބަދަލުވެގެން ދިޔަ

މި އައިފޯނުގައި ނެތް ހުރިހާ ކަމަކަށް ބަލައިލުމުން އެނގިގެން ދިޔައީ މިއީ ޕެރެޑައިމް ޝިފްޓެއް ކަމެވެ. މި ޑިވައިސް ގައި އަތްލާފައިވާ ކޮންމެ މީހަކަށް ވެސް ހަމަ އެފަދަ އިހްސާސެއް ކުރަން މަޖުބޫރުވީ، އެއީ ފިޒިކަލް ގޮތުން އިންޓިއުޝަނަކަށް ވާތީ އެވެ.

މިފަދަ ފޯނެއް ދުވަހަކުވެސް އުފައްދާފައި ނުވާއިރު، އޭގެ ފަހުން އައި ކޮންމެ ކަމެއްގައިވެސް އޭގެ ނުފޫޒު އެކުލެވިގެން ދިޔައެވެ.

އެތައް ޑިވައިސް ފަރުމާތަކާއި ގިނަގުނަ މަންސަތައް އެކުލެވޭ އިންޑަސްޓްރީއެއްގައި، ހިނދުކޮޅަކަށް ނަމަވެސް، ފޯނު ފަރުމާތަކުގެ ދުނިޔެ، އައިފޯނު ވަށައި އޭގެ މަގާމުގައި ހުރެ އެނބުރެމުން ދިޔައެވެ.

15 އަހަރު ފަހުން އައިފޯން ޕްރިމިއަރ ބްރޭންޑެއްގެ ގޮތުގައި އޭގެ ވާދަވެރި ކުންފުނި ތަކުގެ މެދުގައި ވަނީ މަޝްހޫރުވެފައެވެ. އެހެންނަމަވެސް މިއީ ހަމައެކަނި އިނޮވޭޝަން ކާވްގެ މިލްކުވެރިކަން ލިބިގެންވާ ބްރޭންޑެއް އެކަންޏެއް ނޫނެވެ. އެޕަލް އިން ވަނީ ފޯނު އަލުން އުފެއްދުމުގެ އިތުރުން، ބަޓަންތައް ނުލާ ބޮޑެތި ސްކްރީންތައް އުފައްދަމުން އައި އޭގެ ވާދަވެރިންނަށް މަގެއް ފަހިކޮށްދީފައެވެ.

މި ގުރަހައިގައިވާ ކޮންމެ ފޯނެއްވެސް އެ ފުރަތަމަ އައިފޯނަށް ދަރަނިވެރިވި ނަމަވެސް، ސިންގަލް ޑިޒައިން އިނޮވޭޝަނަކަށް ސްމާޓްފޯނު އިނޮވޭޝަން އަމާޒުކުރުމުގެ ސަބަބުން، ޓެކް ދާއިރާ ވެފައި މިވަނީ، 2007 ވަނަ އަހަރާއި އަޅާ ބަލާއިރު އެހާ ޝައުގުވެރި ދާއިރާއަކަށް ނުވެފައެވެ.

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.