ގޯސް މަޢުލޫމާތުގެ ނުފޫޒު އެމެރިކާގެ މިއަހަރުގެ އިންތިޚާބަށް؟

ޝުޖާޢަތު ރަޝީދު 29 އޭޕްރީލު 2022

މިދިޔަ އަހަރަކީ މުޅި ދުނިޔެއަށްވެސް ހުރިހާ ކަމެއް ބަދަލުވެގެން ދިޔަ އަހަރެކެވެ. ކޮވިޑް-19އިގެ ސަބަބުން ކުރިމަތިލާން ޖެހުނު އެތަކެއް އުނދަގޫތަކެއް ހުއްޓެވެ. ކޮންމެ ޤަޢުމެއްގެވެސް އިގްތިސާދަށް ހީނަރުކަން އައިސް، ގިނަ ކަންތައްތަކެއް އޮންލައިންކޮށް ކުރަންޖެހި، އިންޓަނެޓަށް ބަރޯސާ ވާން ޖެހުނެވެ. އެހެންކަމުން މަޢުލޫމާތުގެ ސައްޙަ ކަމާއި މެދު ސުވާލުތައް އުފެދެންވެސް ފެށުނެވެ.

އިންޓަނެޓުގައި ޝާޢިރުކޮށްފައި ހުންނަ ގިނަ މަޢުލޫމާތަކީ އޭގެ ސައްޙަކަން ގަބޫލުކުރަން ދަތި މަޢުލޫމާތެވެ. މިކަމުގެ ސަބަބުން ކުރިއަށް އޮތް އިންތިޚާބުގައި ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިދާނެކަމަށް އެމެރިކާގެ ގިނަ ސްޓޭޓްތަކުން ހާމަކުރެއެވެ.

ފޭސްބުކް، އިންސްޓަގްރާމް ފަދަ މީސް މީޑިއާ ބޭނުންކޮށްގެން އިންތިޚާބުގެ މައުލޫމާތުތައް ފޯރުކޮށްދީފައިވަނީ ސައްޙަ މަޢުލޫމާތު ނޫންކަމުގައި ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

މިފަހަރުގެ ލޯކަލް އަދި ގައުމީ މުހިންމު އެތައް ސަތޭކަ އިންތިޚާބަކަށް ވޯޓުލާ މީހުން ތައްޔާރަށް ތިބިއިރު، އޮފިޝަލުންނާއި، ވޯޓުލުމުގެ ހައްގުތަކަށް ވަކާލާތު ކުރާ ފަރާތްތަކުން ދަނީ، 2020 ވަނަ އަހަރުގެ ރިޔާސީ ރޭސް ގައި އޮޅުވާލުންތަކެއް އޮޅުވާލައި، ޑިމޮކްރެޓިކް ޕާޓީގެ ޖޯ ބައިޑަންގެ ކާމިޔާބީގެ ސައްހަ ކަމާއިމެދު އިތުބާރު ގެއްލިފައިވާ ކަމަށް ބުނެ، ހަގީގަތް އޮޅުވާލުމަށް މަސައްކަތް ކުރަމުން ނެވެ.

އޭގެ ނަތީޖާއަކަށްވީ، އެމެރިކާގެ އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއީދުކުރާ ރުޅިގަދަ ސަޕޯޓަރުން، އޭނާގެ އަތުން އިންތިޚާބު ވަގަށް ނެގި ކަމަށް ބުނެ، އޭނާގެ ދޮގުތައް ގަބޫލުކޮށް، ޖަނަވަރީ މަހުގެ 6 ވަނަ ދުވަހު އެމެރިކާގެ ކެޕިޓޮލް އަށް ގަދަކަމުން ވަދެގަތް މައްސަލައެވެ.

