ކޮންމެ މަހަކު އައިފޯން ކޭޝް ކްލިއަރ ކުރަން ހަދާން ބަހައްޓަވާ

އައިފޯނަކީ ތިމާއަށް ވަރަށް ގިނަ ކަންތައްތަކެއް ކޮށްދޭ ފޯނެކެވެ. ހެނދުނު ތެދުވުމަށް އެހީވެދޭ، ތިމާގެ ޓެކްސްޓްތައް ހޭންޑްލްކޮށްދޭ، ތިމާ އެންމެ ބޭނުންވާ ސޯޝަލް މީޑިއާ އެޕްތައް ބްރައުޒްކޮށް ބޭނުންވާ ކޮންމެ ކަމެއް ބަލާލުމުގެ ފުރުސަތު ލިއްބައިދެއެވެ. އެކަމަކު ވެބް ބްރައުޒް ކުރުމުގެ ސަބަބުން ތިމާގެ ކޭޝް އަށް ލޮގް އަޕް ވާން ފަށައެވެ. ވެބް ބްރައުޒަރސް އިން ބްރައުޒްކުރުން އަވަސް ކުރުމަށް ވެބް ޑޭޓާ ރައްކާ ކުރެއެވެ. ނަމަވެސް ދުވަސްކޮޅެއް ފަހުން އެ ބްރައުޒަރތައް ހަލަބޮލިވެ، ސްޕީޑް ލަސްވާން ފަށައެވެ.

ކޭޝް ކްލިއަރ ކުރުމުގެ ސަބަބުން ބްރައުޒަރ ރީސެޓްވެ، ވެބް ބްރައުޒް ކުރުން އަވަސްވެގެން ދެއެވެ. އައިއޯއެސް 15 ބޭނުން ކުރިޔަސް ނުވަތަ އައިއޯއެސް 16 ގެ ޕަބްލިކް ބީޓާ ބޭނުން ކުރިޔަސް، ސްޓޯރޭޖް މެނޭޖުކޮށް ފޯނުގެ ސްޕީޑް އަވަސް ކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ވެސް އައިފޯން ގެ ސްޓޯރޭޖް މެނޭޖް ކުރެވިދާނެއެވެ.

ކޭޝް ކްލިއަރ ކުރުމަކީ ބްރައުޒަރގެ ކައުންޓަރޓޮޕްތައް ސާފުކޮށްލުން ފަދަ ކަމެކެވެ. ޢާއްމުގޮތެއްގައި ވެބްސައިޓަކަށް ވަނުމުން ފޮޓޯ، ބެނަރ އަދި އެހެނިހެން ޑޭޓާ ފަދަ މަޢުލޫމާތު ޑައުންލޯޑްކުރުމަކީ ތިމާގެ ފޯނުން ކުރަންޖެހޭ ކަމެކެވެ. އެ ޕްރޮސެސް އަވަސް ކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ގިނަ އިންޓަނެޓް ބްރައުޒާތަކުން އެ ޑޭޓާގެ ބައެއް ރައްކާކުރާނީ ކޭޝިއަރެއްގައި ކަމުން، އެ ޑޭޓާ ތައް އަނބުރާ ހޯދުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ބަދިގޭ އައިސް އަލަމާރި މަތީ ތަޅުދަނޑި ފަތި ބޭއްވުމަކީ ވެސް ހަމަ އެ ވިސްނުމެވެ. އެއީ އެތަކެތި ބޭނުންވާ ކޮންމެ ފަހަރަކުން ނަގަން ފަސޭހަވާތީއެވެ.

ތިރީގައި އެވަނީ ތިމާ ބޭނުންކުރާ ބްރައުޒަރގެ މައްޗަށް ބިނާކޮށް އައިފޯނުގައި ކޭޝް ކްލިއަރ ކުރާނެ ގޮތުގެ ސްޓެޕް ބައި ސްޓެޕް ގައިޑެވެ.

ސަފާރީ އިން އައިފޯން ކޭޝިއަރ ކްލިއަރ ކުރާނެ ގޮތް

ސަފާރީއަކީ އައިފޯނުތަކުގައި ޑިފޯލްޓް ބްރައުޒަރ އަކަށް ވާއިރު، ސަފާރީ ކޭޝިއަރ ވަރަށް ފަސޭހަ ކަމާއިއެކު ކްލިއަރ ކޮށްލެވޭނެއެވެ. އައިއޯއެސް 11 އިން ފެށިގެން މި ޕްރޯސެސް ބޭނުން ކުރެވޭނެއެވެ. ތިމާގެ އައިކްލައުޑް އެކައުންޓުގައި ސައިން އިން ވެފައިވާ ހުރިހާ ޑިވައިސްތަކަށް އަސަރު ކުރާނެ އެވެ. ނަތީޖާއެއްގެ ގޮތުން ތިމާގެ ޑިވައިސްތަކުގެ ހުރިހާ ކޭޝިއަރެއް ކްލިއަރ ކުރެވި، ބޭނުން ކުރާ ކޮންމެ ޑިވައިސް އަކަށް އަލުން ސައިން އިން ވާންޖެހޭނެއެވެ.

