ކޯޑިން އާއި ޑިޖިޓަލް ލިޓްރެސީ ހިމެނޭގޮތަށް އެމެރިކަން ސެންޓަރގެ ގްރާންޓް

ހުސެއިން އާރިފް 17 ފެބްރުއަރީ 2022

މާލޭގައި ހުންނަ އެމެރިކަން ސެންޓަރގެ 2022 ވަނަ އަހަރު ގެ ސަބްގްރާންޓްއަށް ހުށައެޅުމުގެ ފުރުސަތު އިންސްޓިޓިއުޓްތަކާއި ޖަމްއިއްޔާ އަދި ކޮމިއުނިޓީ ބޭސްޑް އޯރގަނައިޒޭޝަންތަކަށް ހުޅުވާލައިފިއެވެ. ގްރާންޓު ދޭން ހަމަޖެހިފައިވަނީ 5 ޓްރެއިނިންގް ޕްރޮގްރާމްއަށެެވެ. މިގްރާންޓަކީ ޔޫއެސް މިޝަން ޓު ދަ މޯލްޑިވްސް ޕަބްލިކް އެފެއަރސްގެ އެމެރިކަން ސްޕޭސެސް ގެ ގްރާންޓު ޕްރޮގްރާމްއިން ވިމެން އިން ޑިމޮކްރެސީއަށް އަށް ދީފައިވާ މެއިންގްރާންޓުގެ ތެރެއިން ހުޅުވާލާފައިވާ ސަބްގްރާންޓުތަކެވެ.

އަންހެން ކުދިންނަށް ކޯޑިންގް ދަސްކޮށްދިނުން

މިކޯހަކީ މަޤްޞަދަކީ، ޢުމުރުން 16 އަހަރާއި 26 އަހަރާ ދެމެދުގެ 60 އަންހެން ޒުވާނުންނަށް އަމާޒުކޮށްގެން 2 ބެޗެއްގެ ކްލާސްތައް ރާވައި، ކުރިއަށް އޮތްތަނުގައި އެ ޒުވާނުންގެ ވަޒީފާގެ ޤާބިލުކަމާއި އިޤްތިޞާދީ ބާރުވެރިކަން އިތުރުކުރުމެވެ. މި ސެޝަންތަކުގެ މަޤްޞަދަކީ ޖަޒީރާ ރަށްތަކުގައި ވަޒީފާ އަދާކުރުމުގެ ފުރުޞަތު އިތުރުކޮށް، އިޤްތިޞާދު ބާރުވެރިކުރުވުމުގެ ފުރުޞަތު އިތުރުކުރުމާއެކު، ތަޢުލީމީ ފުރުޞަތުތައް އަންހެނުންނަށް ފަހިކޮށްދިނުމެވެ.މިގްރާންޓުގެ އެންމެ ބޮޑު އަދަދަކީ 98,757.69 ދިވެހި ރުފިޔާއެވެ. މި ސަބްގްރާންޓްގެ ޖުމްލަ މުއްދަތަކީ މާޗް 2022 އިން ޖޫން 2022 ގެ ނިޔަލަށް 4 މަސް ދުވަހެވެ.

