އެޕަލް އިން މާރިޗުގަ އައިފޯން އަދި މެކްއަށް ރަނގަޅު ރިކޯޑެއް

ސަޕްލައިތައް ހިފެހެއްޓުމާއި އަގުތައް އުފުލުމާއި މެދު ފާރަވެރިވާ ފަރާތްތަކާއި މުޢާމަލާތްކުރަން ޖެހުނު ނަމަވެސް، މިއަދު އެޕަލްއިން ވަނީ އޭގެ ތާރީޚުގައި އެންމެ ރަނގަޅު މާރިޗު ކުއާޓަރ ރިޕޯޓުކޮށްފައެވެ. ކުންފުނީގެ ދެވަނަ ކުއާޓާގައި ލިބުނު އާމްދަނީގެ އަދަދު 97.3 ބިލިއަން ޑޮލަރަށް އަރައެވެ. މި އާމްދަނީގެ 25 ބިލިއަން ޑޮލަރުގެ ފައިދާއާއި، ހިއްސާއަކަށް ލިބޭ އާމްދަނީއެއްގައި 1.52 ޑޮލަރު އަގުކުރެވެއެވެ.

އެޕަލްއިން ވަނީ އޭގެ އައިފޯނާއި، މެކް އަދި ވެއަރަބަލް/ހޯމް/އެސެސަރީ ބައިގެ މާރިޗު ކުއާޓާގެ ރިކޯޑެއް ހަދާފައެވެ. އެޕަލްގެ އެކިއެކި ޚިދުމަތްތައް ބޭނުންކުރާ ފަރާތްތަކުގެ އަދަދު ވަނީ 825 މިލިއަން މީހުންގެ އާ އަދަދަކަށްވެސް އަރާފައެވެ. "އެންމެ ފަހުގެ 7 މެކް ކުއާޓާ ވަނީ ތާރީޚުގައި އެންމެ މަތީ 7 ކުއާޓާތައް ކުރިއަރައިގެން ގޮއްސަ،" ސީއެންބީސީއަށް މައުލޫމާތު ދެމުން އެޕަލްގެ ސީއީއޯ ޓިމް ކުކް ބުނެފައި ވެއެވެ. ނަމަވެސް ދެވަނަ ކުޢާޓާގައި އައިޕެޑް އާމްދަނީއަށް މަޑުޖެހުމެއް އައި ތަން ފެނިފައި ވާއިރު، މި އާމްދަނީ އަށް ވަނީ އަހަރަކަށް ވުރެ އަހަރެއް މަޑުޖެހެން ފަށާފައެވެ. މިކަން ކުކް ގުޅުވާފައި ވަނީ 'ވަރަށް ބޮޑަށް ސަޕްލައި ހިފެހެއްޓިގެން' ދިޔުމަށެވެ.

އައިފޯނުގެ އާމްދަނީ އިތުރުވުން އައިސްފައި ވަނީ، މިދިޔަ އަހަރުގެ ދެވަނަ ކުޢާޓާގައި ފެނިގެން ދިޔަ އައިފޯނުގެ ވަރުގަދަ ޑިމާންޑަށްވެސް ފަހުގައެވެ. އެ ކުޢާޓާގައި ޑިމާންޑް އެހާ ވަރުގަދަވެގެން ދިޔައީ ހަރީފު މޫސުމުގެ ތަންކޮޅެއް ފަހުކޮޅުގައި އައިފޯން 12 ގެ ސީރީޒް ނެރުމާއި ގުޅިގެންނެވެ. މި މާޗް ކުއާޓާގައި އެޕަލްއިން ތަޢާރަފްކުރި އާ އުފެއްދުންތަކުގެ ތެރޭގައި ތިންވަނަ ޖީލުގެ އައިފޯން އެސްއީއާއި، ފެހި ކުލައިގެ އައިފޯން 13 އަދި އައިފޯން 13 ޕްރޯގެ އިތުރުން، ބާރުގަދަ މެކް ސްޓޫޑިއޯ ޑެސްކްޓޮޕްގެ އިތުރުން 5 ކޭ ސްޓޫޑިއޯ ޑިސްޕްލޭއެއް ހިމެނޭ އެކްސްޓާނަލް މޮނީޓަރ ހިމެނެއެވެ.

