މެޓައިން އިންސްޓަގްރާމަށް 3 ޑީ އެވެޓާތައް އިތުރުކޮށްފި

ޢާއިޝަތު ޝައިހާ 13 ފެބްރުއަރީ 2022

ފޭސްބުކްގެ ބެލެނިވެރި ކުންފުނި ކަމަށްވާ މެޓައިން އިންސްޓަގްރާމްގެ ސްޓޯރީއާއި ޑައިރެކްޓެ މެސެޖުތަކަށް 3 ޑީ އެވެޓާތައް އިފްތިތާޙުކޮށް، ފޭސްބުކްއާއި މެސެންޖަރ ގެ އެވެޓާތައް އަޕްޑޭޓްކޮށްފައި ވާކަމަށް ކުންފުނިން އިޢުލާނުކޮށްފިއެވެ. އެމެރިކާ، ކެނެޑާ އަދި މެކްސިކޯގެ ރައްޔިތުންނަށް ސްޓިކާއާއި، ފީޑް ޕޯސްޓް، ފޭސްބުކްގެ ޕްރޮފައިލް ތަސްވީރު، އަދި މެޓައިގެ މަންސައިގެ އެހެނިހެން ތަންތަނުގައި އެމީހުން ވާޗުއަލްކޮށް ފެންނާނެއެވެ. މީގެ ތެރޭގައި މި މަންސައިގެ ކުއެސްޓް ވީއާރް މަންސަ ހިމެނެއެވެ. މި އާ އެވެޓާތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި އާ މޫނުގެ ބައްޓަންތައް، ސިއްޚީ ކަންތައްތަކުގައި އެހީވެދޭ ބައެއް ކަހަލަ މެޑިކަލް އާލާތްތައް (ހިއަރިންގ އެއިޑް، ފުރޮޅީ ގޮނޑި، ކޯކުލެއަރ އިމްޕްލާންޓް)، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށް ހުންނާނެކަމަށް، މެޓަގެ އެވެޓާތަކާއި އައިޑެންޓިޓީގެ ޚާއްސަ ޖެނެރަލް މެނޭޖަރ، އެއިޖީރިއަމް ޝޯރމަން ބްލޮގް ޕޯސްޓެއްގައި ލިޔެފައި ވެއެވެ.

"ކަނެކްޓް 2021 ގައި މެޓަވާސްއާއި ގުޅޭ އަޅުގަނޑުމެންގެ ދުރު ރާސްތާ ތަޞައްވުރު ޢާންމުކުރުމަށް ފަހުގައި، އަޅުގަނޑުމެން މި ދަނީ އިޖްތިމާޢީ ޓެކްނޮލޮޖީގެ ކުރިއަށް އޮތް ޖީލު އުފެއްދުމަށް ކެނޑިނޭޅި މަސައްކަތް ކޮށް، ތިމާއާއި އެތައް ހާސް މޭލެއް ދުރުގައިވާ ތިމާ ލޯބިވާ މީހުންނާއި އެއް ކޮޓަރިއެއްގައި ވާހަކަ ދައްކާލެވޭނޭ، ނުވަތަ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ހުނަރުވެރި ޓީމަކާއި އެކީ އާދައިގެ ގޮތަށް މަސައްކަތް ކޮށްލެވޭނެ މުސްތަޤުބަލެއް އުފައްދަމުން،" ޝޯރމަން ލިޔެފައި ވެއެވެ.

މި އެވެޓާތަކުގެ ސަބަބުން ކުންފުނީގެ ފޮރޭ ވަނީ މެޓަވާސްގެ ތެރެއަށް ފުޅާކޮށްފައެވެ. އިޢުލާންގައި ޝޯރމަން ސިފަކޮށްފައިވާ ފަދައިން މިއީ "ވީއާރ އަދި އޭއާރްއާއި ދެމެދު ގުޅުން އުފެއްދުމާއެކު ފޯނު އަދި ކޮމްޕިއުޓަރ ފަދަ ދަންނަ މަންސަތަކާއި ގުޅިފައިވާ ޑިޖިޓަލް ދުނިޔެކެވެ".

ސީއީއޯ މާކް ޒަކަބަގް ވަނީ، މެޓަވާސްއަކީ ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަމެއްކަން، މިދިޔަ އަހަރު މެޓަގެ ނަން އިޢުލާންކުރަމުން ބުނެފައެވެ. "ކޮންމެވެސް ދުވަހަކުން އެކްސްޕްރެސިވް އެވެޓާތަކުން ފެށިގެން ތަސްވީރުތަކާއި އެއްގޮތް އެވެޓާތައް ލިބެން ހުންނާނެ." ޕޯސްޓެއްގައި ޒަކަބަގް ބުނެފައި ވެއެވެ.

އޮކްޓޯބަރު މަހުގައި ބޭއްވިގެން ދިޔަ ފޭސްބުކް ކަނެކްޓުގެ ތެރެއިން، މެޓަވާސްގެ ފުރަތަމަ ފެނިލުމެއްގެ ގޮތުގައި މެޓައިން ވަނީ އޭގެ ކޯޑެކް އެވެޓާތަކާއި ވަގުތުން ވަގުތަށް އެންވަރަމެންޓް ރެންޑަރިންގ ބޭނުންކުރާނެ ގޮތްތައް ދައްކާލާފައެވެ. ނަމަވެސް އެ ވަގުތު އޭގެ މަސައްކަތުގެ ބޮޑު ބައި ވަނީ ދިރާސާކުރުމުގެ ތެރޭގައި ކަމަށް ކުންފުނިން ވަނީ ބުނެފައެވެ.

ހަމަ އެއާއެކު، ކުންފުނިން ވަނީ އޭގެ މަންސައިގައިވާ އެވެޓާތަކަށް އެލްވީއައި ތީމްގެ ޓީޝާޓުތައް ތަޢާރަފުކޮށްފައެވެ. މި އަހަރު ފެބްރުއަރީ 13 ވަނަ ދުވަހު (މިއަދު) ސުޕަރ ބައުލްގެ ސިންސިންނަޓި ބެންގަލްއާއި ލޮސް އެންޖެލަސްގެ ކުރިމަތިލުން ރޭމްގެ ގެ ސޯފީ ސްޓޭޑިއަމްގައި ފެނިގެން ދާނެއެވެ.

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.