އޮންލައިން ގޭމާއި ފުޑްއެޕް ތަކުން އޮބީސިޓީ އިތުރުވަނީ

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ


ކުޑަކުދިން ޑެލިވަރީ އެޕްތައް ބޭނުންކުރާ ގޮތާއި އޮންލައިން ގޭމިންގެ މަގުބޫލުކަން އިތުރުވަމުން ދިއުމަކީ މުޅި ޔޫރަޕްގައި އޮބީސިޓީ އަށް އަސަރު ކޮށްފާނެ ކަމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.

"ޑަބްލިއުއެޗްއޯގެ ޔޫރަޕިއަން ރީޖަނަލް އޮބޭސިޓީ ރިޕޯޓް 2022" ގައި ބުނެފައިވަނީ ބަރުދަން އިތުރުވުމާއި އޮބީސިޓީ ރޭޓް "އެޕިޑެމިކް ރޭޝިއޯ" އަށް އަރާފައިވާ ކަމަށާއި، ޔޫރަޕަށް ވުރެ އޮބީސް ބޮޑެތި މީހުންގެ ނިސްބަތް މަތިވަނީ ހަމައެކަނި އެމެރިކާ މީހުންނަށް ކަމަށެވެ. އެގޮތުން ބޮޑެތި މީހުންގެ ތެރެއިން 60 އިންސައްތަ މިހުންނާއި ކުޑަކުދިންގެ ތެރެއިން ތިންބައިކުޅަ އެއްބައި ކުދިންނަކީ ބަރުދަން އިތުރު ނުވަތަ އޮބީސް ކުދިންނެވެ.

މި މައްސަލަ އަކީ ޔޫރަޕްގައި އަހަރަކު 1.2 މިލިއަން މީހުން މަރުވާ މައްސަލައެކެވެ. އަދި މަރުވާ މީހުން ގެ ތެރެއިން 13 އިންސަށްތަ މީހުންނަކީ ކެންސަރު ޖެހިގެން މަރުވާ މީހުންނެވެ.

އޮބީސިޓީ އަކީ "ކޮމްޕްލެކްސް ޑިޒީޒް" އެއް ކަމަށާއި ސިއްހަތަށް ރަނގަޅު ނޫން ކާނާ އާއި ޖިސްމާނީ ހަރަކާތްތައް މަދުވުމުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ވަރަށް ވުރެ މާ ގިނަ އަދަދަކަށް އޮބީސިޓީ އަށް އަސަރު ކުރާ ކަމަށެވެ. ހަށިގަނޑުގެ ފެޓް ގިނައިން އުފުލެވުމަކީ ކެންސަރުގެ ބާވަތެއް ކަމަށްވާ ޓައިޕް-2 ޑައިބެޓީސް، ހިތުގެ މައްސަލަތައް އަދި ފުއްޕާމޭގެ ބަލިތައް ފަދަ ގިނަ ބަލިތައް ޖެހުމުގެ ފުރުސަތު އިތުރުކޮށްދޭ ކަމެކެވެ. އަދި އެއީ ނުކުޅެދުންތެރިކަން މެދުވެރިވާ މައިގަނޑު ސަބަބު ކަމަށް ވެސް ރިޕޯޓުގައި ވެ އެވެ.

ޔޫރަޕަށް ކަނޑައަޅުއްވާފައިވާ ޑަބްލިއުއެޗްއޯގެ ރީޖަނަލް ޑިރެކްޓަރު ޑރ ހާންސް ކްލޫގޭ ވިދާޅުވާ ގޮތުގައި އޮބީސިޓީއަކީ ދުނިޔޭގެ އެއްވެސް ސަރަހައްދެއް، އެއްވެސް ބައްރެއް ތަފާތުވުމެއް ނެތް ކަމެކެވެ. "އަޅުގަނޑުމެންގެ ސަރަހައްދުގެ ޤައުމުތަކަކީ ހީވެސް ނުކުރާހާ ތަފާތު ޤައުމުތަކެއް ނަމަވެސް ކޮންމެ ޤައުމަކީ ވެސް ކޮންމެވެސް މިންވަރަކަށް ގޮންޖެހުން ބޮޑު ޤައުމުތަކެއް. އެކަމަކު ހަރުދަނާ ސިއްހީ ނިޒާމުތަކެއް އުފައްދައިގެން މި ސަރަހައްދުގެ އޮބީސިޓީ މިސްރާބު ބަދަލު ކޮށްލެވިދާނެ" ތަފްސީލް ދެއްވަމުން އޭނާ ވިދާޅުވެފިވެއެވެ.

އިނގިރޭސިވިލާތުގެ ދިރާސާތަކުން ދައްކާ ގޮތުގައި ޓޭކްއަވޭ ކެއުން ކެއުމުގެ މާނައަކީ ގޭގައި ތައްޔާރުކުރާ ކާނާއަށް ވުރެ ދުވާލަކު އެވްރެޖްކޮށް 200 ކެލޮރީ ގިނައިން ބޭނުންކުރުމެވެ. މިކަމުން ދޭހަވަނީ ހަފްތާއެއްގެ ތެރޭގައި ކުޑަކުއްޖަކު އިތުރު ދުވަހެއްގެ ކެލޮރީއާ އެއްވަރުގެ ކެލޮރީއެއް ކެއުމެވެ.

ކަން މިހެން އޮތްކަމުގައި ވިޔަސް ޔޫރަޕިއަން ކޮންގްރެސް އޮން އޮބެސިޓީގައި ހުށަހަޅާފައިވާ ރިޕޯޓުގައި ވެސް ދައްކާ ގޮތުގައި އޮންލައިންކޮށް ކާނާ އާއި ކެއުން ޑެލިވަރީ ކުރުމުގެ ނިޒާމުތައް ހެޔޮ ގޮތުގައި ބޭނުންކޮށްގެން ޑައިޓްތަކާއި ދުޅަހެޔޮ ކާނާ ލިބުމާއި ދުޅަހެޔޮކަން ރަނގަޅު ކުރެވިދާނެ އެވެ.

އައިމިނަތު މިންހާ

އައިމިނަތު މިންހާ

ޓެކްނޮލޮޖީގެ އައު ހޯދުންތަކާއިއެކު ލިޔުންތެރިކަމައިގެން ކުރިއަށް ދިއުމުގެ އަޒުމުގައި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.