އިންޓަރނެޓް ކޮމްޕިއުޓަރ ބްލޮކްޗެއިންގެ ފުރަތަމަ ޑީ.އީ.އެކްސް ނެރެފި

ޝުޖާޢަތު ރަޝީދު 19 ފެބްރުއަރީ 2022

ޑީފިނިޓީ ފައުންޑޭޝަންގެ އިންޓަރނެޓް ކޮމްޕިއުޓަރ ބްލޮކްޗެއިންއިން އެމީހުންގެ ފުރަތަމަ ޑީސެންޓްރިލައިޒްޑް އެކްސްޗޭންޖް ތަޢާރަފްކޮށްފިއެވެ.

މި ޑީސެންޓްރިލައިޒްޑް އެކްސްޗޭންޖް (ޑީ.އީ.އެކްސް)ގެ ނަމަކީ ސޮނިކް އެވެ.

ކޮއިންޓެލެގްރާފަށް މަޢުލޫމާތު ހާމަކޮށް ޑީފިނިޓީއިން ބުނާގޮތުގައި އަދި 2 ޑީ.އީ.އެކްސް ނެރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.

ޑީ.އީ.އެކްސް ނުވަތަ ޑީސެންޓްރިލައިޒްޑް އެކްސްޗޭންޖަކީ އެއްވެސް ސެންޓްރަލް އޮތޯރިޓީއަކާއި ނުލައި މަސައްކަތް ކުރާ ކްރިޕްޓޯކަރަންސީ އެކްސްޗޭންޖެކެވެ.

ޖެނުއަރީ 22 ވަނަ ދުވަހު ސޮނިކް ލޯންޗް ކުރިއިރު މިހާރު ޓޮކެން ބަދަލު ކުރުމަށް ނޭޓިވް އިންޓަނެޓް ކޮމްޕއުޓަރ ޕްރޮޓޮކޯލް (އައި.ސީ.ޕީ) ބޭނުންކުރަނީ ހަމައެކަނި ތިން ޕޫލަކުންނެވެ. އެއީ އިންޓަރއައި.ސީ.ޕީ/ވްރެޕްޑް އައި.ސީ.ޕީ، ސައިކަލް ޓޮކެންއާއި ވްރެޕްޑް އައި.ސީޕީ/އެކްސް.ޓީ.ސީއެވެ.

ޓޮކެން ބޭނުންކުރާ މީހުން ލިކުއިޑިޓީ ފޯރުކޮށްދިނުމުންވެސް އިނާމު ލިބެއެވެ.

ޑީފިނިޓީގެ ހެޑް އޮފް ކޮމިއުނިކޭޝަން މައިކަލް ލެސް ކޮއިންޓެލެގްރާފަށް މަޢުލޫމާތު ދެމުން ހާމަކޮށްފައިވަނީ ސޮނިކްއިން މަސައްކަތް ކުރަނީ ޑީ.އީ.އެކްސް ފައިނޭންސްގައި އެހެން މީހުންނަށް މިސާލަކަށް ވުމަށެވެ.

ސޮނިކްގައި ސަބް-ވަން ސެކަންޑް ޓްރާންސެކްޝަންތައް އެއްކޮށްވެސް ކުރިއަށްދަނީ އައި.ސީގެ ޕަބްލިކް ބްލޮކްޗެއިން ނެޓްވޯކްގައެވެ. އެއީ އެއްވެސް ގޭސް ފީއަކާއި ނުލައެވެ.

ޑީފިނިޓީއިން މިއަހަރު ފަހުކޮޅަށް ޓާގެޓު ކުރަނީ އެތީރިއަމް އިންޓަގްރޭޓް ކުރުމަށް ކަމަށް ބުނެ ލެސް އިތުރަށް ފާހަގަކުރީ ޑީފިނިޓީގެ ކްރިޕްޓޯކަރަންސީ ކުރިއަށް ދަނީ ޕަބްލިކް ބްލޮކްޗެއިންގައި ކަމަށެވެ.

ސޮނިކް ވީޓޫ ނުވަތަ ދެވަނަ ވާޝަނަކަށް މިހާރުވެސް ރާވަމުން އަންނަކަން ޑީފިނިޓީއިން ބުނެއެވެ.

މީގެ ތެރޭގައި ޓޮކެން ލޯންޗްޕެޑް ހިމަނައި، ޑީސެންޓްރިލައިޒްޑް އޮޓޯނޯމަސް އޯގަނައިޒޭޝަން ޓޫލްތައް ހިމެނި އެމީހުންގެ އަމިއްލަ ސޮނިކް ގަވާނަންސް ޓޮކެންއެއް ހިމަނާނެކަމަށް ޑީފިނިޓީއިން ހާމަކުރިއެވެ.

ސޮނިކް 2 ލޯންޗް ކުރުމަށް ރާވާފައިވާ ތާރީހެއް ޑީފިނިޓީއިން ހާމަ ކޮށްފައިނުވެއެވެ.

ޑެވެލޮޕަރުންނަށް ސްމާޓް ކޮންޓްރެކްޓާއި ޑީ.އޭ އެޕްލިކޭޝަންތައް ޑައިރެކްޓްކޮށް ބްލޮކްޗެއިންގައި ހިންގުމަށް އިންޓަނެޓް ކޮމްޕއުޓަރުން އެހީވެދެއެވެ.

ޑީފިނިޓީއިން ހާމަކުރާ ގޮތުގައި ހާހަކަށްވުރެން ގިނަ ޑެވެލޮޕަރުން މިހާރުވެސް އައިސީ ބްލޮކްޗެއިންގައި ޑެވެލޮޕް ކުރުމުގައި އުޅެއެވެ.

އެމީހުންގެ ޕްރޮޖެކްޓުތަކުގެ ތެރޭގައި ޑީސޯޝަލް، ޑިސްކްރިޓްއާއި މެޓަވާސް ޕްރޮޖެކްޓް ޕޯކްސްޓޫޑިއޯސް، އައިސީ ގެލެރީ ހިމެނެއެވެ. މީގެ އިތުރަށް ގޭމިފައި ޕްރޮޖެޓްތަކުގެ ތެރޭގައި ކިއުބް ރަންއާއި މެޓަ ސްޕޯޓްސްވެސް ހިމެނެއެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.