ފޯނުގެ ވިޔަފާރީގައި އަދިވެސް ދެގޮތެއްނުވެ ފައިތިލަ ސާބިތުކުރަމުންދާ މޮޓޮރޯލާ ކުންފުނިން ނެރުނު ސްނެޕްޑްރެގަން 8 ޖެން 1 ގެ ފުރަތަމަ ފޯނު އެޖް އެކްސް 30 އަށް ފަހު، އެފޯނުވެސް ބީޓްކޮށްލާފަދަ ފޯނެއް ނެރެން ނިންމައިފިއެވެ.
ސްނެޕްޑްރެގަން 8 ޖެން 1 ޕްލަސް ގެ ފުރަތަމަ ފޯނުގެ ގޮތުގައި މޮޓޮރޯލާ އެޖް 30 އަލްޓްރާނެރުމަށް އެ ކުންފުނިން ތައްޔާރުވަމުން ދާއިރު އެފޯނު ވެގެންދާނީ އަދި މިހާތަނަށް ނެރުނު އެންޑްރޮއިޑް އެހެން ހުރިހާ ފޯނުތަކެއް ބީޓްކޮށްލާ ފަދަ ހިތްގައިމު ރީތި ފޯނުކަމުގައި މިފަދަ ދިރާސާތައް ކުރާފަރާތްތަކުން ދަނީ ބުނަމުންނެވެ.
ސްނެޕްޑްރެގަން 8 ޖެން 1 ޕްލަސް މި މަހު ފަހުކޮޅު ތައާރަފުކުރާނެ ކަމަށް ބެލެވޭއިރު، ޖޫން މަހު އެފޯނު ބާޒާރަށް ނެރޭނެކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ. ބެލެވޭ ގޮތުގައި ފްލެގްޝިޕް ޗިޕްސެޓް ސްމާޓްފޯނެއްގައި އޮރިޖިނަލް އިކްޕްމެންޓް މެނެފެކްޗަރ (އޯއީއެމް) ހިމަނާ ފުރަތަމަ ފޯނަށް މިފޯނު ވެގެންދާނެއެވެ.
ޗައިނާގެ މިފަދަ ކުންފުނި ތަކާއި ހަވާލާދީ ޓެކް ރިޕޯޓްތައް ބުނާގޮތުގައި މޮޓޮރޯލާ އަކީ ސްނެޕްޑްރެގަން 8 ޖެން 1 ޕްލަސް ޕަވަރގެ ޑިވައިސްއެއް ލޯންޗުކުރި ފުރަތަމަ އޯއީއެމް އެވެ.
މޮޓޮރޯލާ އެޖް 30 އަލްޓްރާ އަކީ ސްނެޕްޑްރެގަން 8 ޖެން 1 ޕްލަސް ހިމެނޭ ފުރަތަމަ ސްމާޓްފޯނަށް ވުމުން އެފޯނާ މެދު ފޮނި އުންމީދުތަކެއް ކުރެވޭ އިރު، އެ ކުންފުނިން ވަނީ މޮޓޮރޯލާ އެޖް އެކްސް 30 ވެސް ޑިސެމްބަރު މަހު ފަހުކޮޅު ނެރޭނެކަމުގެ އިޝާރާތެއް ކޮށްފައެވެ.
މޮޓޮރޯލާ އަށް ފަހު ޝޯމީ، ވަން ޕްލަސް އަދި ސޮނީ ފަދަ ކުންފުނިތަކުން ސްނެޕްޑްރެގަން 8 ޖެން 1 ޕްލަސް އިން ޕަވަރ އުފައްދާ ފޯނުތައް ފުރަތަމަ ފަހަރަށް ތައާރަފު ކުރާނެ ކަމަށް ބެލެވެ އެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.