އެޕްލިކޭޝަން ފޯރމު

އިތުރު މައުލޫމާތު އަދި ޕްރޮޕޯޒަލް ގައިޑްލައިން

ޑިޖިޓަލް ލިޓްރަސީ

މި ސަބްގްރާންޓްއަކީ ޑިޖިޓަލް މުޖުތަމަޢުތަކުގައި ދަރިވަރުން އީޖާބީ ގޮތެއްގައި ޙަރަކާތްތެރިވުމަށާއި، އިޖްތިމާޢީ މައްސަލަތަކުގައި ފާޑުކިޔުމާއި، އެކުދިންނަށް ހަރުދަނާ އަދި ޒިންމާދާރު ގޮތެއްގައި އެކްސެސް ވެވޭނެ ގޮތްތަކާއި، އޯގަނައިޒް ކުރުމާއި، އެނަލައިޒް ކުރުމާއި، އިވެލުއޭޓް ކުރުމާއި، އެކި ގޮތްގޮތުން ޑިޖިޓަލް ކޮންޓެންޓް އުފެއްދުމަށް އެހީތެރިވެދިނުމުގެ ގޮތުން މީޑިއާ ލިޓްރަސީ ޕްރޮގްރާމެއްގެ މައްޗަށެވެ. މިޕްރޮގްރާމްގެ އަމާޒަކީ 2 އިންޓޭކް އަކަށް ބަހާލައިގެން އުމުރުން 15 އަހަރާއި 30 އަހަރާ ދެމެދުގެ 60 ޒުވާނުން ތަމްރީނު ކުރުން ކަމަށް އެ ސެންޓަރުން ބުންޏެވެ. މި ސަބްގްރާންޓުގެ އެންމެ ބޮޑު އަދަދަކީ 58,665.85 ދިވެހި ރުފިޔާއެވެ.

އެޕްލިކޭޝަން ފޯރމު

ޓަރމްސް އޮފް ރިފަރެންސް


ގްރާންޓު ހުޅުވާލާފައިވާ ޕްރޮގްރާމްތައް ހިމެނޭ ޓުވިޓަރ ތްރެޑް

އަންހެން ވިޔަފާރިވެރިން

ވިމެންސް އޮންޓްރޮޕްރޮނަރޝިޕް ވަރކްޝޮޕްގައި 3 މަސްދުވަސް ތެރޭގައި 2 ބެޗަކަށް 60 އަށްވުރެ ގިނަ އަންހެނުން (ގޭގައި ތިބެގެން މަސައްކަތްކުރާ މަސައްކަތްތެރިންނާއި، އުއްމީދީ ވިޔަފާރިވެރިންނާއި، ވިޔަފާރި ކުރާ ފަރާތްތައް) ތަމްރީނުކުރުމެވެ. އުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 22 ފެބްރުއަރީގައެވެ. މައުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 22 ފެބްރުއަރީ 4:30-5:30 އަށެވެ. އަދި ޕްރޮޕޯޒަލް ހުށެއެޅުމުގެ ފަހު މުއްދަތަކީ 28 ފެބްރުއަރީ 2022 04:00 އެވެ. މިގްރާންޓުގެ އެންމެ މަތީ އަދަދަކީ 64,833.85 ދިވެހި ރުފިޔާއެވެ.

އެޕްލިކޭޝަން ފޯމު

ޓަރމްސް އޮފް ރިފަރެންސް

އެމެރިކަން ސެންޓަރ މާލެއަކީ ޢުމުރުން 15 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް، ޚާއްޞަކޮށް ލޯކަލް ނުވަތަ ޤައުމީ ލީޑަރުންނަށް ވުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން މާލޭގެ ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަންސް ބިލްޑިންގގެ 3 ވަނަ ފަންގިފިލާގައި ހިންގާ ކަލްޗަރަލް ސެންޓަރެކެވެ. އެމެރިކަން ސެންޓަރގެ އަމާޒަކީ އަންހެނުންނާއި، ނަސްލީ އަދި ނަސްލީ މައިނޯރިޓީއާއި، އާދަޔާ ޚިލާފަށް މަދުން ތަމްސީލުވާ މުޖުތަމައުތަކުގައި ޒުވާނުން ބާރުވެރިކުރުވުމަށާއި، ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރުވުމަށެވެ. އެމެރިކަން ސްޕޭސްއިން އެމީހުންގެ ޓާގެޓް އޯޑިއަންސަށް ވަސީލަތްތަކާއި ތަރައްގީގެ ފުރުސަތުތައް ފަހިކޮށްދޭއިރު، އެމެރިކާގެ މުޖުތަމައާއި ސަގާފަތް ދެނެގަތުމަށް އެހީތެރިވެދޭ ތަނެއްގެގޮތުގައިވެސް ހަރަކާތްތެރިވެއެވެ.

ހުސެއިން އާރިފް

ހުސެއިން އާރިފް

ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.