ސައިބަރ ހަމަލާތަކުން ދިފާއުވުމަށްޔޫކްރެއިން ކޮރެއާގެ އެހީއަށް އެދިއްޖެ

ސައިބަރޓެގް 26 ފެބްރުއަރީ 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ރަޝިޔާއިން ޔޫކްރެއިން އަރައިގަތުމަށް ކުރާ މަސައްކަތުގައި ޔޫކްރެއިންގެ އޮފީސްތަކަށް ސައިބަރ އެޓޭކްތައް ދަނީ ދެމުންނެވެ. ބުރާސްފަތިދުވަހު ރަޝިޔާއިން ދޭން ފެށި މިސައިލް ހަމަލާތަކާއެކު ސައިބަރ އެޓޭކް ނުވަތަ ޑިޖިޓަލް ހަމަލާތަކަކީވެސް މީގެ ބަޔަކަށް ވަނީ ވެފައެވެ.

ޔޫކްރެއިންއިން ދެކުނު ކޮރެއާއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބަސެޑަރ ޑިމިޓްރޯ ޕޮނޮމަރެންކޯ ވިދާޅުވީ، ރަޝިޔާގެ ހަމަލާތަކުގެ ޝިކާރައަކަށް އެގައުމުގެ ސަރުކާރުގެ މުއައްސަސާތަކުގެ ވެބްސައިޓްތައް ވެފައިވާ ކަމަށެވެ. "ކޮރެއާ އަކީ ވަރަށް ބޮޑަށް ކުރިއަރާފައިވާ ހައި-ޓެކް ގައުމެއްގެ ގޮތުގައި އޮތް ގައުމަކަށް ވާތީ، ސައިބާ ސެކިއުރިޓީ ގެ ގާބިލްކަން ވަރުގަދަ ކުރުމަށް އެހީތެރިވެދޭނަމަ އަޅުގަނޑުމެން ވެސް ޝުކުރުވެރިވާނަން،" ސޯލްގައި ބޭއްވި ނިއުސް ކޮންފަރެންސަށް ފަހު ހުކުރު ދުވަހު ނެރުއްވި ބަޔާނެއްގައި އޭނާ ވިދާޅުވި އެވެ.

ޔޫކްރެއިންއިން ކޮރެއާއަށް ކަނޑައެޅުއްވި ސަފީރު ޑިމިޓްރޯ ޕޮނޮމަރެންކޯ- ފޮޓޯ: ޔޮންހަޕް

ސައިބަރ ސެކިއުރިޓީ ފާމެއް ކަމަށްވާ އީއެސްއީޓީއިން ބުރާސްފަތި ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި ޔޫކްރެއިންގެ އެތައް ސަތޭކަ އޮފީހަކަށް އާ ޑޭޓާ-ވައިޕިންގް މެލްވެއާއެއްގެ ސައިބާ ހަމަލާތަކެއް ކޮމްޕިއުޓަރުތަކަށް ވަނީ ދީފައެވެ. ރަޝިޔާއިން ދިން ޙަމަލާތަކާ ގުޅިގެން އެ ޤައުމުގެ މައި ސަރުކާރާއި ބޭންކް ވެބްސައިޓްތައް ވަނީ ޑައުންވެފައެވެ.

