ނެޓްފްލިކްސްއިން ޚަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެތް އަޅަނީ

ދިވެހިރާއްޖޭގެ އެންމެ ގިނަބަޔަކު އަދި މުޅި ދުނިޔޭގެވެސް އެންމެ ގިނަބަޔަކު ބޭނުންކުރަމުން ގެންދާ ދުނިޔޭގެ އެންމެ ބޮޑު ސްޓްރީމިން ސާވިސް ކަމަށްވާ ނެޓްފްލިކްސް އަށް މި އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި 2 މިލިއަން ކަސްޓަމަރުން ނުވަތަ ސަބްސްކްރައިބާސް ގެއްލިގެންދާނެ ކަމަށް އެކުންފުނިން ހާމަ ކުރުމާއި އެކު އެކުންފުނީގެ ޙަރަދުތައް ކުޑަކުރުމަށް ބުނެ ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ.

މިގޮތުން ބޭރުގެ ބައެއް މީޑިޔާތަކުން ރިޕޯރޓްކޮށްފައިވާ ގޮތުގައި އެ ކުންފުނީގެ އުފެއްދުންތައް އިޝްތިހާރުކޮށް، މާކެޓްކުރާ ޓީމެއް ކަމަށްވާ "ޓުޑުމް" ޕްލެޓްފޯމުގެ މުވައްޒަފުންތަކެއް ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. ހަމަ މި އާއިއެކު އެކުންފުނިން މިހާރު އަންނަނީ ގިނަ އަދަދެއްގެ ފިލްމުތަކާއި އަދި ސީރީޒްތައް ވެސް ކެންސަލުކުރަމުންނެވެ.

ނެޓްފްލިކްސްގެ މާކެޓިން ޑިޕާޓްމަންޓް ރީ- ސްޓްރަކްޗާކުރުމުގެ މަސައްކަތުގެ ދަށުން ކަމަށްބުނެ އެ ކުންފުނީގެ އުފެއްދުންތައް އިޝްތިހާރުކޮށް، މާކެޓްކުރާ ޓީމެއް ކަމަށްވާ "ޓުޑުމް" ޕްލެޓްފޯމުގެ ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކި ކުރުމާއި ގުޅިގެން ، އެމުއައްޒަފުން ގެންދަނީ ސޯޝަލް މީޑިޔާގެ ތަފާތު ޕްލެޓް ފޯމްތައް ބޭނުންކޮށްގެން ނެޓްފްލިކްސް އާއި މެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އައިމިނަތު މިންހާ

އައިމިނަތު މިންހާ

ޓެކްނޮލޮޖީގެ އައު ހޯދުންތަކާއިއެކު ލިޔުންތެރިކަމައިގެން ކުރިއަށް ދިއުމުގެ އަޒުމުގައި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.