އެމެރިކާގެ ކުރީގެ ރައީސް އަނބުރާ ޓްވިޓާއަށް ގެންނަނީ

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ


ދުނިޔޭގެ އެންމެ ބޮޑު އެއްބާރުގެ ގޮތުގައި ބެލެވޭ އެމެރިކާގައި 2020 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ނާކާމިޔާބީ ވެ ވަޑައިގެންނެވުމުން، އެ އިންތިހާބު އޮޅުވާލެއްވިކަމަށް ވިދާޅުވެ، 2021 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 6 ވަނަ ދުވަހު އެމެރިކާގެ ކެޕިޓޮލްގައި ހިނގި ބޮޑަތި ހަމަނުޖެހުންތަކާއި ގުޅިގެން ޓްވިޓާއިން ބޭރުކޮށްލި އެމެރިކާގެ ކުރީގެ ރައީސް ރޮނަލްޑް ޓްރަންޕް އަށް އަލުން އަބުރާ ޓްވިޓާ ބޭނުންކުރެއްވޭގޮތް ހައްދަވާނެކަމަށް ދާދިފަހުން ޓްވިޓާގެ މޮޖޯރިޓީ ހިއްސާ ބައްލަވައިގެންނެވި ދުނިޔޭގެ މުއްސަދިންގެ ލިސްޓްގެ އެންމެކުރީގައި އުޅޭ އެލޮން މަސްކު ވިދާޅުވެއްޖެއެވެ.

ޖުމުލަ 44 ބިލިއަން ޑޮލަރަށް ޓްވީޓާ ބައްލަވައިގެން ދެތިން މަސްތެރޭ ޓްވިޓާގެ މިލްކުވެރިކަން ލިބިގެންދާ އެލޮން މަސްކު މިކަން ހާމަކުރައްވާފައިވަނީ ފައިނޭންޝަނަލް ޓައިމްސް ފިއުޗާ އޮފް ދަ ކާ ސަމިޓްގައި ވާހަކަ ފުޅު ދައްކަވަމުންނެވެ. އެލޮން މަސްކު ސިފަކުރެއްވި ގޮތުގައި ޓްވިޓާއިން ޓްރަންޕް ބޭރުކޮށްލެއްވުމަކީ ޓްވީޓާއިން ކުރެއްވި ތާކުން ތާކު ނުޖެހޭ ވިޔާނުދާ ކަމެއްކަމަށެވެ.

އެލޮންމަސްކު މިގޮތަށް ހާމަކުރައްވާފައި ވީނަމަވެސް ޓްވީޓާއިން ޓްރަންޕް ބޭރުކޮށްލެއްވުމުން ޓްރަންޕް ވަނީ އެމަނިކުފާނުގެ އަމިއްލަފުޅު ސޯސަލްމީޑިޔާ އެޕެއް އުފައްދަވާ ދެން ދުވަހަކުވެސް ޓްވިޓާ ބޭނުން ނުކުރައްވާނެކަމަށް ވިދާޅުވެފައެވެ.

މިކަން މިގޮތައް އޮތްކަމުގައި ވިޔަސް އެލޮން މަސްކުގެ މިލްކުވެރިކަމުގެ ދަށަށް ޓްވީޓާ އެއްކޮށް ބަދަލު ވުމުން ޓްރަންޕް އަލުން އަބުރާ ޓްވިޓާ ބޭނުންކުރައްވަން ފެއްޓެވުމަކީ ހަމަ އެކަށޭނަ ކަމެކެވެ.

އައިމިނަތު މިންހާ

އައިމިނަތު މިންހާ

ޓެކްނޮލޮޖީގެ އައު ހޯދުންތަކާއިއެކު ލިޔުންތެރިކަމައިގެން ކުރިއަށް ދިއުމުގެ އަޒުމުގައި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.