ސެމްސަންގް ގަޑި 4 އަށް ގޫގުލް އެސިސްޓެންޓް ތަޢާރަފްކުރަނީ

ހަސަން ޒަޔާން 30 އޭޕްރީލު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އެންމެ މޮޅު އެންޑްރޮއިޑް ސްމާޓްވޮޗް، ސެމްސަންގް ގެލެކްސީ ވޮޗް 4 އަށް ގޫގުލް އެސިސްޓެންޓުގެ ހިދުމަތް ތަޢާރަފްކުރަނީއެވެ. މިިކަން އެނގިފައިވާ ގޮތަކީ ވެރިޒޮން އިން އެކުންފުނީގެ ގެލެކްސީ ވޮޗް 4 ސަޕޯޓް ޕޭޖް އަޕްޑޭޓްކުރިއިރު، ގޫގުލް އެސިސްޓެންޓް އިންޓަގްރޭޝަން ސްމާޓްވޮޗްއަށް ގެނެސްދޭ އާ ސިސްޓަމް އަޕްޑޭޓެއް ލިސްޓްކޮށްފައެވެ. ނަމަވެސް އެ ޕޭޖު އުވާލައި، ގޫގުލް އިން ވެސް ވަނީ އެ ފީޗާ އޭރު ރޯލް އައުޓް ނުކުރާނެކަމަށް ބުނެފައެވެ.

ވޮޗް 4 އަށް ގޫގުލް އެސިސްޓެންޓް ރޯލް ވިނަމަވެސް ސެމްސަންގުގެ ބިކްސްބީ އަދިވެސް ބޭނުންކުރެވޭނެއެވެ.

ގޫގުލް އެސިސްޓެންޓްގެ ފައިދާ އެންމެންނަށް ވެސް އެނގެއެވެ. ހަޤީޤަތުގައި ގޫގުލް އެސިސްޓެންޓް ސެމްސަންގު ގެ ސްމާޓް ގަޑިތަކަށް އަންނާނެ ވަގުތެއްގެ އިންތިޒާރުގައި ވަރަށް ގިނަ ޔޫޒަރުންތަކެއް އެބަ ތިއްބެވެ.

ގެލެކްސީ ވޮޗް 4 އަށް މި ފީޗާ އަންނާނެ ވަކި ވަގުތެއް އަދި ކަނޑައެޅިފައި ނުވި ނަމަވެސް، ސެމްސަންގްގެ ސްޕެނިޝް ޔޫޓިއުބް ޗެނަލްގައި ޕޯސްޓްކޮށްފައިވާ ގެލެކްސީ ވޮޗް 4 ގެ އިސްތިހާރެއްގައި މި ފީޗާ ވަނީ ސްޕޮޓްލައިޓް ނަގާފަ އެވެ. ނަމަވެސް އެ އިޝްތިހާރުވެސް އެ ޗެނަލުން މިހާރު ވަނީ ޕްރައިވެޓް ވީޑިއޯ އަކަށް ހަދާފައެވެ.

އެ ވީޑިއޯގައި ދައްކުވައިދެނީ ގޫގުލް އެސިސްޓެންޓް ޓްރިގަރ ވޯޑް "ހޭ ގޫގުލް" ބޭނުންކޮށްގެން ޔޫޓިއުބް މިއުޒިކްގައި މިއުޒިކް ކުޅުމަށް މީހަކު އޭނާގެ ގެލެކްސީ ވޮޗް 4 އަށް އެދޭ މަންޒަރެވެ.

ހަޤީގަތުގައި ގޫގުލް އެސިސްޓެންޓަކީ ބިކްސްބީ އަށް ވުރެ މާ ޔޫޒަރ ފްރެންޑްލީ އަދި ފީޗަރ ގިނަ އެސިސްޓެންޓެކެވެ. ވީމާ ސެމްސަންގް ވޮޗް 4 އަށް މި ފީޗާރ ގެނައުމަކީ ވަރަށް ގިނަ ޔޫޒަރުންނެއް ގަޔާވާނެ ފީޗާރ އެކެވެ.

ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.