މައިކްރޯސޮފްޓުގެ އަމިއްލަ ސްޓޯރ އަށް "ޓީމްސް" އިތުރުކުރަނީ

އައިމިނަތު މިންހާ 26 އޭޕްރީލު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ނިއޯވިން ކުންފުނީގެ މަގުޗާޓު އަޕްޑޭޓަކަށް ބަލާއިރު، ވިންޑޯޒްއަށް އަންނަ މައިކްރޮސޮފްޓް ސްޓޯރުން މައިކްރޮސޮފްޓް ޓީމްސް ވަރަށް އަވަހަށް ޑައުންލޯޑް ކުރެވޭނެ އެވެ.

މިހާ ހިސާބަށް އައިއިރު މައިކްރޯސޮފްޓްގެ ވޯކް ކޮމިއުނިކޭޝަންސް އެޕް ޑައުންލޯޑް ކުރަން ޖެހިފައިވަނީ ޓީމްސް ވެބުސައިޓް މެދުވެރިކޮށެވެ.

އަންނަ މަހުގެ ކޮންމެވެސް ހިސާބަކުން ވިންޑޯސް 10 އަދި 11 އަށް ވެސް ސްޓޯރުން "ޓީމްސް" ލިބެން ހުންނާނެ އެވެ. ވިންޑޯސް 10 ގެ ވާޝަން ގައި ހިމެނެނީ، ޕާސަނަލް، ވޯކް، އަދި ސްކޫލް އެކައުންޓްތައް ބޭނުން ކުރެވޭނެ ގޮތްތަކެވެ. ވިންޑޯޒް ވާޝަން 11 ގައި މިހާރުވެސް "ޓީމްސް" ގެ ވާޝަންއެއް އޮންނަ އިރު، އެ ވާޝަން އަކީ ސްލޭކް އޯލްޓަނޭޓިވް އެއްގެ ގޮތުގައި ނޫން، އަމިއްލަ އެކައުންޓެއް ބޭނުންކޮށްގެން ރައްޓެހިންނާއި އާއިލާއާ ޗެޓް ކުރުމަށް ބޭނުން ކުރެވޭ ވާޝަން އެކެވެ.

ރީ-ޑިޒައިން ކުރުން މައިކްރޮސޮފްޓް ސްޓޯރުން ތައާރަފު ކުރި އިރު މައިކްރޮސޮފްޓް ކުންފުނިން ވަނީ މިދިޔަ އަހަރު އެ ކުންފުނީގެ ސްޓޯރަށް "ޓީމްސް" ދޭނެ ކަމަށް ވައުދުވެފަ އެވެ. އެއީ އެމޭޒަން އެޕް ސްޓޯރު މެދުވެރިކޮށް ވިންޑޯ 11 ގައި އެންޑްރޮއިޑް އެޕްތައް އިންސްޓޯލް ކުރެވޭނެ ކަން އިއުލާނު ކުރި ހިސާބުންނެވެ.

ވިންޑޯޒްއަށް ބޭނުންވާ ފަރާތްތަކަށް ވިންޑޯސްގައި ޓީމްތައް ހޯދުމަށް ފަސޭހަ ކުރުމުގެ މަސައްކަތް މައިކްރޮސޮފްޓުން ކުރަމުން އަންނަ ތަން ފެނުމަކީ ރަނގަޅު ކަމެކެވެ. އަދި ޑުއަލް ޕީސީ / މެކް ޔޫޒަރުންނަށް، އެޕަލް ސިލިކަން-ނޭޓިވް ވާޝަން އޮފް ޓީމްސް ވެސް ޓެސްޓް ކުރާ ވާހަކަ އަޑުއިވުމުން އުފާވެރިކަން ލިބިގެންދާނެއެވެ.

އައިމިނަތު މިންހާ

އައިމިނަތު މިންހާ

ޓެކްނޮލޮޖީގެ އައު ހޯދުންތަކާއިއެކު ލިޔުންތެރިކަމައިގެން ކުރިއަށް ދިއުމުގެ އަޒުމުގައި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.