1. އައިފޯން ސެޓިންގްސް އެޕް ހުޅުވާށެވެ.

2. އެޕްތަކުގެ ލިސްޓުން ސަފާރީ ޚިޔާރުކުރާށެވެ.

3. އެޑްވާންސްޑް އަށް ގޮސް ވެބްސައިޓް ޑޭޓާ އަށް ދާށެވެ.

4. ސްކްރޯލް ކޮށް، ކްލިއަރ ހިސްޓްރީ އަދި ވެބްސައިޓް ޑޭޓާ ޚިޔާރުކުރާށެވެ.

5. ޕޮޕް-އަޕް ބޮކްސްގައި މިހާރު ރިމޫވް އިޚްތިޔާރު ކުރާށެވެ.

ކްރޯމްގައި އައިފޯން ކޭޝިއަރ ކްލިއަރ ކުރާނެ ގޮތް

ކްރޯމް އަކީ އައިފޯން ބޭނުންކުރާ މީހުންނަށް ވަރަށް މަގުބޫލު އެހެން ބްރައުޒާ އެކެވެ. ކްރޯމް ކޭޝް ކްލިއަރ ކުރުމުގެ މުޅި ޕްރޮސެސްއަށް އިތުރު ފިޔަވަޅުތަކެއް އަޅަން ޖެހޭއިރު، ކްރޯމް ބްރައުޒަރ މެދުވެރިކޮށް އަމިއްލައަށް ވެސް ކަންކަން ކުރަން ޖެހޭނެއެވެ.

1. ކްރޯމް އެޕް ހުޅުވާ.

2. އިތުރު އޮޕްޝަންތައް ހުޅުވުމަށް ޓަކައި ކަނާތްފަރާތު ތިރީގައިވާ ތިން ޑޮޓް ޚިޔާރުކުރާށެވެ.

3. ތިރިއަށް ސްކްރޯލްކޮށްލުމަށްފަހު ސެޓިންތައް ޚިޔާރުކުރާށެވެ.

4. ދެން އަންނަ މެނޫގައި ޕްރައިވެސީ ޚިޔާރުކުރާށެވެ.

5. ދެން އެންމެ ފަހު މެނޫ އެއް ހުޅުވުމަށް ޓަކައި 'ކްލިއަރ ބްރައުޒާ ޑޭޓާ' ޚިޔާރުކުރާށެވެ.

6. މެނޫގެ އެންމެ މަތީގައި (އެންމެ ފަހު ގަޑިއިން ފެށިގެން ހުރިހާ ވަގުތެއް) ބޭނުންވާ ޓައިމް ރޭންޖް ޚިޔާރުކުރާށެވެ.

7. ކޭޝްޑް އިމޭޖަސް އަދި ފައިލްތަކާއެކު ކުކީޒް، ސައިޓް ޑޭޓާ ޚިޔާރުކުރޭތޯ ޔަގީންކުރާށެވެ. އެންމެ ފަހު ކަމަކަށް، ސްކްރީންގެ އެންމެ ތިރީގައި 'ކްލިއަރ ބްރައުޒިންގ ޑޭޓާ' ޖައްސަވާށެވެ.

ފަޔަރފޮކްސްގައި އައިފޯން ކޭޝް ކްލިއަރ ކުރާނެ ގޮތް

1. އޮޕްޝަންތައް ހުޅުވުމަށް ޓަކައި އެންމެ ތިރީ ކަނާތް ފަރާތުގައި ވާ ހެމްބާގަރ މެނޫއަށް ކްލިކް ކޮށްލާށެވެ.

2. މެނޫގެ އެންމެ ތިރީގައި ވާ ސެޓިންގްސް އިޚްތިޔާރު ކުރާށެވެ.

3. ޕްރައިވެސީ ސެކްޝަންގައި ޑޭޓާ މެނޭޖްމަންޓް ޚިޔާރުކުރާށެވެ.

4. ވަކިވަކި ސައިޓްތަކަށް ބޭނުންވާ ޑޭޓާ ކްލިއަރ ކުރުމަށް ވެބްސައިޓް ޑޭޓާ ޚިޔާރުކުރެވިދާނެއެވެ. ނުވަތަ ހުރިހާ ސެލެކްޓެޑް ފީލްޑްތަކުން ޑޭޓާ ކްލިއަރ ކުރުމަށް ސްކްރީންގެ އެންމެ ތިރީގައި ޕްރައިވެޓް ޑޭޓާ ކްލިއަރ ކުރުމަށް އިޚްތިޔާރު ކުރެވިދާނެއެވެ.


އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.