ޔޫކްރެއިންގެ ކްރއެވް ގައި ހުންނަ އެމެރިކާ އެމްބަސީގައި ހުރި އެންމެހާ ޓްކް އާލާތްތައް ނައްތާލުމަށް އެމެރިކާގެ ސްޓޭޓް ޑިޕާރޓްމަންޓް އިން އަންގާއިފިއެވެ. އިސާހިތަކު ރަޝިޔާއިން ޔޫކްރެެއިން އަށް އަސްކަރީ ހަމަލާ ދީފާނެ ކަމުގެ އިންޒާރު އެމެރިކާގެ ޖާސޫސީ އިދާރާތަކުން ދީފައިވާ މި ދަނޑިވަޅުގައި ކްރއެވް ގައި ހުންނަ އެމްބަސީ އިދާރާ ޕޯލެންޑް ގެ ބޯޑަރު ކައިރީގައި ހުރި އަވަށަކަށް ވަނީ ބަދަލު ކޮށްފައެވެ.
މަޝްރަހު ގޯސްވުމާއި އެކު އެމެރިކާއިން ދަނީ ޔޫކްރެއިން ގައި ތިބި ޑިޕްލޮމެޓިކް މުވައްޒަފުންނާއި ސިއްރު ލިޔެކިއުންތައް އެގައުމުން ބޭރުކުރަމުންނެވެ. އާދިއްތަ ދުވަހު ވެސް ގިނަ އަދަދެއްގެ އެމްބަސީގެ ސިއްރު ލިޔެކިއުންތަކާއެކު 56 ޑިޕްލޮމެޓިކް މުވައްޒަފުން ޑަލަސް އިންޓަނޭޝަނަލް އެއަރޕޯރޓް އަށް ގެންގޮސްފައިވާ ކަމަަށް މަސްދަރު ތަކުން މައުލޫމާތު ދެއެވެ.
ޔޫކްރެއިންގައި ތިބެގެން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ތިބި މަދު ޑިޕްލޮމެޓިކް މުވައްޒަފުންނަށް އެމެރިކާގެ ސްޓޭޓް ޑިޕާރޓްމަންޓް އިން އިރުޝާދު ދީފައިވަނީ ކޮމްޕިއުޓަރ ތަކާއި، ފޯން ސިސްޓަމް ތަކާއި އެހެނިހެން ނެޓްވޯރކިންގް އިކުއިޕްމަންޓްތައް ވެސް އެމްބަސީ އިމާރާތް ދޫކޮށް ދިއުމުގެ ކުރިން ނައްތާލުމަށެވެ.
ޔޫކްރައިންއާއި ރަޝިއާގެ މަސްރަހު އިންތިހާއަށް ނުތަނަވަސް ވަމުން ދިއުމާއި އެކު، އެމްބަސީގައި ޒަރޫރީގޮތުން މަޑު ކުރަން ޖެހޭ މުވައްޒަފުން ފިޔަވާ އެހެން ހުރިހާ މުވައްޒަފުންނާ، ޔޫކްރައިންގައި ދިރިއުޅެމުން އަންނަ އެމެރިކާގެ އެހެންވެސް ރައްޔިތުން އެ ގައުމު ދޫކޮށް ދިއުމަށާއި، ޔޫކްރައިންއާއި ރަޝިއާ ދަތުރު ކުރުމާ ދެކޮޅަށްވެސް އެމެރިކާގެ ހާރިޖިއްޔާއިން ވަނީ އިންޒާރު ކޮށްފައެވެ.
ރަޝިއާއިން ޔޫކްރެއިން ހިސޯރު ކޮށްފާނެކަމުގެ ބިރު ހީވެފައިވާކަމަށް ބުނެ އެމެރިކާއިން ވަނީ ޔޫކްރޭނަށް ދިފާއީ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ. އަދި ޔޫކްރޭނުން ވަނީ އެ ގައުމުގެ ސިފައިންނާއި ރިޒާވް ޓްރޫޕުން ހަނގުރާމައަކަށް ތައްޔާރުކުރަން ފަށާފައެވެ.
ޔޫކްރައިންއާ ރަޝިއާ ހިއްސާ ކުރާ ބޯޑަރު ސަރަހައްދަށް، ރަޝިއާގެ ލައްކައެއްހާ އަސްކަރީ ސިފައިން ޖަމާވެފައި ވާ އިރު، ކުރިމަތިލުމެއްގެ ފުރުސަތު އެބައޮތް ކަމުގެ އިންޒާރު، ނޭޓޯ ގެ އަސްކަރީ ދިފާއީ އިއްތިހާދުގެ އިސްވެރިޔާވެސް ވަނީ ދެއްވާފައެވެ. އަދި ރަޝިއާއާއި އެމެރިކާއިން ހަމަލާ ބަދަލުކުރަން ފަށައިފިނަމަ ތިން ވަނަ ބޮޑު ހަނގުރާމަ ފެށޭނެކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެފައިވެއެވެ.
ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.