ވޯޑަލް. މިވަގުތު އިންޓަނެޓުގައި އެންމެ މަޝްހޫރު ގޭމް!

އާހިލް އާސިމް އަބްދުالله 06 ފެބްރުއަރީ 2022

ސޯޝަލްމީޑީއާގެ ފީޑްތަކުގައި ދައުރުވަމުންދާ ފެހި އަދި ރީނދޫ ޓައިލްތަކަކީ ކޯންްްޗެއްކަމާމެދު ސުވާލުކުރެވޭހެެއްޔެވެ؟ އެއީ މިވަގުތު އިންޓަނެޓްގައި މީހުންގެ ހިތްތައް އަތުލާފައިވާ ނޯފްރިލް ވޯރޑް ގޭމްއެކެވެ.

މި ގޭމްއަކީ އެމެރިކާގެ ސޮފްޓްވެއާ އިންޖިނިއަރު ޖޯޝް ވާރޑަލް ، ވޯރޑް ގޭމްތަކަށް ޝައުގުވެރިވާ އޭނާގެ ލޯބިވެރިއާ އަށް ޚާއްސަކޮށް އުފެއްދި ގޭމްއެކެވެ. އާއިލީ ގްރޫޕް ޗެޓް އެއްގައި މަގުބޫލުކަން ހޯދި މިގޭމް މިހާރު މިވަނީ މޫޅި އިންޓަނެޓްގެ މަޤްބޫލުކަން ލިބިފައެވެ.

ޖޯޝް ބުުނިގޮތުގައި މިގޭމް އަކީ މީހާގެ ދުވަހުން 3 މިނުޓްއަށްވުރެ ގިނަވަގުތު ހޭދަ ނުވާގޮތަށް ފަރުމާކޮށްފައިވާ ގޭމްއެކެވެ.

ނަސީބާއި ލޮޖިކް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ މިގޭމް މީސް މީޑިއާގެ އެކި މަންސަތަކުގައި ވައިގަހިފާލާފައެވެ. މިގޭމް މިހާރު ގްރޫޕްޗެޓްތަކަަށް ފަސޭހައިން ބަސް ނޭނގޭނެހެން ކޮޕީކޮަށް ޕޭސްޓް ކުރެވޭނެގޮތްވަނީ ހަދާފައެވެ. މިގޭމް ކުޅޭވަރަށް ގިނަ ފަރާތްތަކުނަ ވަނީ އެމީހުންގެ ސްކޯރ ޓްވިޓާއަށް އަޕްލޯޑްވެސްކޮށްފައެެވެ.

އެއްވެސް އެޑްއަކާ، ކޭޝްގްރެބް އަކާނުލާ ތައްޔާރުކޮށްފައިވާ މިގޭމްގެ ވެބްސައިޓް އިން ކޮންމެ 24 ގަޑއިރަކުން ޕަޒަލްއެއް ނެރެއެވެ. ނަތީޖާއެއްގެ ގޮތުން ގަވާއިދުން މިގޭމްކުޅޭ މީހުންގެ ދުވަހުގެ ބަޔަކަށް މިގޭމް ވަނީވެފައެވެ.

ފާއިތުވި މަސްދުވަސްތެރޭގައި މި ގޭމް އަށް ލިބުނު މަޤްބޫލް ކަމާއި އެކު އެމެރިކާގެ ދުވަހުނޫހެއްކަމުގައިވާ ނިއުޔޯކް ޓައިމްސް އިން ވަނީ މި ގޭމް ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ގަނެ އެ ނޫހުގެ ވެބްސައިޓް ގައި ހިމެނޭ 10،000 އެއްހާ ވޯރޑް ގޭމް ތަކުގެތެރޭގައި ހިމަނާފައެވެ. މި މުއާމަލާތުގެ އަގުތައް ސިއްރު ކުރެވިފައި ވީނަމަވެސް ކުރިޔެކޭ އެއްގޮތަށް މިގޭމް ހިލޭ ކުޅެވޭނެ ކަމަށާއި ގޭމް ކުޅޭ ފަރާތްތަކުގެ މައުލޫމާތު ރައްކާތެރިކުރެވިފައިވާނެ ކަމަށް ގޭމް އުފެއްދި ފަރާތުން ހާމަ ކޮށްފައި ވެއެވެ.


އާހިލް އާސިމް އަބްދުالله

އާހިލް އާސިމް އަބްދުالله

އަޅުގަނޑުގެ ނަމަކީ އާހިލް އެވެ. ޓެކްނޮލޮޖީގެ އައު ވާހަކަތަކަށް ކެތްމަދުވެފައި ހުންނަ ޒުވާނެކެވެ!

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.