އެންޑްރޮއިޑް ފޯނު ޑިޖިޓަލް ފޮޓޯ ފްރޭމަކަށް ބަދަލުކުރާނެ ގޮތް

ހަސަން ޒަޔާން 22 އޭޕްރީލު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ގޫގުލް ފޮޓޯސް މެދުވެރިކޮށް ތިބާގެ އެންޑްރޮއިޑް ފޯނު ޑިޖިޓަލް ފޮޓޯ ފްރޭމަކަށް ބަދަލުކުރެވިދާނެއެވެ.

ތިބާގެ ފޯނު ޗާޖުކުރާއިރު ފޯނުގެ ސްކްރީން ޑިޖިޓަލް ޕޯޓޯ ފްރޭމަށް ބަދަލުކުރުމަށް އެންޑްރޮއިޑް ފޯނުގެ ސްކްރީން ސޭވަރ ފީޗަރ ބޭނުންކުރެވިދާނެއެވެ.

މި ފީޗަރ ރަގަނޅަށް މަސައްކަތް ކުރަނީ ވަޔަރލެސް ޗަރޖިންގ ފީޗަރ ހުންނަ މޮބައިލް ފޯނު ތަކަށެވެ. އެއީ ގިނަ ވަޔަރލެސް ޗާޖަރުތަކުގައި ޗަރޖް ކުރާއިރު ފޯނު ހުންނާނީ ސްޓޭންޑެއްގައި ޕްރޮޕްވެފައެވެ. ނަމަވެސް މިއީ ކޮންމެ ފަދަ ޗާޖިން މެތަޑެއް ބޭނުންކޮށްގެން (ޑޮކެއް ބޭނުންކޮށްގެން) ޗަރޖް ކުރިޔަސް މަސައްކަތް ކުރާނެ ފީޗަރއެކެވެ. އެއީ ސީދާ އޮޕަރޭޓިން ސިސްޓަމްގެ ބިލްޓް އިން، އަދި ތިބާގެ އެންމެ ފޭވަރިޓް ބައެއް ފޮޓޯތައް ދައްކާލަން ވަރަށް ތަރުތީބު، ފަސޭހަ ފީޗަރއެކެވެ.

ތިރީގައި މިވާ ސްޓެޕްސް އެވަނީ މޮޓޮރޯލާ މޮޓޯ ޖީ ސްޓައިލަސް (2022) ގައި މިފީޗަރ އެނޭބަލް ކުރާނެ ގޮތެވެ. މިފޯން ބޭނުންކުރި ނަމަވެސް ސެމްސަންގް ނުވަތަ ޕިކްސެލް ގެ މޮޑެލް ތަކުގައި މި ފީޗަރ މަސައްކަތް ކުރާނެއެވެ. އަދިޕްރޮސެސް ވަރަށް އެއްގޮތް ވާނެއެވެ. ފުރަތަމަ ސްޓެޕަކީ ދައްކާލަން ބޭނުންވާ ފޮޓޯތައް ގޫގުލް ފޮޓޯސް އަލްބަމަކަށް ލާށެވެ.

ފޮޓޯ - ދަ ވާރޖް

ދެން ސެޓިންގްސް > ޑިސްޕްލޭ

ދެން އިތުރު އޮޕްށަންސް ތައް ދެއްކުމަށް އެޑްވާންސްޑް އަށް ފިއްތާލާށެވެ.

ކަރެންޓް ސްކްރީން ސޭވަރ ފިތާ ގޫގުލް ފޮޓޯސް އެޕް އައިކަން ނަގާށެވެ. މިތަނަށް ފިތާލުމުން މެއިން ސްކްރީން ސޭވަރ މެނޫ ޕޭޖައް ދާނެއެވެ. ދެން އެތަނުން ކަރެންޓް ސްކްރީން ސޭވަރ ކައިރީ ގައިވާ ގިއަރ އައިކަން ނަގާށެވެ.

މި ތަނަށް ފިއްތާލުމުން ޕްރިފެރެންސް ތައް ޗޭންޖް ކޮށް ހެދޭނެއެވެ. މިސާލަކަށް އެނިމޭޓެޑް ޒޫމް އެފެކްޓްސް އޮން ކުރުން ނުވަތަ އޮފް ކުރުން ހިމެނެއެވެ.

ސްކްރީން ސޭވަރ އިން ދައްކާނީ ކޮން ފޮޓޯތަކެއްތޯ ސެލެކްޓު ކުރުމަށް، ފުރަތަމަ އެތަނުން ގޫގުލް އެކައުންޓް ނަގާށެވެ. ދެން ގޫގުލް ފޮޓޯސް އަލްބަމްތަކުގެ ލިސްޓެއް ފެންނާނެއެވެ. (މި އަލްބަމް ތަކުގެ ތެރޭގައި ތިބާގެ ޑިވައިސްގައި ހުރި އަލްބަމްތަކުގެ ލިސްޓެއްވެސް ފެނިދާނެއެވެ.) ހިމަނަން ބޭނުންވާ އަލްބަމް ގެ ކައިރީގައިވާ ޗެކްމާކުގައި ފާހަގަ ލާށެވެ.

ފޮޓޯ - ދަ ވާރޖް

މައި ސްކްރީން ސޭވަރ މެނޫ ޕޭޖަށް އަލުން ނެވިގޭޓް ކޮށް، ސްކްރީން ސޭވަރ އޮން ކުރާނީ ކޮން އިރަކުންތޯ ނަގާށެވެ، — ޗާޖު ކުރާއިރު، ޑޮކް ކުރާއިރު، ނުވަތަ ދެކަންތައް ވެސް ކުރާއިރުއެވެ.

މައި ސްކްރީން ސޭވަރ މެނޫ ޕޭޖަށް އަލުން ނެވިގޭޓް ކޮށް، ސްޓަރޓް ނައު ނުވަތަ ޕްރިވިއު ޓެޕް ކޮށް، ނެގި އަލްބަމް ގެ ޕްރިވިއު އެއް ބަލާލާށެވެ.

މިހާ ހިސާބުން ތިބާގެ އެންޑްރޮއިޑް ފޯނު ޑިޖިޓަލް ފޮޓޯ ފްރޭމަކަށް ހެދުނީއެވެ.

ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.