ޖަނަވަރީ މަހުގައި ކުންފުނިން ވަނީ މާރިޗު ކުއާޓާގައި ސަޕްލައި ޗެއިންއަށް ކޮންމެވެސް ވަރަކަށް ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް އަންދާޒާކޮށްފައެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން ޗައިނާއިން ފުރަބަންދުގެ ހާލަތު އިތުރަށް ވަރުގަދަކުރަމުން ދާތީ، ކުރިއަށް އޮތް މަސްތަކުގައި އޭގެ ސަބަބުން ސަޕްލައި ޗެއިން މިހާރަށް ވުރެ ބޮޑު މައްސަލައަކަށް ވެގެން ދިޔުމަކީ އެކަށީގެންވާ ކަމެކެވެ.

އެޕަލްގެ މެކް ލައިނަޕްއަށް މިހާރު ދަނީ ތަންތަނަށް ފޮނުވުމުގައި ލަސްތަކެއް ވުމުގެ މައްސަލަތައް ކުރިމަތިވަމުންނެވެ. އެންމެ ފަހުން ނެރުނު އެމް 1 އަލްޓްރާ ޗިޕް ހިމެނޭ މެކް ސްޓޫޑިއޯ ފޯރުކޮށްދެވޭނެ ތާރީޚެއްގެ ގޮތުގައި މިހާރު އަންދާޒާކޮށްފައި ވަނީ ޖުލައި ފަހުކޮޅަށެވެ. 14 އިންޗިއާއި 16 އިންޗީގެ އެތައް މެކްބުކް ޕްރޯތަކުގެ ކޮންފިގަރޭޝަންތަކަށް، މިހާރު އޯޑަރު ދެއްވާ ފަރާތްތަކުން ޖޫން މަހަށް ނުވަތަ އެއަށްވުރެ ފަހަށް މަޑުކުރަން ޖެހޭތަން ފެނިގެން ދިޔުމަކީ އެކަށީގެންވާ ކަމެކެވެ.

އެޕަލްއިން ޖޫން މަހުގައި ބާއްވާ ވޯލްޑްވައިޑް ޑެވެލޮޕާސް ކޮންފަރެންސް (ޑަބްލިއުޑަބްލިއުޑީސީ) ގައި އައިއޯއެސް، އައިޕެޑްއޯއެސް، މެކްއޯއެސް އަދި ޑީވީއޯއެސް އަށް ކުރިއަށް ހުރި ބޮޑެތި އަދާހަމަތަކުގެ ފުރަތަމަ ފެނިލުމެއް ދައްކާލާނެއެވެ. އެޕަލްގެ ކެމްޕަހަށް ދެވޭ މަދު މެހެމާނުންގެ މައްޗަށް އެކުލެވޭ ގްރޫޕެއް ފިޔަވާ ދެން ހުރި އެންމެނަށް މި ކޮންފަރެންސްގައި ބައިވެރިވާން ޖެހޭނީ އޮންލައިންކޮށެވެ. މި ކޮންފަރެންސް ފާއިތުވެ ދިޔަ 2 އަހަރުގައިވެސް ބާއްވާފައި ވަނީ މިގޮތަށެވެ.

އާ އުފެއްދުންތަކާއި ސޮފްޓްވެއާތަކަށް ވުރެ ދުރަށް ނަޒަރެއް ހިންގާލާއިރު، އެޕަލް އިން ދަނީ އެޕް ސްޓޯއާއި އައިފޯން ސޮފްޓްވެއަރ ސިސްޓަމަށް އޮންނަ ކޮމްޕްރެހެންސިވް ބާރުތަކަށް ގޮންޖެހުންތަކެއް ކުރިމަތިވަމުންނެވެ. އީޔޫ ގެ ޤާނޫނުތަކުގެ ސަބަބުން ސައިޑްލޯޑުކުރުމަށާއި ތިންވަނަ ފަރާތުގެ ސޮފްޓްވެއަރ ސްޓޯތަކަށް ހުއްދަ ދޭން ކުންފުންޏަށް މަޖުބޫރުވެގެން ދިޔުމަކީ އެކަށީގެންވާ ކަމެކެވެ. ޑޭޓިންގ އެޕްތައް ފަދަ އެޕްތަކަށް ތިންވަނަ ފަރާތެއް މެދުވެރިކޮށް ފައިސާ ދެއްކުމުގެ ހުއްދަ ވަނީ ކުންފުނިން ދީފައެވެ.

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.