މަޝްހޫރު ކްރިޕްޓޯ ކަރެންސީ އެކްސްޗޭންޖް ބައިނޭންސް އިން ފޯބްސް ގެ 200މިލިއަން ޑޮލަރުގެ އިންވެސްޓްއެއް ކޮށްފިއެވެ. ބިލިއަނަރުންނާއި ތަފާތު ވިޔަފާރި ތަކުގެ ވެރިން ގިންތިކޮށް ދަރަޖަ ކުރުމުގައި މަޝްހޫރު ވެފައިވާ މީޑިއާ ބްރޭންޑް އެއް ކަމުގައިވާ ފޯބްސް އިން ދެކޭގޮތުގައި މި ޕާރޓްނަރ ޝިޕް އާއި އެކު ވިޔަފާރީތަކުގެ ވެރިންނާއި ހަމައަށް ބިޓްކޮއިން ފަދަ ޑިޖިޓަލް އެސެޓްސް ތަކުގެ ތާޒާ ހަބަރުތަކާއި މައުލޫމާތު ގެނެސްދިނުމުގައި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
މި ހަބަރާއި އެކު މީޑީއާ އަށް ފަަރަވެރިވާ ފަރާތްތަކުން ވަނީ ގުޅުމާއި އެކު ކޮންފްލިކްޓް އޮފް އިންޓްރެސްޓް ތަކެއް ފެންމަތިވާނެ ކަމަށް އިންޒާރު ދީފައެވެ. 2020 ވަނަ އަހަރުގެ ތެރޭގައި ބައިނޭންސް އިން ވަނީ ފޯބްސް އާއި ދެކޮޅަށް އަބުރުގެ ދައުވާކުރުމަށް ފަހު ފަހުން ވަނީ އެމައްސަލަ އަނބުރާ ގެންގޮސްފައެވެ. މީގެ އިތުރުން ދިރާސާ ކުރާފަރާތްތަކުން ދެކޭގޮތުގައި ކްރިޕްޓޯކަރަންސީ ތަކަކީ މަޝްހޫރު ފަރާތްތަކުގެ ނުފޫޒުފެ ސަބަބުން ގެއްލުންތަކާއި މާކެޓް އަށް ލޮޅުން ގެނުވާފަދަ ހާލަތްތައް ކުރިމަތިވެދާނެ ނާޒުކު އެއްޗެއްކަންވެސް ފާހަގަ ކޮށްފައެވެ.
މި އިންވެސްމަންޓް އިއުލާން ކުރަމުން ބައިނޭންސް ގެ ފައުންޑަރ ޗެންގްޕެންގް 'ސީޒީ' ހާއޯ ބުނެފައިވަނީ "ކްރިޕްޓޯ މާކެޓް އަށާއި ބްލޮކްޗެއިން ޓެކްނޮލޮޖީ ތަކަށް ކޮންސިމަރުންގެ ވިސްނުމާއި އުގެނުން އިތުރުކުރުމަށް މީޑިއާ މުހިންމު ދައުރެއް އަދާ ކުރޭ" ކަމަށް ބުނެފައިވެއވެ އަދި ފޯބްސް އަށް އެޑިޓޯރިއަލް މިނިވަންކަން އަބަދުވެސް އޮންނާނެ ކަމަށް ބުނެފައިވެއެވެ.
ފޯބްސް އިން ބުނެފައި ވަނީ އެމެރިކާއާއި އިންގިރޭސިންނާއި އެހެން ބައެއް ގައުމު ތަކުގެ ރެގިއުލޭޓަރީ ހުރަސްތައް ކުރިމަތިވެފައިވާ ބައިނޭންސް ގެ ފަރާތުން ޓެކްނޮލޮޖީ ރޮގުންނާއި، ބްރޭންޑް ގެ ޕަބްލިކޭޝަން އަދި މަޤްބޫލުކަން އިތުރު ކުރުމާއި ކިޔުންތެރިން ސްބްސްކްރައިބަރުންނަށް ބަދަލުކުރުން ފަދަ ދާއިރާތަކުގައި ބައިނޭންސް އިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
ކްރިޕްޓޯ ދާއިރާގައި ހަރަކާތްތެރިވާ ތަފާތު ކުންފުނި ތަކުން ދަނީ ވިޔަފާރި ފުޅާކުރުމަށާއި ރީޗް ބޮޑުކުރުމަށް ޓަކައި ވިޔަފާރިތައް އިތުރު ގޮފިތަކަކަށް ފުޅާކުރަމުންނެވެ. މިގޮތުން ހާއްސަގޮތެއްގައި މީޑީއާ ގެ ދާއިރާ ފާހަގަކޮށްލެވެއެވެ.
ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.