ވެއަރަބަލް ކޮވިޑް ޓްރެކަރ އިން ވައިރަސް ދެނެގަނެވޭނެ

ޢާއިޝަތު ޝައިހާ 27 ޖެނުއަރީ 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ކޮވިޑް-19 ގެ ނުރައްކާ ކުރިމަތިވެދާނެ ކަމަށް ސަމާލުވެ، ސަމާލުވާން އެހީތެރިވެދޭނެ ވެއާބަލް ޑިވައިސްއެއް ވަރަށް އަވަހަށް ލިބިދާނެ އެވެ.

މިއަދު އަހަރެމެންނަށް ކޮވިޑްްއަށް ހުށައެޅިފައިވާކަން އެނގެނީ ކައިރިން ދިމާވެފައިވާ މީހެއް ފައްސިވުމުން ނުވަތަ އަމިއްލަ މީހާގެ ކިބައިން އަލާމާތްތައް ފާޅުވާން ފެށުމުންނެވެ. ނުވަތަ ގޭގައި އޮވެގެން އަމިއްލައަށް ޓެސްޓު ކުރުމުން ނުވަތަ ލެބް ޓެސްޓަކުން ކޮވިޑްއަށް ފައްސިވެފައިވާ ކަން ނަތީޖާ ލިބުމުންނެވެ. ހަމަ މިއާއެކު، ވަރަށް ގިނަ ސްޓޭޓުތަކުގައި އެކްސްޕޯޝަރ އަކަށް ވެދާނެ ކަންތައްތައް ސްމާޓްފޯނު އެޕްގެ އެހީގައި މީހުންގެ ސަމާލުކަމަށް ގެނައި ނަމަވެސް، މީހުން އެކަން ޚިޔާރުކުރަން ޖެހޭނެއެވެ.

ހުރިހާ އެންމެނަށް މި ޑިވައިސް ލިބެން ނެތް ކަމުގައި ވިޔަސް، ޔޭލް ޔުނިވަރސިޓީގެ ދިރާސާކުރާ ފަރާތްތަކުން ފަސޭހައިން ހަރުކޮށްލެވޭ، ވައިގެ ތެރޭގައި އުޅޭ ކޮވިޑް ޖައްސާ ވައިރަސް ކަމަށްވާ ސާރސް-ކޮވް-2 ގެ މަދު މިންވަރުތައް ވެސް ދެނެގަނެވޭ ފަދަ ޑިވައިސްއެއް އުފައްދާފައިވާ ކަމަށް، 11 ޖަނަވަރީގައި، ޕިއަރ ރިވިއު ކޮށްފައިވާ އޮންލައިން ޖާނަލްއެއް ކަމަށްވާ އެންވާރަމެންޓަލް ސައިންސް އެންޑް ޓެކްނޮލޮޖީ ލެޓާޒްގައި ޝާޢިއުކޮށްފައިވާ ދިރާސާއެއްގައި ބުނެފައި ވެއެވެ.

އަދާއި ހަމައަށް، ބަލި ޖެހިފައިވާ މީހެއްގެ ކެއްސުމާއި، ކިނބިހިތަކުގެ އިތުރުން ވާހަކަދެއްކުމުންނާއި ނޭވާލުމުން ބޭރުވާ ވައިރަސް ތިކިތައް ދެނެގަތުމަށްޓަކައި، ބޭނުންކޮށްފައި ވަނީސައިޒުން ބޮޑު އަދި އަގުވެސް އެހާމެ ބޮޑު ވައިގެ ސާމްޕަލްތައް ނަގާ ޑިވައިސްތަކެވެ.

ވައިގެ ސާމްޕަލް ނެގުން އެންމެނަށްވެސް ލިބޭނެ ގޮތް ހެދުމަށްޓަކައި ކުރެވުނު މަސައްކަތުގައި، ޔޭލްސް ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް އެޕްލައިޑް ސައިންސް، އަދި ސްކޫލް އޮފް ޕަބްލިކް ހެލްތް ގެ މާހިރުން ވަނީ، 3 ޑީ ޕްރިންޓިންގ ބޭނުންކޮށްގެން ވައިގެ ސާމްޕަލް ނަގާ ޑިވައިސެއް ކަމަށްވާ ފްރެޝް އެއަރ ކްލިޕް އުފައްދާފައެވެ. މި ޑިވައިސްއަކީ އޭގެ ޑަޔަމީޓާގައި 1 އިންޗި ހުންނަ ޑިވައިސްއެކެވެ. މި ބެޖްގެ ބައްޓަމައަށް ހުންނަ ޑިވައިސްގެ އެތެރޭގައިވާ ފިލްމަކުން ވައިގެ ސާމްޕަލް ނަގައެވެ. މިއަށް އެއްވެސް ކަރަންޓެއް ބޭނުމެއް ނުވެއެވެ.

