ދުނިޔޭގެ އެންމެ ބޮޑު އިންޓަނެޓު ވިޔަފާރި ކުންފުނިކަމަށްވާ އެމެޒޯންއަށް މާލީގޮތުން ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހިއްޖެއެވެ. މިއީ ވޭތުވެ ދިޔަ 8 އަހަރުގެ ތެރޭގައި އެކުންފުންޏަށް މިފަދަ ގެއްލުމަކާއި ކުރިމަތިލާން ޖެހުނު ފުރަތަމަ ފަހަރުވެސް މެއެވެ.
އެމެޒޯން އިން އިއްޔެ ހާމަކޮށްފައިވާ ގޮތުގައި މުޅި ދުނިޔެއަށް ކުރިމަތިވި އާލަމީ ވަބާކަމަށްވާ ކޮވިޑްގެ ޕެންޑެމިކުގެ ސަބަބުން ހީނުކުރާ މިންވަރަށް އިތުރުވެގެން ދިޔަ އިންޓަނެޓު ވިޔަފާރި މިހާރު ވެއްޓި ދަށްވަމުންދާއިރު މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ވިޔަފާރިން އެކުންފުންޏަށްވަނީ ތިން ޕަސެންޓް ގެއްލުމަކާއި ކުރިމަތިލާން ޖެހިފައެވެ.
އިންޓަނެޓްގެ ވިޔަފާރި ދަށްވެގެން ދިޔަނަމަވެސް އެކުންފުނިން ހިންގަމުންގެންދާ ކްލައުޑް ކޮންޕިއުޓިންގް އާއި އިސްތިހާރުކުރުން ފަދަ އެހެނިހެން ވިޔަފާރިތަކަށް އަދި އެއްވެސް ގެއްލުމެއް ނުވެ ވަރުގަދަކޮށް ކުރިއަށްދާކަމަށް އެކުންފުނިން ހާމަކުރެއެވެ.
އެމެޒޯންގެ ޗީފް އެގްޒެކެޓިވް އޭންޑީ ޖެއްސީ ވިދާޅުވާ ގޮތުގައި ކޮވިޑާއި ގުޅިގެން މުޅި ދުނިޔެއަށް ކުރިމަތިވި ޕެންޑެމިކު ކަންތައް ނިމުމާއި އަދި މިހާރު މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާ ޔޫކްރެއިނު ހަނގުރާމައިގެ ސަބަބުން އެކުންފުނީގެ ވިޔަފާރީގެ ކުރިއެރުންތަކަށް ބަދަލުތަކަކާއި ގޮންޖެހުންތަކެއް ކުރިމަތިވެފައި ވެއެވެ.
ދުނިޔޭގެ ގިނަބައެއްގެ މަޤްބޫލްކަން ހޯދާފައިވާ އިންޓަނެޓް ވިޔަފާރި ކުންފުނި، އެމެޒޯންއިން ހާމަކުރި އެކުންފުނީގެ މިއަހަރުގެ ފުރަތަމަ ކުއާޓާރގެ މާލީ ތަފާތު ހިސާބުތަކުގެ ސަބަބުން އެމެރިކާގެ އޮންލައިން ވިޔަފާރިތަކާއި މެދު އިންވެސްޓަރުންގެ މެދުގައި އޮތް ކަންބޮޑުވުންތައްވަނީ އިހުނަށްވުރެ ބޮޑުވެ، އިތުރުވެގެން ގޮސްފައެވެ.
ޓެކްނޮލޮޖީގެ އައު ހޯދުންތަކާއިއެކު ލިޔުންތެރިކަމައިގެން ކުރިއަށް ދިއުމުގެ އަޒުމުގައި