ސައިބާސެކިއުރިޓީ ކުންފުނި މެންޑިއަންޓް ގާތްގަޑަކަ 5.4 ޑޮލަރުގެ ނަގުދު ފައިސާއަށް ގަތުމަށް ގޫގަލްއިން ނިންމައިފިއެވެ. 600 އަށްވުރެ ގިނަ ސެކިއުރިޓީ ކޮންސަލްޓަންޓުންނާއި 300 އަށްވުރެ ގިނަ އިންޓެލިޖެންސް އެނަލިސްޓުން މަސައްކަތްކުރަމުން ދިޔަ މެންޑިއަންޓް ކުންފުނި ގޫގަލްއިން ގަންނަން ނިންމާފައިވާއިރު މި މުވައްޒަފުންނާއި އެއްކޮށް އެކުންފުނިން ވަނީ ގޫގަލް ކްލައުޑްގެ އެންޑް ޓު އެންޑް ސެކިއުރިޓީ އޮޕަރޭޝަންސް ސޫޓްގެ މަސައްކަތް ފެށުމަށް ނިންމާފައިއެވެ. މި ހިދުމަތުގެ ތެރެއިން ސައިބާސެކިއުރިޓީ ކޮންސަލްޓޭޝަން ދިނުމާއި، ކުންފުނިތަކުގެ ޑިޖިޓަލް ރައްކާތެރިކަން ކަށަވަރުކޮށް ޓެސްޓުކުރުމާއި ކުރިއަށް އޮތްތަނުގައި ދިމާވެދާނެ ނުރައްކާތަށް ދެނެގަތުން ފަދަ ހިދުމަތްތައް އެކުންފުނިން ފޯރުކޮށްދޭނެއެވެ.
ގޫގަލް ކްލައުޑްގެ ސީއީއޯ ހާމަކޮށްފައިވާ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީގެ ކުރިން ދުވަހަކުވެސް ކުރިމަތިނުވާފަދަ ސައިބަރ ސެކިއުރިޓީ ގޮންޖެހުންތަކާ މިހާރު ބޮޑެތި ކުންފުނިތަކުން ވަނީ ކުރިމަތިލާން ޖެހިފައިއެވެ. އެގޮތުން ކުރިން ބޮޑެތި ގައުމުތަކުގެ ސަރުކާރުތަކާއި ދެކޮޅަށް ދެމުންގެންދިޔަ ވަރުގަދަ ސައިބާ ހަމަލާތަކާއި މިހާރު ކުންފުނިތަކަށް ކުރިމަތިލާން ޖެހިފައިވާ ކަމަށްވެސް އޭނާ ވަނީ ހާމަކޮށްފައިއެވެ. މީގެ އިތުރުން އޭނާ ހާމަކޮށްފައިވާ ގޮތުގައި ގޫގަލްގެ ސެކިއުރިޓީ އޮޕަރޭޝަންސް ސުއިޓް އަދި އެޑްވައިޒަރީ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ކަސްޓަމަރުންނަށް ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ގޫގުލް ކްލައުޑްގެ ޓީމްއޮތީ މެންޑިއަންޓްއަށް މަރުޙަބާކިޔުމަށް ތައްޔާރަށެވެ.
މެންޑިއަންޓް މަޝްހޫރުވެގެން ގޮސްފައިވަނީ ސޮލާވިންޑްސް ހެކް ދެނެގަތް ކުންފުނީގެ ގޮތުގައިއެވެ. ސޮލާވިންޑްސް ހެކްއަކީ އެމެރިކާގެ ފެޑެރަލް ސަރުކާރުގެ ކޮމްޕިއުޓާ ވިއުގައަށް ރަޝިއާ ސަރުކާރުގެ ހަރަދުގައި ދިންކަމަށް ބުނާ ހަމަލާއެކެވެ. މިހަމަލާ ދިންކަން ނޭގި އަހަރެއްހާ ދުވަސް ވީފަހުން މިކަން ފަޅާއެރީ މިއޮޕަރޭޝަނުގެ މައުލޫމާތު ޑިސެމްބަރު 2020 ގައި އެކުންފުނިން ހާމަކުރުމުންނެވެ.
މީގެ ކުރިން އަޑުއަރާފައިވާ ގޮތުގައި މެންޑިއަންޓް ގަތުމަށް މައިކްރޯސޮފްޓުން ވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފައިއެވެ. މައިކްރޯސޮފްޓާއި ގޫގަލްއިންވެސް ދަނީ ކްލައުޑް ވިޔަފާރީގެ ކޮންޓްރޯލް ނެގުމަށް ވާދަކުރަމުންނެވެ. އެގޮތުން ސައިބާ ސެކިއުރިޓީއަކީ މިވިޔަފާރިއަށް މިހާރު ވަރަށް މުހިންމު ވަމުން އަންނަ ދާއިރާއެކެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި