އިނގިރޭސިވިލާތުގެ މިނިސްޓަ އޮފް ސްޓޭޓް ފޮ ސައުތު އެންޑް ސެންޓްރަލް އޭޝިޔާ، ދަ ޔޫއެން އެންޑް ދަ ކޮމަންވެލްތު ލޯޑު ޠާރިޤް އަހުމަދު ޓެކް ކޮމިއުނިޓީ ގެ ބައެއް ފަރާތްތަކާއި ފެބްރުއަރީ 12 ވަނަ ދުވަހު ބައްދަލުކޮށްފިއެވެ. މިބައްދަލުވުމުގައި މިދާއިރާގައި ޓެކްނޮލޮޖީ އުފެއްދުންތެރިންނާއި ވިމެން އިން ޓެކް މޯލްޑިވްސްއިން ބައިވެރިވިއެވެ.
މި މަޝްވަރާ ބައްދަލުވުމުގައި ރާއްޖޭގެ ޓެކްނޮލޮޖީގެ ވިޔަފާރިވެރިން އަދި މަސައްކަތްތެރިންނަށް ދިމާވާ ގޮންޖެހުންތަކާއި ޓެކްނޮލޮޖީގެ ޒަރީއްޔާއިން ހޯދާފައި ކުރިއެރުންތަކުގެ ވާހަކަ ދެކެވުނެވެ.
ރާއްޖޭގެ އުފެއްދުންތަކާއި ކުރިއެރުންތައް ރާއްޖެއިން ބޭރަށް ފުޅާކޮށް މިރީޖަންގެ އެކި ގައުމުތަކުގައި ހިންގޭ ހަރަކާތްތަކާއި ގުޅުމަށް ލޯޑް އަހުމަދު ނަސޭހަތްތެރިވިއެވެ.
މިބައްދަލުވުމަށްފަހު ލޯޑު އަހުމަދު ކުރެއްވި ޓުވީޓުގައި ރާއްޖޭގެ އީޖާދީ ވިޔަފާރިވެރިންނާއެކު ހަރުދަނާ ވާހަކަ ތަކެއް ދެއްކުނުކަމަށާއި ކްގެ ދާއިރާއިން އަންހެނުން އަދި އަޅުގަނޑުމެންގެ ޒަމާނީ ދުނިޔޭގައި ޑިޖިޓަލައިޒޭޝަންގެ މުސްތަގުބަލާ ބެހޭ ގޮތުން މަޝްވަރާކުރެވުނު ކަމަށް ދެންނެވިއެވެ.
ޓެކްނޮލޮޖީއަށް އަހަންމިއްޔަތުކަން ދީގެން ދިވެހިރާއްޖެ ކުރިއެރުވުމަށް ޓެކްނޮލޮޖީގެ ބޭނުން ކުރުމާއި އީޖާދުކުރުމާއި މުޅި އީކޯސިސްޓަމް ބިނާކުރުމަށް މިފަދަ ބައްދަލުވުންތަކުގެ އިސްސަފަށް ޓެކްނޮލޮޖީ ދާއިރާ ނެރުމަކީ މިދާއިރާގެ މަސައްކަތްތެރިންނަށް އިތުރު ހިއްވަރެއް ލިބިގެންދާނެ ކަމެއްކަން ހަމަ ޔަގީނެވެ. މިފަދަ މަޝްވަރާތަކުން ރާއްޖޭގައި ޓެކް ކުރިއެރުވުމާއި ދުނިޔޭގެ ފެންވަރުގައި ރާއްޖޭގެ މިދާއިރާގެ ފަންނުވެރިންނަށް އެކި ފުރުސަތުތައް ހޯދުމުގެ މަގު ފަހިވެގެންދާނެކަމަށް ފެނެއެވެ.
ލޯޑު އަހުމަދު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލިސްއާއި ސަރުކާރުގެ އެކިވުޒާރާތަކާއި ބައްދަލުކުރެއްވިއެވެ.
ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް