ބްރޭވް އާއި ޑަކްޑަކްގޯ އިން ގޫގްލްގެ އޭއެމްޕީ ބްލޮކްކޮށްފި

އަޙްމަދު ދާއޫދު 23 އޭޕްރީލު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޕްރައިވެސީ ރައްކާތެރިކުރުމަށް ޚާއްސަ ވެބް ބްރައުސަރ ޑަކްޑަކްގޯ އަދި ބްރޭވް އިން ގޫގުލްގެ އުފެއްދުމެއްކަމުގައިވާ އޭއެމްޕީ ބްރައުސަރ ބްލޮކްކޮށްފިއެވެ.

އޭއެމްޕީ އަކީ ޔޫޒަރުންނަށް ރައްކާތެރި ނޫން އެޕެއް ކަމަށްބުނެ އެ އެޕްލިކޭޝަން ބްލޮކް ކުރަމުންދާތީ ގޫގުލް އިން ބްރޭވް އާއި ޑަކްޑަކްގޯގެ ވާހަކަތަކަށް ވަނީ ރައްދު ދީފައެވެ. ގޫގުލްއިން ބުނީ، އޭއެމްޕީ އަކީ ޔޫޒަރުންނަށް ގޯސް އެއްޗެއް ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމުގައެވެ.

ގޫގުލް އިން 2015 ވަނަ އަހަރު އޮކްޓޯބަރ މަހުގެ 7 ވަނަދުވަހު ލޯންޗްކުރި އޯޕަން ސޯސް، އޭއެމްޕީ ޕްރޮޖެކްޓް ކުރިއަށް ގެންދިޔައީ ގޫގުލްއިން ބުނާގޮތުންނަމަ ހެޔޮނިޔަތަކާއެކުއެވެ. އެގޮތުން އެކްސެލެރޭޓެޑް މޯބައިލް ޕޭޖްސް (އޭ.އެމް.ޕީ) ބޭނުންކޮށްގެން ހަލުވި ކޮށް އަވަސްކޮށް، ސައިޓްތަކަށް އެއްވެސް ދަތިކަމެއް ނެތި އެކްސެސް ވުމަށް ފަސޭހަވެގެން ދިޔައެވެ.

އޭގެ ފަހުން ގޫގުލް އިން އެކުންފުނީގެ މި މި ޚާއްޞަ އުފެއްދުމާއި ކުޑަކޮށް ދުރަށް ދިޔަ ނަމަވެސް، އޭއެމްޕީ އަދިވެސް އެބައޮތެވެ. އޭގެ ބޭނުންކުރާ ފަރާތްތައްވެސް މަދެކޭ ނުދެންނެވޭނެއެވެ. އެހެންވެ ޕްރައިވެސީ ފޯކަސްޑް ބްރައުޒާ ބްރޭވް އަދި ޕްރައިވެޓް ސާޗް އިންޖީން ޑަކްޑަކްގޯ އިން ވަނީ އެ ދެ ބްރައުޒަރގެ ޕްރައިވެސީ ހައިކޮށް އެމީހުންގެ ޕްލެޓްފޯމްތަކުގައި އޭއެމްޕީ ބްލޮކް ކުރަން ނިންމާފަ އެވެ.

ބްރޭވް އެންޑް ޑަކްޑަކްގޯ، އެ ކަންބޮޑުވުންތައް ކިޔައިދޭ ޓުވީޓެއްގައި ބުނެފައިވަނީ އޭއެމްޕީ އަކީ ޔޫޒަރުންގެ ޕްރައިވެސީއަށް ނުރަނގަޅު އެއްޗެއް ކަމަށާއި އެޕްލެޓް ފޯމް ބޭނުންކޮށްގެން ގޫގުލް އިން ޔޫޒަރުން ޓްރެކް ކުރުމުގެ ފުރުސަތު މިހާރަށް ވުރެ ވެސް ބޮޑަށް ލިބިގެންދާ ކަމަށެވެ. އަދި މި ޓެކްނޮލޮޖީގެ ސަބަބުން އެ ކުންފުނީގެ މޮނޮޕޮލީ އިތުރަށް ސާޗްކުރުމަށް އެހީތެރިވެދޭނެ ކަމަށާއި، ޕަބްލިޝަރުންނާއި ވެބްސައިޓްތަކުން އޭ.އެމް.ޕީ ސައިޓްތައް އުފައްދަނީ ރަނގަޅު ރޭންކިންގއަކަށް އުއްމީދުގައި ކަމަށެވެ.

މީގެ އިތުރުން ބްރޭވްގެ ބްލޮގް ޕޯސްޓެއްގައި ބުނެފައިވަނީ އޭއެމްޕީ އަކީ ޕްރައިވެސީއަށް ނުރަނގަޅު އެއްޗެއް ކަމަށާއި، ވެބް މޮނޮޕޮލައިޒް ކުރުމަށް މަގުފަހިކޮށްދޭ ޕްލެޓް ފޯމެއްކަމަށެވެ. އަދި އޭ.އެމް.ޕީ އިން ޔޫޒަރުންނަށް އެމީހުން ޒިޔާރަތް ކުރަނީ ކޮން ސައިޓަކަށް ކަން ވެސް އޮޅުވާލާނެ ކަމަށާއި، އެހެނީ ޕަބްލިޝަރެއްގެ ވެބްޕޭޖްގައި އުޅޭ ކަމަށް ގަބޫލު ކުރެވޭ އިރު، އަސްލު އެ މީހުން އެތިބެނީ google.com ހިދުމަތް ދޭ ސައިޓެއްގައެވެ.

އަދި ޑީޖޭއޯއަށް ނެރުނު ރިޕޯޓެއްގައި ގޫގުލް އިން އަމިއްލައަށް ބަޔާންކޮށްފައިވާ ފަދައިން އޭއެމްޕީ ގެ ޕާފޯމަންސް އާއި ޔޫސަބިލިޓީ ގެ މައްސަލަތައް އަމިއްލަ އަށް ދިމާވެ، އޭގެ ސަބަބުން މޮބައިލް ވެބްސައިޓްތައް ރަނގަޅަށް އޮޕްޓިމައިޒް ކުރެވޭ ވަރަށް ވުރެ ބައެއް ފަހަރު އެކިއެކި އެރާތައް އަރާކަމުގަ އެވެ.

ގޫގުލްގެ ތަރުޖަމާނަކު އެންޑްރޮއިޑް ޕޮލިހަށް ދިން ބަޔާނެއްގައި މި ތުހުމަތުތަކަށް ރައްދު ދެމުން ބުނެފައިވަނީ، މި ތުހުމަތުތަކަކީ "އޮޅުވާލައިގެން، ތަފާތު އެތައް ވެބް ޕްރޮޖެކްޓްތަކަކާއި ސްޓޭންޑަޑްތަކެއް ކޮންފީޓްކޮށް، އެތައް ދޮގު ވާހަކަތަކެއް ތަކުރާރުކުރާ ތުހުމަތުތަކެއް" ކަމަށެވެ. އޭ.އެމް.ޕީ ކޭޝް ބައިޕާސް ކުރުމަކީ ޗޮއިސް ސައިޓްތަކުން ޒިޔާރަތްކުރާ ފަރާތްތަކަށް އަވަސް، އަދި ފެންވަރު ރަނގަޅު ތަޖުރިބާއެއް ފޯރުކޮށްދިނުމަށް ހަދާފައިވާ ޗޮއިސް ސައިޓްތަކާއި ޚިލާފަށް ހިނގާ ކަމެކެވެ.

"އޭއެމްޕީ އަކީ ޕަބްލިޝަރސް، ޓެކް ކުންފުނިތައް، އަދި ގޫގުލް ގުޅިގެން އުފެއްދި އޯޕަން ސޯސް ފްރޭމްވޯކެއް ކަމަށާއި، ވެބް ކޮންޓެންޓް ލޯޑް އަވަސް ކުރުމަށް އެހީތެރިވެދޭނެ ވަސީލަތެއްގެ ގޮތުގައި މި ފްރޭމްވޯކް އުފެއްދިއިރު 3ޖީ ކަނެކްޝަނެއްގައި މޯބައިލް ވެބްޕޭޖެއް ލޯޑް ކުރުމަށް ހޭދަވާނީ އެވްރެޖްކޮށް 19 ސިކުންތު ،" ތަރުޖަމާނު އިތުރަށް ތަފްސީލުކޮށްދެއްވި އެވެ.

"މިއަދު ވެސް އޭއެމްޕީ އަކީ ވެބްސައިޓްތަކާއި ޕަބްލިޝަރުންނަށް، ހާއްސަކޮށް ބޮޑެތި ޑިވެލޮޕްމަންޓް ޓީމްތަކަށް ފަސޭހަކަމާއެކު ބޮޑެތި ވެބް އެކްސްޕީރިއަންސްތައް އުފެއްދުމަށް އެހީތެރިވެދޭ މަގެއް." ތަރުޖަމާނު ވިދާޅުވިއެވެ.

'ގޫގުލްގެ ސާޗް ލިއޭޒަން ޑެނީ ސުލިވަން' ބުނާ ގޮތުގައި އޭއެމްޕީ އިން އެއްވެސް އިރެއްގައި ސާޗް ރޭންކިން އަށް ބަދަލެއް ނާންނަ ކަމަށާއި މީގެ ކުރިންވެސް އެއްވެސް އިރެއްގައި ނިއުސް ކެރޯސެލް އަށް އަސަރުކޮށްފައި ނުވާ ކަމަށާއި އަދި މިހާރު ވެސް އެޕްލެޓްފޯމްގެ އެއްވެސް ކޮލިޓީއަކަށް ބަދަލު ނާންނަ ކަމަށެވެ. ނަމަވެސް މިއިން އެއްވެސް ބޭފުޅަކު ބްރޭވް އެންޑް ޑަކްޑަކްގޯ އިން ހިއްސާކޮށްފައިވާ ޕްރައިވެސީ ކަންބޮޑުވުންތަކަށް ސީދާ ގޮތެއްގައި އެޑްރެސްކޮށްފައިނުވާއިރު، ދެބަސްވެވެން ނެތް ހަޤީޤަތަކީ ނިއުސް ކެރޯސަލްގައި ފެންނަން ހުންނަ ވެބްސައިޓަކީ އޭގެ ދަށުން އަންނަ އެހެން ނަތީޖާތަކަށް ވުރެ މަތީ ވެބްސައިޓެކެވެ.

ގޫގުލްގެ އޭއެމްޕީ ޓެކްނޮލޮޖީއަކީ އެމީހުން އެބުނާ ހެޔޮ ނިޔަތެއްގައި، އުފެއްދި ޕްލެޓް ފޯމެއް ނަމަވެސް އެޕްލެޓްފޯމަކީ ފެށުނީއްސުރެ އެއާއި މެދު ދެބަސްވުން އުފެދިފައިވާ، އަދި އިންޑަސްޓްރީ އެމީހުންނާ ދުރަށް ދާ ތަން ފެންނަ ޓެކްނޮލޮޖީއެކެވެ. ވޮކްސް މީޑިއާ ފަދަ ބޮޑެތި ޕަބްލިޝަރުން ވަނީ އޭއެމްޕީތަކަށް ހިދުމަތް ދިނުން މުޅިން ހުއްޓާލުމަށް ނުވަތަ ހުއްޓާލަން ވިސްނަމުން އަންނަ ކަމަށް ބުނެފައެވެ.

ބްރޭވްއަށް މީގެ އަހަރުތަކެއް ކުރިން އަމިއްލަ ޕްރައިވެސީ ގެ މައްސަލައެއް ދިމާވި އެވެ. މި ބްރައުޒަރ އިން އަމިއްލައަށް ރެފަރަލް ކޯޑްތައް ބައެއް ކްރިޕްޓޯކަރަންސީ ސައިޓްތަކުގެ ލިންކްތަކަށް އިންޖެކްޓްކުރާތަން ފެނިފައިވާކަމަށާއި، އޭގެ ސަބަބުން ރެފަރަލް ލިންކް ބޭނުންކޮށްގެން ސައިނިންގވާ ޔޫޒަރުންނާ ބެހޭ ކޮންމެވެސް ވަރެއްގެ ޑޭޓާއެއް އެ ކުންފުންޏަށް ބަލާލުމުގެ ފުރުސަތު އެ ކުންފުންޏަށް ލިބެއެވެ. ނަމަވެސް މީގެ ދުވަސްތަކެއް ކުރިން އެކަންވަނީ އެމީހުން ހުއްޓާލައިފައިވެ.

ޑީ-އެމްޕީ މިހާރު ބްރޭވް ބީޓާ އަދި ނައިޓްލީގައި ޓެސްޓް ކުރަމުން އަންނަ އިރު، ބްރައުޒަރގެ ދެން އޮތް ވާޝަން، v1.38، ޑެސްކްޓޮޕް އަދި އެންޑްރޮއިޑްގައި ޑި-އެމްޕް އަށް ޑިފޯލްޓް ވެގެން ދާނެއެވެ. އެގޮތުން ޑަކްޑަކްގޯ އިން މިހާރުވެސް ވަނީ އެކުންފުނީގެ ބްރައުޒާ އެކްސްޓެންޝަންތަކާއި އޭގެ މޯބައިލް އެޕްތަކުގައި އޭއެމްޕީ ޕްރޮޓެކްޝަން ގެ ހިދުމަތް ދީފައެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.