ފީޗާއެއް ޕީއެސް5 އަށް އިތުރު ކުރުމަށްފަހު ނަގައިފި!

އާހިލް އާސިމް އަބްދުالله 07 ފެބްރުއަރީ 2022

ޕީއެސް 5 ކުޅޭ ގިން މީހުން ދިގު އިންތިޒާރެއް ކުރަމުންއައި ފީޗާއެއް ޕީއެސް 5 އަށް އިތުރުކުރުމަށްފަހު އެފީޗާ އަނބުރައި ނަގައިފިއެވެ. މިކަމާ ގުޅޭގޮތުން ސޮނީގެ ބަހެއް އަދި ލިބިފައި ނުވާއިރު، ބޮޑަށް ލަފާކުރެވެނީ ، ރަސްމީކޮށް ތަޢާރަފްނުކުރެވެނީސް ފީޗާ ލެވުމުން ސޮނީއިން އަނބުރާ ނެގިކަމަށެވެ.

ޕީއެސް 5 އިން ނަގާ ސްކްރީންޝޮޓް އާއި ވިޑިއޯ ކްލިޕްތަށް ޕީއެސް އެޕްއިން ޑައުންލޯޑް ކުރެވޭނެގޮތް ހެދުމަށްފަހު ސޮނީވަނީ އިރުކޮޅެއެއް ތެރޭ އެ ފީޗާ އަނބުރާ ގެންގޮސްފައެވެ.

ވެފާއިމިވަނީ ކީއްކަން ކަށަވަރު ނުވާއިރު ބޮޑަށް ލަފާކުރެވެނީ ދެން އަންނަންއޮތް ޕީއެސް5ގެ ބޮޑު އަޕްޑޭޓް ގައި ރަސްމީކޮށް މިފީޗާ ތަޢާރަފްކުރާނެކަމަށެވެ. އޭރުން ކޮންމެ މީހަކަށް ވެސް މިޕީޗާ ބޭނުންކޮށްގެން ޕިއެސް 5 ގެ ސްކްރީންޝޮޓްތަކާއި ވިޑިއޯ ކްލިޕްތައް ޕީއެސް އެޕްއިން ޑައުންލޯޑް ކުރެވޭނެއެވެ.

އާހިލް އާސިމް އަބްދުالله

އާހިލް އާސިމް އަބްދުالله

އަޅުގަނޑުގެ ނަމަކީ އާހިލް އެވެ. ޓެކްނޮލޮޖީގެ އައު ވާހަކަތަކަށް ކެތްމަދުވެފައި ހުންނަ ޒުވާނެކެވެ!

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.