"ފްރެޝް އެއަރ ކްލިޕަކީ، ވައިގައި ސާރސް-ކޮވް-2 ހުރި މިންވަރު ވަޒަންކުރުމަށް ބޭނުންކުރެވިދާނެ ވެއަރަބަލް ޑިވައިސްއެއް. މި ކްލިޕް ބޭނުންކޮށްގެން ސާރސް-ކޮވް-2 އިން މީހަކު އިންފެކްޓް ވާނެ މިންވަރަށްވުރެ ދަށް މިންވަރަކަށް ވައިރަސް ހުރި ނަމަވެސް އެނގޭނެ،" ދިރާސާއާއި ގުޅޭގޮތުން ނެރުނު ޕްރެސް ރިލީޒެއްގައި، ޔޭލް ސްކޫލް އޮފް ޕަބްލިކް ހެލްތްގެ އެޕިޑެމޮލޮޖީގެ އެސިސްޓެންޓް ޕްރޮފެސަރ، ޔޭލްގެ ކެމިކަލް އަދި ތިމާވެއްޓާއި ބެހޭ އިންޖިނިއަރިންގ ޕްރޮފެސަރ، މި ސްޓަޑީ އެކުލަވާލައި އަދި ޗިޕް އުފެއްދި ފަރާތް ކަމަށްޗާ ކްރިސްޓަލް ގޮޑްރި ޕޮލްލިޓް ބުނެފައި ވެއެވެ.

"ފްރެޝް އެއަރ ކްލިޕް ބޭނުންކުރުމުގެ މައިގަނޑު މަގްސަދަކީ އެކްސްޕޯޝަރ އިވެންޓުތައް ކުރިން ދެނެގަނެ، ޓެސްޓުކޮށް ކަރަންޓީނުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅައި، ވައިރަސް ފެތުރުމަށް ހުރަސްއެޅުން." އޭނާ ބުނެފައި ވެއެވެ.

ދިރާސާކުރާ ފަރާތްތަކުން، 2021 ވަނަ އަހަރުގެ ޖަނަވަރީ މަހާއި މޭ މަހާއި ދޭތެރޭގެ މުއްދަތުގައި، 62 މީހެއްގައި މި ކްލިޕް ހަރުކޮށް ޓެސްޓުކޮށްފައި ވެއެވެ. ބައެއް މީހުން ރެސްޓޯރެންޓުތަކާއި، ހިޔާތަކާއި ސިއްޚީ ފަރުވާ ދޭ ތަންތަނުގައި މަސައްކަތް ކުރަމުން ކްލިޕް ބޭނުންކޮށްފައި ވީއިރު، އަނެއްބައި މީހުން މި ކްލިޕް ބޭނުންކޮށްފައި ވަނީ، ފިހާރައަށް ގޮސް ތަކެތި ގަތުމުގައާއި ކަސްރަތުކުރުން ފަދަ އާންމުކޮށް ކުރާ ކަންތައްތައް ކުރުމުގައެވެ.

ބައިވެރިންނަށް އަންގާފައި ވަނީ މަސައްކަތަށް ދިޔުމުގައި ޖެހިޖެހިގެން 5 ދުވަހު ބޭނުންކުރުމަށެވެ. އެއަށްފަހު، ކްލިޕްގެ އެތެރޭގައިވާ ފިލްމު ނެގުމަސްފަހު ވައިރަސް ހުރިތޯ ބެލުމަށް ވަނީ ޓެސްޓުކޮށްފައެވެ.

