އެޕަލްއިން އަންލިސްޓެޑް އެޕްތަކަށް އެޕް ސްޓޯގައި ހުއްދަ ދޭ

ޢާއިޝަތު ޝައިހާ 08 ފެބްރުއަރީ 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އެޕަލް އިން ވަނީ އެޕް އުފައްދާ ފަރާތްތަކަށް ޚާއްސަ ސިފައެއް އިތުރުކޮށްފައެވެ. މި ސިފައަކީ އިންޓަނެޓް ޓޫލްތަކާއި، ބައެއް ކަހަލަ ބޭނުންކުރާ ފަރާތްތަކަށް ޚާއްސަ، ނަމަވެސް މުޅި ދުނިޔޭގެ އެހެން ފަރާތްތަކަށް ޚާއްސަވެގެން ނުވާ އެޕްލިކޭޝަންތަކަށް ބޭނުންތެރި ސިފައެކެވެ.

އެޕްއެއް އަންލިސްޓު ކުރުމަކީ 'އެޕް ސްޓޯގެ އެއްވެސް ކެޓަގަރީއެއް، ރިކޮމެންޑޭޝަނެއް، ޗާޓެއް، ހޯދުމުގެ ނަތީޖާއެއް ނުވަތަ އެހެން އެއްވެސް ލިސްޓިންގ' އެއްގައި އެ އެޕްއެއް ފެންނަ ގޮތް ނުހެދުން ކަމަށް އެޕަލްއާއި ޙަވާލާދީ ބުނެފައި ވެއެވެ. އެހެންކަމުން އެ އެޕްއަކާއި ހަމައަށް ވާޞިލުވެވެން އޮތް ހަމައެކަނި ގޮތަކީ އެއަށް ޚާއްސަ ލިންކެއް މެދުވެރިކޮށް، ނުވަތަ އެޕަލް ބިޒްނަސް މެނޭޖަރ ނުވަތަ އެޕަލް ސްކޫލް މެނޭޖަރ މެދުވެރިކޮށެވެ.

އެޕް އުފައްދާ ފަރާތްތަކުން އެ އެޕްއަށް ވާޞިލްވެވޭނެ ލިންކަށް އެދި ހުށައަޅަން ޖެހޭނެއެވެ. މި ސިފައާއި ގުޅޭ ހުރިހާ ސަބަބުތަކުގެ ލިޔެކިޔުންތަކާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން އެޕަލް އިން ބުނެފައި ވެއެވެ.

"ތިމާގެ އެޕް މުރާޖަޢާކުރުމަށް ހުށައަޅާފައި ނުވާނަމަ، ނުވަތަ އެޕް ސްޓޯގައި އާންމުންނަށް ޑައުންލޯޑުކުރުމަށް ހުއްދަ ލިބިފައި ވާނަމަ، ހަމައެކަނި ކޮށްލަން ޖެހޭނެ ކަމަކީ ރިކުއެސްޓް ފޯމެއް ފުރިހަމަކުރުން. ތިމާގެ އެޕްއަށް އެޕަލް ބިޒްނަސް މެނޭޖަރ ނުވަތަ އެޕަލް ސްކޫލް މެނޭޖަރ ގައި ޕްރައިވެޓް ކޮށް ޑައުންލޯޑުކުރުމަށް ހުއްދަ ލިބިފައި ވާނަމަ، ރިކުއެސްޓް ފޯމު ފުރިހަމަ ކުރުމުގެ ކުރިން އެޕަލް ސްޓޯ ކަނެކްޓުގައި އާ އެޕް ރިކޯޑެއް އުފައްދާ، ބައިނަރީ އަޕްލޯޑުކޮށް، އަދި އާންމުންނަށް ޑިސްޓްރިބިއުޝަންގެ ގޮތް ހަމަޖައްސަން ޖެހޭނެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ މި ޕްރޮސެސް ޓެސްޓް ފްލައިޓްގެ ބަދަލުގައި މަސައްކަތް ނުކުރާނެ. އެއީ އެޕަލްއިން 'ބީޓާ ނުވަތަ ނެރުމުގެ ކުރީގައިވާ މަރުޙަލާ' ގައި ވާ އެޕްތަކުގެ ރިކުއެސްޓުތައް ބާޠިލްކުރާނެ."

މި މައުލޫމާތުތަކުގެ އިތުރަށް، ކުންފުނިން ބާޠިލްކުރާ ނުވަތަ ނުކުރާ ރިކުއެސްޓުތަކާއި އެޕްތަކުގެ މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. ފާހަގަކޮށްފައިވާ ގޮތުގައި މި އަންލިސްޓިންގ އަދި ލިންކު ކުރުމުގެ މަރުޙަލާތައް ޚާއްސަވެފައި ވަނީ ވަކި ޖަމްޢިއްޔާތަކަށާއި، ޚާއްސަ ޙަރަކާތްތަކުގެ އިތުރުން ދިރާސާތަކަށެވެ. ނަމަވެސް ބީޓާ ނުވަތަ ނެރުމުގެ ކުރީގެ މިސާލު ނޫން އެހެން މަޤްޞަދުތަކުގައި ބޭނުންކުރާ އެޕްތަކުގެ ރިކުއެސްޓުތައް ބާޠިލުކުރާނެ ވާހަކަ އެޕަލްއިން ބަޔާންކޮށްފައި ނުވެއެވެ.

މިކަމާއި ގުޅޭ އެންމެ ފުރިހަމަ މަޢުލޫމާތު ލިބެން އޮތީ ރިކުއެސްޓު ފޯމުގެ މަތީގައިވާ މި ޕެރެގްރާފުންނެވެ:

"އަންލިސްޓެޑް އެޕް ސްޓޯ ޑިސްޓްރިބިއުޝަންގައި ތިމާގެ އެޕް ހިމެނޭނީ ވަކި ބަޔަކަށް އެޕް ޚާއްސަވަގެން ވާނަމައެވެ. މިސާލުތަކުގެ ތެރޭގައި ހިމެނެނީ މަސައްކަތް ކުރާ ފަރާތްތަކަށް ޚާއްސަ އެޕްތައް، ވަކި ޙަރަކާތަކަށް ޚާއްސަ އެޕްތައް، ސޭލްސް އެޕްތައް، ނުވަތަ ދިރާސާކުރުމަށް ޚާއްސަ އެޕްތަކެވެ. އަންލިސްޓެޑް އެޕްތައް ޑިސްޓްރިބިއުޓް ކުރަނީ އޭގެ ޕްރޮޑަކްޓް ޕޭޖާއި ގުޅޭ ސީދާ ލިންކެއް މެދުވެރިކޮށް އެޕް ސްޓޯގައެވެ. ނަމަވެސް މި އެޕްތައް އެޕް ސްޓޯ ކެޓަގަރީތަކުގައާއި، ހޯދުމުގެ ނަތީޖާތަކުގައާއި ނުވަތަ އެހެނިހެން އެޕް ސްޓޯ ލިސްޓިންގ ތަކުގައި ނުފެންނާނެއެވެ."

އިތުރު މަޢުލޫމާތާއި ފޯމުގެ ލިންކު އަދި ޕްރޮސެސްގެ މަރުޙަލާތައް ހޯދުމަށް، އެޕަލްގެ ޑެވެލޮޕަރ ޑޮކިއުމެންޓޭޝަނަށް ޒިޔާރަތްކޮށްލާށެވެ.


ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.