މިއަހަރުގެ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަސް ފާހަގަ ކުރުމަށްޓަކައި ޔުނިވަރސިޓީ އަދި ކޮލެޖް ދަރިވަރުންނަށް ހާއްސަކޮށްގެން ދިރާގުން ޕެނަލް ޑިސްކަޝަން އެއް ބާއްވައިފިއެވެ.
ދިރާގު ހެޑްއޮފީހުގައި ކުރިއަށް ދިޔަ މި ހާއްސަ ޕެނެލް ޑިސްކަޝަން ގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިންގް ޑައިރެކްޓަރ އިސްމާއިލް ރަޝީދު އާއި ދިރާގެ އިސްބައެއް ވެރިން ބައިވެރިވެފައިވެއެވެ. މި ޕެނަލް ޑިސްކަޝަންގެ އެންމެ މުހިންމު މަޤްސަދަކީ ޒުވާނުންނާއި ބައިވެރިކޮށްގެން ދިވެހިރާއްޖޭގެ ޑިޖިޓަލް ކޮމިއުނިޓީ އާއި ޖުމްލަ ގޮތެއްގައި ޓެކްނޮލޮޖީގެ އެހީގައި ދިރިއުޅުމުގެ ހާލަތު ކުރިއެރުވުމަށާއި ރައްޔިތުން ބާރުވެރިކުރުވުމަށް ދިރާގުގެ ދައުރު ހާމަކޮށްދިނުން ކަމުގައި އެކުންފުނިން ބުނެފައިވެއެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިސްމާއިލް ރަޝީދު ވަނީ ރާއްޖޭގެ މުވާސަލާތުގެ ދަތުރާއި، ކުންފުނީގެ ތަސައްވަރު ބަޔާންކޮށްދެއްވާފައެވެ. އަދި އެދަރިވަރުންނަކީ ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން މި ޤައުމުގެ ކުރިމަގު ބައްޓަންކުރުމުގައި ހަރަކާތްތެރިވާނެ މުސްތަޤުބަލުގެ ވެރިން ކަމުގައި ދެކޭކަމަށް ވިދާޅުވެފައެވެ.
މިއަހަރުގެ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހުގެ ޝިޔާރު ކަމުގައިވާ "އިސްރައްވެހިންނަށާއި ދުޅަހެޔޮ ސިއްހަތެއްގައި ދޮށީއުމުރަށް ދިއުމަށް ޑިޖިޓަލް ޓެކްނޮލޮޖީ" އަށް އަލި އަޅުވާލައްވަމުން އިސްމާއިލް ރަޝީދު ވިދާޅުވީ، ދިރާގުގެ އެންމެހާ ހިދުމަތްތަކަކީ ހުރިހާ އުމުރުފުރަޔަކަށްވެސް ބޭނުން ކުރެވޭ ގޮތަށް ފަރުމާކުރެވިފައިވާ ޑިޖިޓަލް ޓެކްނޮލޮޖީގެ އެހިގައި ދިރިއުޅުން މުއްސަނދިކުރުމަށް މަގުފަހިކޮށްދޭ ހިދުމަތްތަކެއްކަން ވިދާޅުވެފައެވެ.
މި ޕެނަލް ޑިސްކަޝަން ގައި ދިރާގުގެ ޗީފް ޓެކްނޮލޮޖީ އެންޑް އިންފޮމޭޝަން އޮފިސަރު މުހައްމަދު މުސްއަދާއި ޗީފް ފައިނޭންޝަލް އޮފިސަރ ރޮބިން ވޯލް އަދި ކޯޕަރޭޓިވް އޮފިސަރ އާތިފާ އަލީ ބައިވެރިވެފައިވެއެވެ. އަދި މި ޑިސްކަޝަން މޮޑަރޭޓް ކުރައްވާފައިވަނީ ދިރާގުގެ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންގެ ސީނިއާ މެނޭޖަރ މިރުޝާން ހަސަން އެވެ.
ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.