ސްމާޓްފޯނާއި ނުލައި އަހަރެމެންގެ ދުވަސް ކުރިއަށް ގެންދިއުމަށް މިހާރު ވަރަށް ދަތިވާނެއެވެ. މަސައްކަތުގެ މާހައުލުގައި ނުވަތަ ސްކޫލުގައްޔާއި ކޮލެޖްގައި އުޅޭ ވަގުތުގައިވެސް ސްމާޓްފޯނަކީ އެންމެ މުހިންމު އެއް ތަކެތި ކަމުގައި މިހާރު މިވަނީ ވެފައިއެވެ.
ގިނަ މީހުން ދުވާލެއްގެ މައްޗަށް މަދުވެގެން 6-5 ގަޑިއިރު ސްމާޓްފޯން އެކި ކަންކަމުގައި ބޭނުން ކުރެއެވެ. އެހެންކަމުން މިވަގުތު ތަކުގައި ސްމާޓްފޯނުން ރޭޑިއޭޝަން ބޭރުވެ އޭގެ އަސަރު އަހަރެމެންގެ ހަށިގަނޑަށް ކުރެއެވެ.
އެކި މޮޑެލްގެ ފޯނުތަކުން މި ރޭޑިއޭޝަންގެ އަސަރު ކުރާ ވަރު ތަފާތުކަން ފާހަގަކޮށްލެވެއެވެ.
ޖާމަން ފެޑަރަލް އޮފީސް އޮފް ރޭޑިއޭޝަން ޕްރޮޓެކްށަންއިން ނަގާފައިވާ މަޢުލޫމާތުގެ އެހީގައި ވިޝުއަލް ކެޕިޓަލިސްޓުން މިހާރު މާކެޓުގައި ހުންނަ ފޯނުތަކުގެ ރޭޑިއޭޝަން ބޭރުވާ އަދަދު ބަލާފައިވާ ރިޕޯޓެއް ތައްޔާރު ކޮށްފައިވެއެވެ.
މި ރިޕޯޓުގައި ހާމަކުރާ ގޮތުގައި ކޮންމެ ސްމާޓްފޯނަކުންވެސް އަބަދުވެސް ކޮންމެވެސް އަދަދެއްގެ ރޭޑިއޯފްރީކުއަންސީއެއް ބޭރުކުރެއެވެ. މިއީ ފޯނު ބޭނުންކުރާ ވަގުތުގައްޔާއި ފޯނު އިންސާނެއްގެ ހަށިގަނޑު ކައިރީގައި އޮންނަ ހުރިހާ ވަގުތެއްގައެވެ.
މި ރޭޑިއޭޝަންގެ އަސަރު ބެލުމަށްޓަކައި ބޭނުން ކުރެވިފައިވާ ޕެރަމީޓާ އަކީ ސްޕެސިފިކް އެބްސޯޕްޝަން ރޭޓް (އެސް.އޭ.އާރު) އެވެ. މިއީ އިލެކްޓްރޯ މެގްނެޓިކް އެނާޖީގެ އަދަދު އިންސާނުންގެ ހަށިގަނޑުން ބަލައިގަންނަ ވަރު ހާމަވާ ގޮތެކެވެ.
ޔޫރަޕިއަން ޔޫނިއަން ކައުންސިލްއިން ސްމާޓްފޯނުތަކަށް ކަނޑައަޅާފައިވާ ރޭޑިއޭޝަން ސްޓޭންޑަޑަކީ ކިލޯގްރާމަކަށް 2 ވޮޓްއެވެ. މިގޮތް ބޭނުންކޮށްގެން މިނެކިރާނަމަ، އެންމެ ސިގްނަލްއަކަށް އިހްސާސް ކުރެވޭނީ 10 ގްރާމެވެ.
އެސް.އޭ.އާރުގެ ހިސާބުތައް ބަލައި ދިރާސާ ކުރެވިފައިވަނީ ފޯނެއް ކަންފަތުގައި ޖަހައި ބޭނުން ކުރާ ވަގުތުގައްޔާއި ޖީބުގައި ފޯނު ބޭއްވިފައިވާ ވަގުތުތަކުގައެވެ.
އަދި މި ލިޔުމުގެ ބޭނުމަށް، ކުރީގެ ހިސާބުތައްވެސް މި ރިޕޯޓުގައި ބަލާފައިވެއެވެ.
