ފޭސްބުކްއާއި އެއްގޮތް ބަދަލު ތަކެއް ވަޓްސްއެޕްއައް

އައިމިނަތު މިންހާ 18 އޭޕްރީލު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ވަޓްސްއެޕަށް ދާދިފަހުން ގެނައި އަޕްޑޭޓް އާއިއެކު،ވަޓްސްއެޕް ވެގެންދާނީ ފޭސްބުކް ފަދަ ފުރިހަމަ ސޯޝަލް ނެޓްވޯކަކަށް ކަމަށް މެޓާ ކުންފުނީގެ ސީއީއޯ މާކް ޒަކަބަރގް ހާމަކުރައްވައިފިއެވެ. މާރކް ޒަކްބާރކް މިގޮތައް ހާމަކޮށްފައިވަނީ ދާދިފަހުން ފޭސްބުކުގައި ކުރައްވާފައިވާ ޕޯސްޓެއްގައެވެ.

މި ޚަބަރު އިޢުލާންކުރަމުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ޒަކަބަރގް ބުނެފައިވަނީ "ޕްރައިވެސީ ސޭފްޓީ އަދި ސެކިއުރިޓީއަށް ފޯކަސް ކޮށްގެން، ވީޑިއޯ ޗެޓް، ވޮއިސް މެސެޖް، ސްޓޯރީސް، ކޮމާރސް، ޕޭމަންޓްސް އަދި ވަޓްސްއެޕް އަދި މެސެންޖަރ އަށް އިތުރު ކޮށްފައިވާނެ'' ކަމަށެވެ.

މާރކް ޒަކްބާރކް އިތުރަށް ހާމަކުރައްވާފައިވާ ގޮތުގައި ވަޓްސްއަޕް އަށް މުޅިން އައު ފީޗާރސްތަކެއް އިތުރު ކުރެވިގެން ދާނެއެވެ. އޭގެ ތެރޭގައި، މެސެޖް ރިއެކްޝަން، ބޮޑެތި ފައިލްތައް ޝެއަރކުރުން، އެއްފަހަރާ 32 މީހުންގެ ގުރޫޕަކަށް ގުޅައިގެން ވާހަކަދެއްކުން، އެއްވެސް މީހަކަށް ނޭނގި ގުރޫޕް ދޫކޮށްލުން، ބޮޑެތި ގުރޫޕްތައް ހެދުން، އަދި އެޑްމިންއަށް ގުރޫޕްގައި ހިމެނޭ އެންމެންގެ މެސެޖުތައް ޑިލީޓް ކުރެވޭގޮތް ހެދުން ހިމެނެއެވެ.

ވަޓްސްއެޕްއަށް މިއަންނަ އަޕްޑޭޓް އާއިއެކު، ވަޓްސްއެޕް ވެގެންދާނީ ސްލޭކް އަދި ޑިސްކޯޑް ފަދަ މަޝްހޫރު މެސެޖިން އެޕަކަށެވެ.

އައިމިނަތު މިންހާ

އައިމިނަތު މިންހާ

ޓެކްނޮލޮޖީގެ އައު ހޯދުންތަކާއިއެކު ލިޔުންތެރިކަމައިގެން ކުރިއަށް ދިއުމުގެ އަޒުމުގައި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.