މިހާރު ވަޓްއެޕްސް މެސެޖު ރިއެކްޓް ކުރެވޭނެ

ދިވެހިންގެ ތެރޭގައި އަދި މުޅި ދުނިޔޭގައިވެސް އެންމެ މަޤްބޫލް އެއް މެސެޖު މީސްމީޑިޔާ އެޕްލިކޭޝަނެއް ކަމަށްވާ ވަޓްއެޕްސްއިން ކުރާ މެސެޖުތައް ރިއެކްޓްކުރެވޭ ގޮތަށް އެ އެޕްލިކޭޝަނަށް ބޮޑު ބަދަލެއް ގެނެސްފިއެވެ.

މިވަގުތައް މިބަދަލު ގެނެސްފައިވަނީ ހަމަ އެކަނި ފޭސްބުކުގައި ކުރާ މެސެޖުތަކަށް ރިއެކުޓް ކުރެވޭ ގޮތަށް ކުރެވޭ ރިއެކްޓިން މެސެޖަކަށް ވީނަމަވެސް ކުރިއަށް އޮތްތަނުގައި ބޭނުން އެމޯޖީއަކުން ރިއެކްޓް ކުރެވޭ ގޮތަށް ބަދަލު ގެންނާނެކަމަށް ފޭސްބުކާއި އަދި ވަޓްސްއެޕްހިންގަމުން ގެންދާ މައި ކުންފުނި "މެޓާ" އިން މަޢުލޫމާތު ދީފައިވެއެވެ.

ވަޓްއެޕް ހިންގާ ކުންފުނި "މެޓާ" އިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި މިވަގުތު ވަޓްސްއެޕް ޗެޓް ގްރޫޕްތަކުގައި ގިނަވެގެން 256 މީހުން ތިބެވޭ ގޮތަށް އޮތް ނަމަވެސް ކުރިމަގުގައި 512 މީހުންނަށް ޗެޓް ގްރޫޕެއްގައި ތިބެވޭ ގޮތަށް ބަދަލުކުރެވިގެން ދާނެއެވެ.

އެވްރެޖުކޮށް މަހެއްގެ މައްޗަށް ގާތްގަޑަކަށް ދެ މިލިޔަނެއްހާ މީހުން ބޭނުން ކުރަމުން އަންނަ މި ވަޓްސްއެޕް އެޕްލިކޭޝަނަށް މި ގެނައި ބޮޑު ބަދަލުގެ ތެރޭގައި މީގެ ކުރިން 100 އެމްބީގެ ފައިލް ފޮނުވޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް މިހާރު 2 ޖީބީގެ ފައިލްތައް ފޮނުވޭ ގޮތަށް ގެނައި ބޮޑު ބަދަލުވެސް ފާހަގަ ކޮށްލެވެއެވެ.

ވަޓްސްއެޕް އަށް މި ގެނައި ބޮޑު ބަދަލުތަކަކީ މި އެޕްލިކޭޝަން ބޭނުންކުރާ އެންމެހައި ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަ ޖެހުމަކާއި ފަސޭހަ ވާނެކަން ޔަޤީނެވެ.

އައިމިނަތު މިންހާ

އައިމިނަތު މިންހާ

ޓެކްނޮލޮޖީގެ އައު ހޯދުންތަކާއިއެކު ލިޔުންތެރިކަމައިގެން ކުރިއަށް ދިއުމުގެ އަޒުމުގައި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.