މޮޓޮރޯލާ އެޖް ފޯނުން އެންމެ ގިނަ ރޭޑިއޭޝަން ބޭރުކުރާ އިރު، ކޮންމެ ކިލޯގްރާމަކަށް 1.79 ވޮޓްގެ ރޭޑިއޭޝަންގެ އެސް.އޭ.އާރު ވެލިއުއެއް ހުރެއެވެ. އެއީ މިވަގުތު ބާޒާރުގައި ހުރި އެހެން ގިނަ ސްމާޓްފޯން މޮޑެލްތަކަށް ވުރެން އެތައް ގުނައެއް ބޮޑު އަދި ސެލްފޯންތަކަށް އީޔޫއިން ކަނޑައަޅާފައިވާ ލިމިޓްތަކާއި ވަރަށް ކައިރި އަދަދެކެވެ.
ދެވަނައަށް ފާހަގަކުރެވެނީ އެކްސަން 11 5ޖީ ބައި ޒެޑްޓީއީ 1.59، ދެން ވަން ޕްލަސް 6ޓީ 1.55 ޑަބްލިއު/ކިލޯއާއެކު އެންމެ ގާތުން ތިންވަނައިގައި އޮތީ 1.55 ޑަބްލިއު/ކިލޯއެވެ. ސޮނީ އެކްސްޕީރިއާ އޭއެކްސް2 ޕްލަސް 1.41 އާއި ގޫގުލް ޕިކްސެލް 3 އެކްސްއެލް އަދި 3އޭ އެކްސްއެލް 1.39 ރައުންޑް އައުޓް 5 ވަނަ ބަލާއިރު ހިމެނެއެވެ.
އެންމެ ކުޑަ އެސް.އޭ.އާރް ވެލިއު އެއް ހިމެނޭ ސްމާޓްފޯނަކީ ޒެޑްޓީއީ ބްލޭޑް ވީ10، ކޮންމެ ކިލޯގްރާމަކަށް 0.13 ވޮޓްގެ ރޭޑިއޭޝަން ހިމެނޭ ސްމާޓްފޯނެކެވެ.
ސެމްސަންގް ގެ މޯބައިލް ޑިވައިސްތަކުގައި ރޭޑިއޭޝަންގެ ނުރައްކާ އެންމެ ކުޑަކަން ފާހަގަ ކުރެވެއެވެ. ގެލެކްސީ ނޯޓް 10+ އަކީ ކޮންމެ ކިލޯގްރާމަކަށް 0.19 ވޮޓްގެ ކުޑަ ކުޑަ މިނެއް ބޭރުކުރާ، އެމީހުންގެ ލައިންއަޕްގައި އެންމެ ރަނގަޅު މޮޑެލް އެވެ.
މިވަގުތު ފޯން ރޭޑިއޭޝަންގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ސާބިތުކޮށްދޭ ދިރާސާތައް އެމެރިކަން ކެންސާ ސޮސައިޓީ، ނެޝަނަލް ކެންސާ އިންސްޓިޓިއުޓް، ފެޑަރަލް ކޮމިއުނިކޭޝަން ކޮމިޝަން، އިންޓަނޭޝަނަލް ކޮމިޝަން އޮން ނޮން އައޮނައިޒިން ރޭޑިއޭޝަން ޕްރޮޓެކްޝަން ފަދަ މުއައްސަސާތަކުން ކޮށްފައިވެއެވެ. މި މަޢުލޫމާތު އެފްޑީއޭގެ ވެބްސައިޓުގައި ހާމަކޮށްފައިވެއެވެ.
ނަމަވެސް، އެމެރިކަން ކެންސާ ސޮސައިޓީއިން ހާމަކުރާ ގޮތުގައި ފޯނުން ކުރާ ރޭޑިއޭޝަންއިން މެލިގަންޓް (ކެންސަރަސް) ބްރެއިން ޓިއުމާ (ގްލިއޯމާ ފަދަ)، ނަން ކެންސަރަސް ޓިއުމާ، ނަން ކެންސަރަސް ޓިއުމާ ސިކުނޑިއާއި ކަންފަތް ގުޅިފައިވާ ނާރުތަކަށް ނުވަތަ ސަލައިވަރީ ގްލޭންޑަށް ޖެހޭ ޓިއުމާވެސް މިފަދަ ރޭޑިއޭޝަންއަށް ގިނަވަގުތު އެކްސްޕޯސްވާނަމަ ޖެހުން ގާތެވެ.
ދިގު މުއްދަތަކަށް ޑިވައިސްތަކާ ކޮންޓެކްޓްވާ މީހުން، ރޭޑިއޭޝަންގެ އެކްސްޕޯޝާ މަދުވެގެން މިންވަރު ދެނެގަނެ، އެމީހުންގެ ބޭނުންތައް ފުއްދައިދެނީ ކޮން ބްރޭންޑެއްގެ ފޯނުތަކެއްތޯ ބަލައި އެންމެ ކަމުދާ، ރަނގަޅު ފޯނެއް އިހްތިޔާރު ކުރެވިދާނެ އެވެ.
ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.