ހެމިލްޓަން ކައުންޓީ، އޮހައޯގެ އިލެކްޝަން ބޯޑުގެ ޑެޕިއުޓީ ޑިރެކްޓާ އެލެކްސް ލިންސާ ވިދާޅުވީ "2020 ވަނަ އަހަރަކީ ހުރިހާ ކަމެއް ބަދަލުވި އަހަރެއް" ކަމުގައެވެ. މިއަހަރުގެ އިންތިޚާބާއި ކުރިމަތިލަމުންދާއިރު އޭނާ ވިދާޅުވީ މިފަހަރު އިލެކްޝަން ބޯޑުތަކުން ކުރަމުންދާ މަސައްކަތް ވަރަށް ރަނގަޅަށް ކުރަންޖެހޭ ކަމަށާއި އަދި މަސައްކަތް ޓްރާންސްޕޭރަންޓްކޮށް ކުރާތަން އާންމުންނަން ދައްކަންވެސް ޖެހޭނެ ކަމަށެވެ.

ވޯޓިން އެޑްވޮކަސީ ގްރޫޕް "ކޮމަންކޯޒް"އިން ބަރޯސާވަނީ ބޯވާރސް ފަދަ އެތައް ހާސް ވޮލަންޓިއަރުންނެއް އޮންލައިންކޮށް ދައުރުވަމުންދާ ނުރަނގަޅު މަޢުލޫމާތު ދެނެގަނެ، ފޭސްބުކް، ޓުވިޓާ އަދި އެނޫންވެސް މީސްމީޑިއާ ޕްލެޓްފޯމްތަކުން އެންމެ ނުބައި ދޮގުތައް ނެރުމަށް ބާރު އެޅުމަށެވެ.

ވޯޓުލާ ވަގުތުތަކާއި، ލޮކޭޝަންތަކާއި، ޝަރުތުތަކާއި ބެހޭ ގޮތުން ދޮގު ވާހަކަތައް ދެއްކުން، މިސާލަކަށް ޓުވިޓާ އާއި މެޓާގެ ޕްލެޓްފޯމުތަކުގައި ދެއްކުންވަނީ މަނާ ކޮށްފައެވެ.

2020 ގެ އިންތިހާބުގައި މީސްމީޑިއާ ޕްލެޓްފޯމުތަކުން ސައްޙަ މަޢުލޫމާތު ކަށަވަރު ކުރެވޭނެ ގޮތްތަކެއްވަނީ އުފައްދާފައެވެ. އޭގެ ބޭނުންކޮށްގެން ގާތްގަނޑަކަށް 300 އެއްހާ މަޝްހޫރުވެގެންދިޔަ ނުރަނގަޅު މަޢުލޫމާތު ވަނީ ފާހަގަވެފައެވެ. ވަރަށް ފަހަކާ ޖެހެންދެންވެސް 100 ވޮލަންޓިއަރުންނަށް ވުރެން ގިނަ ވޮލަންޓިއަރުން ހަތަރު ގަޑިއިރުން ޝިފްޓުގައި މަސައްކަތް ކުރަމުން ގެންދިޔައީ މިފަދަ މަޢުލޫމާތުތައް ފާހަގަ ކުރުމަށެވެ.

މިއަހަރުގެ ސެނެޓް މިޑް ޓާމް ވޯޓްލުމަށް އޮހައޯ އިލެކްޝަންސްއިން ތައްޔާރުވުމަށް ވަރަށް ގިނަ ކަންތައްތަކެއް ކުރަމުންދާ ކަމުގައި އެލެކްސް ހާމަކުރިއެވެ. މީގެތެރެއިން ފާހަގަކޮށްލެވެނީ މިއަހަރުގެ އިލެކްޝަނަށް އެމީހުން ތަފާތު ވީޑިއޯއާއި ގްރެފިކްސް ތައްޔާރުކޮށްފައިވެއެވެ. މިއީ ފޭސްބުކް، އިންސްޓަގްރާމާއި ޓުވިޓާގައި ޝެއާކުރަން ތައްޔާރުކޮށްފައިވާ މީޑިއާތަކެކެވެ.