ދިރާސާކުރި ފަރާތްތަކަށް 5 ކްލިޕްގައި ކޮވިޑް ހުރި ކަމުގެ ހެކި ވަނީ ފެނިފައެވެ. އެއީ ރެސްޓޯރެންޓުތަކުގައި މަސައްކަތްކުރި 4 މީހުންގެ ކްލިޕްއަކުންނާއި ގެދޮރު ނެތް ފަރާތްތަކަށް ޚާއްސަކޮށްފައިވާ ހިޔާއެއްގައި މަސައްކަތްކުރި މީހެއްގެ ކްލިޕަކުންނެވެ. އަދި ކްލިޕުން ދެނެގަނެވިފައިވާ މިންވަރަކީ މީހަކު އިންފެކްޓް ވުމަށް ބޭނުންވާ މިންވަރަށްވުރެ ދަށް މިންވަރެކެވެ.

"ކްލިޕްގެ ބޭނުމަކީ ވައިރަސް ފެތުރުމަށް ހުރަސްއަޅައި، އިތުރަށް ފިޔަވަޅު އަޅަންޖެހޭ ތަންތަން ދެނެގަތުމަށް އެހީވުން." ޔޫއެސްއޭ ޓުޑޭ އާއި ވާހަކަ ދައްކަމުން ގޮޑްރި ޕޮލްލެޓް ބުނެފައި ވެއެވެ.

ފްރެޝް އެއަރ ކްލިޕް ބޭނުންކޮށްގެން ދިރާސާކުރާ ފަރާތްތަކުން ދަނީ، ކަނެކްޓިކަޓް ގައި ހުރި ސިއްޚީ ޚިދުމަތް ދޭ ތަންތަނުގައި އިތުރު ތަހުލީލުތައް ކުރަމުންނެވެ. އަދި އެމީހުން އުއްމީދު ކުރަނީ މުސްތަޤުބަލުގައި އާންމުންނަށް މީގެ ބޭނުން ކުރުމުގެ ފުުރުސަތު ލިބިގެން ދިޔުމެވެ.

ޔޭލްގެ ދިރާސާކުރާ ފަރާތްތަކުން، ދިރާސާގައި ބައިވެރިވި މީހުންނަށް މި ކްލިޕް ޖަހަން 5 ދުވަސް ދިން ނަމަވެސް، އެ ރެސްޓޯރެންޓެއް، ނުވަތަ ހަސްފަތާލެއް، ނުވަތަ ހިޔާއެއް ނުވަތަ އެހެނިހެން ވިޔަފާރިއެއް ބޭނުންނަމަ، އެއް ފަހަރަށްވުރެ ގިނަ ފަހަރަށްވެސް ބަލާލެވިދާނެ ކަމަށް ގޮޑްރި ޕޮލްލެޓް ބުނެގައި ވެއެވެ. އަދި ޓެސްޓް ކުރުން އެ ތަނެއްގައި ހުރެގެންވެސް ކުރިއަށް ގެންދެވެއެވެ.

"ފްރެޝް އެއަރ ކްލިޕް ގެ ބޭނުންތައް އިތުރަށް ފުޅާކުރަން މިތިބީ ވަރަށް ޝައުޤުވެރިވެފަ. އަދި އަޅުގަނޑުމެން މި ދަނީ އޭގެ އެންމެ ފުރިހަމަ ބޭނުން މަސައްކަތުގެ މާޙައުލުގައާއި، ސްކޫލްތަކުގެ އިތުރުން މުޖްތަމަޢުގައި އުޅޭ މީހުންގެ ތެރޭގައި ކުރެވެނީ ކިހާވަރަކަށްތޯ ވަޒަންކުރަމުން،" އޭނާ ބުނެފައި ވެއެވެ. "މިހާރު ފްރެޝް އެއަރ ކްލިޕް ބޭނުންކުރަނީ އޭގެ ނުރައްކާ ބޮޑު ސަރަހައްދުތަކުގައި، ވައިގެ ތެރޭގައި އުޅޭ ވައިރަލް ޕާޓިކަލްތައް ދެނެގަނެ، ސާރސް-ކޮވް-2 ގެ އިތުރުން، އިންފްލޫއެންޒާ އަދި ރައިނޯވައިރަސް ފަދަ ނޭވާލާ ނިޒާމަށް ބަލި ޖައްސާ އެކިއެކި ވައިރަސް ފެތުރުމުގެ ހިރާސް ދެނެގަތުން."

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.