ޔޫކްރެއިން އިންވަނީ އެކި ރަޝިޔާގެ ހަމަލާތަކާއި ކުރިމަތިލުމަށް އެގައުމުގެ ރައްޔިތުން ކުރިޔަށް ނެރެފައެވެ. ސައިބަރ އެޓޭކްތަކުން ދިފާއުވުމަށާއި މުހިންމު އިންފްރާސްޓްރަކްޗަރ ހިމާޔަތް ކުރުމަށާއި ރަޝިޔާއާއި ދެކޮޅަށް އެކި މިޝަންތައް ހިންގުމަށް އެހީތެރިވެ ދިނުމަށް އަނޑަރގްރައުންޑް ހެކަރުންގެ އެހީއަށް ގޮވާލާފައެވެ.ކިޔޭވްގެ ސައިބަރ ސެކިއުރިޓީ ކުންފުންޏެއްގެ ކޯ ފައުންޑަރ ޔެގޯރ އައުޝޭވް އަންޑަގްރައުންޑު ހެކަރުން ވޮލަންޓިއަރ ކުރުމަށް ފުރުސަތު ހުޅުވާލާފައެވެ. ޔެގޯރ އައުޝޭވް ރޮއިޓަރސްއަށް މައުލޫމާތު ދެމުން ބުނީ މިގޮތަށް ގޮވާލީ އޭނާއަށް ގުޅައި ޑިފެންސް މިނިސްޓްރީގެ އިސް އޮފިޝަލެއްގެ އެދުމުގެ މަތިން ކަމަށެވެ. އައުޝޭވްގެ ފާމް ސައިބަރ ޔުނިޓް ޓެކްނޮލޮޖީސް މަޝްހޫރުވެފައިވަނީ ޔޫކްރެއިންގެ ސަރުކާރާއެކު ކްރިޓިކަލް އިންފްރާސްޓްރަކްޗަރގެ ދިފާޢުގައި މަސައްކަތްކުރުމުގެ ގޮތުގައެވެ.

ރެންސަމްވެއާރ ގޭންގްތަކާއި އެހެނިހެން ހެކްކުރާ ގްރޫޕްތަކުން ވަނީ އެމީހުންގެ ތާއީދުއޮތީ ކޮން ބަޔަކާއެކުކަން ހާމަކުރުމަށް ސޯޝަލް މީޑިއާގައި ބުނެދީފައެވެ.

މަޝްހޫރު ހެކަރުންގެ ގްރޫޕް އެނޯނިމަސްއިން ވަނީ ޔޫކްރެއިން އަށް ތާއިދުކޮށް ރަޝިޔާއަށް ސައިބަރ ހަމަލަދޭން ފަށާފައެވެ.އެނޯނިމަސްއިންވަނީ މިއަދުގެ ވަގުތެއްގައި ރަޝިޔާގެ ޑިފެންސް މިނިސްޓްރީގެ ވެބްސައިޓް ޑޭޓާބޭސް ލީކުކޮށްލާފައެވެ.ނަމަވެސް ކޯންޓި ރޭންސަމްގްރޫޕް،ސޭންޑްވޯރމް އަދި ރެޑްބެންޑިޓްސްއިން ތާއިދު ކުރަނީ ރަޝިޔާއަށެވެ.

ރަޝިޔާއިން ވަނީ މީގެ ކުރިން ވެސް ބޮޑެތި ހަމަނުޖެހުންތަކާއި ގެއްލުންތައް ދިނުމުގެ ގާބިލްކަން ރަޝިޔާއިން ދައްކާފައެވެ.އެކި ގައުމުތަކުން ރަޝިޔާއާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބަދަލު ހިފުމުގެ ގޮތުން ސައިބާ ހަމަލާތަކެއް ދީފާނެ ކަމުގެ އިންޒާރު ޖާޕާނު ސަރުކާރުންވަނީ ދީފައެވެ. އަދި ޖަޕާނުގެ ކުންފުނިތަކާއި ޖައްމިއްޔާތަކުން މިކަމަަށް ތައްޔާރުވެގެން ތިބުމަށް ވަނީއަންގާފައެވެ.މި ހަމަނުޖެހުންތައް ސައިބަރ ސައިބަރ ސްޕޭސްއަށް ފެތުރިގެން ހިނގައިދާނެކަމުގެ ބިރަށް އެމެރިކާ ސަރުކާރު އޮތީ ހައި އެލާޓްގައެވެ.



ސައިބަރޓެގް

ސައިބަރޓެގް

ޓެކްނޮލޮޖީ ދާއިރާގެ މަސައްކަތްތެރިއެއް. ޓެކޮނޮލޮޖީއިން ގެނުވާ ބައިބައިވުން ކުޑަކުރުމަށް މަސައްކަތްކުރަން.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.