މިމީޑިއާ ސީރީސަށް ދެވިފައިވާ ނަމަކީ މިތްބަސްޓާސްއެވެ. މި މީޑިއާތަކުގައި ކިޔާދީފައިވަނީ ވޯޓް ގުނުމުގައި ދިމާވާ ބައެއް ދަތިތަކާއި، އޮޑިޓް ކުރުން ކުރިއަށް ގެންދާ ގޮތާއި، ޕްރޮވީޝަނަލް ބެލޮޓް މަސައްކަތް ކުރާ ގޮތެވެ. މިދިޔަ އަހަރުވެސް އިލެކްޝަން ބޯޑަށް އެތަކެއް ބައެއް އީމެއިލްގެ ޒަރިއްޔާއިންވެސް ނުރުހުން ފާޅުކޮށްފައިވެއެވެ.

އެރިޒޯނާގައި ޖީއޯޕީ ލޯމޭކާސް މިދިޔަ އަހަރު ސައިބާ ނިންޖާސް ކިޔާ ފާމެއް ބޭނުންކޮށްގެން 6 މަސް ވަންދެން އިންތިހާބުގެ ދިރާސާތައް ކޮށްފައިވެއެވެ. މިއީ ޓްރަމްޕް ބަލިވެފައިވަނީ އިންތިހާބަށް ނުފޫޒު ފޯރުވައިކަމަށް ބުނެއެވެ. ނަމަވެސް އެމީހުންގެ ދިރާސާއިން ހާމަވެގެން ދިޔައީ މިހާރުގެ ރައީސް ބައިޑަން އިންތިހާބުން މޮޅުވެފައިވަނީ 360 ވޯޓުގެ ނިސްބަތުން ޓްރަމްޕަށްވުރެން ކުރިއަރައިގެންނެވެ.

ތަފާތު ދިރާސާތަކުން ހާމަކުރާ ގޮތުގައި މިއަހަރުގެ އިންތިޚާބުގައި ނަތީޖާތަށް ބަދަލުކޮށް އަނެއްކޮޅަށް ވޯޓުދޭނީ ޕެންސަލްވޭނިއާ، ޖޯޖިއާ، ވިސްކޮންސިން، އެރިޒޯނާ، ނެވާޑާ، ނޯތު ކެރޮލީނާ، ނިއު ހެމްޕްޝަޔާ، ފްލޮރިޑާ، އޮހައޯއާއި މިސޯރީންނެވެ.

ފާހަގަ ކުރެވެނީ މީސްމީޑިއާގެ ސަބަބުން ކޮންމެ ޤަޢުމެއްގެ އިންތިޚާބަށްވެސް ވަރަށް ބޮޑެތި އަސަރުތަކެއް ކުރާކަމެވެ. "އައި ވޯޓެޑް" ސޯޝަލް ނޯމްއިން ފެށިގެން ގޮސް އެތަކެއް ކަމެއް މީސްމީޑިއާގައި ހާމަކުރުމުން ވޯޓު ލާމީހުންގެ އަދަދަށްވެސް ބަދަލުތަކެއް އެބަ އާދެއެވެ.

އެމެރިކާގެ މިއަހަރުގެ ސެނެޓް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 8 ގައެވެ.

މީސްމީޑިއާ ޕްލެޓްފޯމްތަކުގައި އިންތިޚާބާއި ބެހޭގޮތުން މުޢާމަލާތްކޮށް، ކޮންމެ މީހެއް އެމީހެއްގެ ވިސްނުން ހާމަކޮށް ބަހުސްވެސް ކުރަމުން ދެއެވެ. އިންތިޚާބުތައް ކައިރިވުމުން މީސްމީޑިއާގައި ހަމައެކަނި ފެންނަނީ އިންތިޚާބާއި ގުޅުން ހުރި މީޑިއާތަކާއި ހަބަރުކަންވެސް ފާހަގަކުރެވެއެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.