69% ވިޔަފާރިތަކުގައި ކުއަންޓަމް ކޮމްޕިއުޓިންގް ބޭނުންކުރޭ

ޒަޕާޓާ ކޮމްޕިއުޓިންގްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ދުނިޔޭގެ ވިޔަފާރިތަކުގެ 69% ކުއަންޓަމް ކޮމްޕިއުޓިންގް ބޭނުންކުރެއެވެ. ޒަޕާޓާ ކޮމްޕިއުޓިންގްގެ މިސާވޭގައި ބައިވެރިވި ކުންފުނިތަކުގެ ވެރިންނާއި މަސްޢޫލުވެރިންގެ 74% އެއްބަސްވާގޮތުގައި ކުއަންޓަމް ކޮމްޕިއުޓިންގް ވައިގައި ހިފަމުންދާ މިދުވަސްވަރު، އެސިސްޓަމް ބޭނުންނުކުރާނަމަ ކުންފުނިތަކަށް ގެއްލުންތަކާއި ކުރިމަތިލާންޖެހޭނެއެވެ.

މިދިރާސާއިން އިތުރަށް ހާމަވާގޮތުގައި ކުންފުނިތަކުގެ ތެރެއިން 29% ކުއަންޓަމް ކޮމްޕިއުޓިންގް ޓެކްނޮލޮޖީ ބޭނުންކުރާތާ ދުވަސްގަނޑެއްވެއްޖެއެވެ. ވާހަކައަކީ އެކުންފުނިތަކުން މިޓެކްނޮލޮޖީ ބޭނުންކުރަންފެށީކީ ފަހަކުންނޫނެވެ. ބާކީއޮތް 40% އަކީ އަލަށް މިޓެކްނޮލޮޖީ ބަލައިގަނެ، ކުރިއަށް އޮތް ކައިރި މުސްތަޤްބަލުގައި އެއަށް ބަދަލުވާން ނިންމާފައިވާ ކުންފުނިތަކެވެ.

ކުއަންޓަމް ކޮމްޕިއުޓިންގް އެންމެ ގިނައިން ބޭނުންކުރަނީ ޓްރާންސްޕޯޓް ދާއިރާގެ ކުންފުނިތަކެވެ. މިގޮތުން މިސިނާޢަތުގެ 63% ކުންފުނިތަކުގައި މިޓެކްނޮލޮޖީ ބޭނުންކުރާކަމަށް މިދިރާސާއިން ދައްކައެވެ. ލަފާކުރެވޭގޮތުގައި ކުއަންޓަމް ކޮމްޕިއުޓިންގް ބޭނުންކުރުން އާއްމުވެފައި މިވަނީ ކޮރޯނާވައިރަހުގެ އާލަމީ ވަބާއާއިއެކު ދުނިޔެއަށް ފެތުރިގެން އައި ސަޕްލައި ޝޯޓޭޖްއާއި މެދު ކުންފުނިތަކުން އެޅިފިޔަފަވަޅެއްގެ ގޮތުގައެވެ. މިގޮތުން ކުއަންޓަމް ކޮމްޕިއުޓިންގް ބޭނުންކޮށްގެން ޝިޕިންގް އަދި ލޮޖިސްޓިކްސްގެ ކޮމްޕްްލެކްސް އޮޕްޓިމައިޒޭޝަން މައްސަލަތައް ހައްލުކުރެވޭނެއެވެ.

މިހާރު ކުއަންޓަމް ކޮމްޕިއުޓިންގް ބޭނުންކުރާ ކުންފުނިތަކުގެ ތެރެއިން 12% އަށް މިއަހަރުތެރޭ އެއިގެން ފައިދާލިބި ކޮމްޕެޓިޓަރުންގެ މައްޗަށް ކުރި ހޯދޭނެކަމަށް މިސާވޭއިން ހާމަކުރެއެވެ. އަދި އަނެއް 41% އަށް ކުރިއަށް އޮތް 2 އަހަރުތެރޭ މާއްދީ ފައިދާ ފެނިގެންދާނޭކަމަށް ޤަބޫލުކުރެވެއެވެ.

ކުއަންޓަމް ކޮމްޕިއުޓިންގް ބޭނުންކުރުމުގައި، ވަކިން ޚާއްޞަކޮށް މިހާރު ބޭނުންކުރަމުން ގެންދާ އައިޓީ ސާމާނާއެކު ކުއަންޓަމް ކޮމްޕިއުޓަރު ސިސްޓަމްތައް ގުޅުވުމުގައި ދަތިތަކެއް ދިމާވާކަމަށް ގިނަ ކުންފުނިތަކުން ފާހަގަކުރެއެވެ. މިމައްސަލާގެ ހައްލަކަށް ޒަޕާޓާގެ މިދިރާސާގައި ބައިވެރިވި ކުންފުނިތަކުގެ ތެރެއިން 96% ކުއަންޓަމް ވެންޑަރުން ނުވަތަ އެކަމުގެ ސްޕެޝަލިސްޓުންގެ އެހީ ހޯދައެވެ. އެހެންނަމަވެސް 73% ޤަބޫލުކުރާގޮތުގައި އާ ކޮމްޕިއުޓަރު ސިސްޓަމްތަކެއް ގަތުމުގެ ބަދަލުގައި މިހާރުވެސް ގެންގުޅޭ ސިސްޓަމްތަކުގައި ކުއަންޓަމް ކޮމްޕިއުޓަރ ސިސްޓަމްއެއް ޤާއިމް ކުރެވޭނަމަ މާފަސޭހަވާނެެވެ.

ޙުސައިން ދީމް މުޙައްމަދު

ޙުސައިން ދީމް މުޙައްމަދު

ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.