ބިޓްކޮއިންގެ އަގު 100،000 ޑޮލަރަށް އަރާނެތަ؟

ބިޓްކޮއިން އާއި އޭގެ އަގު ވެއްޓުމާ ގުޅުން ހުރި އެތައް ސުވާލެއް އެބަހުއްޓެވެ.

ބިޓްކޮއިން (ބީޓީސީ) ޕިއަރ-ޓު-ޕިއަރ ޓެކްނޮލޮޖީ ބޭނުންކުރަނީ ސެންޓްރަލް އޮތޯރިޓީއެއް ނުވަތަ ބޭންކެއް ނެތް ގޮތަށް މަސައްކަތްކުރުމަށެވެ. ޓްރާންސެކްޝަންތައް މެނޭޖްކުރުމާއި ބިޓްކޮއިން ދޫކުރުމުގެ މަސައްކަތް ކުރަނީ ނެޓްވޯކް ގުޅިގެންނެވެ. ބިޓްކޮއިން އަކީ އޯޕަންސޯސް އަދި އޭގެ ޑިޒައިން އާންމުކުރެވިފައިވާ މިލްކުވެރިކަމެއް ނުވަތަ ކޮންޓްރޯލެއް އެއްވެސް މީހަކަށް ނެތް، ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ ގޮތަށް ފަރުމާކުރެވިފައިވާ ކްރިޕްޓޯ ކަރަންސީއެކެވެ. ބިޓްކޮއިން ގެ ގިނަ ޔުނީކް ޕްރޮޕަޓީތައް މެދުވެރިކޮށް، މީގެ ކުރިން އެއްވެސް ޕޭމަންޓް ސިސްޓަމަކުން ކަވަރު ނުކުރެވޭ ފަދަ މުހިންމު ބޭނުންތަކަށް ފުރުސަތު ލިބެއެވެ. ބިޓްކޮއިންގެ އިންވެސްޓަރުންނާއި ހޯލްޑަރުން މިކަމަށް އެއްބަސް ނުވި ނަމަވެސް ގިނަ ތަޖުރިބާކާރުން އެއްބަސްވާ ގޮތުގައި ހުރިހާ ކްރިޕްޓޯ ކަރަންސީތަކެއްގެ ރަސްގެފާނު ހުރީ ވަރަށް ނާޒުކު ވެއްޓެއްގައެވެ. އެމީހުންނަށް އޮތް ސުވާލަކީ، ކޮންއިރަކުތޯ، އޭގެ އަގު ވެއްޓޭނީ. އެ ސުވާލުގެ ނަތީޖާއެއްގެ ގޮތުން، އަދި މިފަދަ ހާދިސާއެއް ހިނގުމުން ކުރާނީ ކޮން އަސަރެއްތޯ؟ މީގެ އިތުރުން، ބިޓްކޮއިން އޭގެ އޯލްޓައިމް ހައި އިން 70% ދަށަށް ދާނަމަ ދެން ވާނީ ކިހިނެއްތޯ؟ 100ކޭ ޑޮލަރު ފީސިބަލް ވާނެތޯ؟ މި ކްރިޕްޓޯކަރަންސީއާ ގުޅުން ހުރި ވަރަށް ގިނަ ސުވާލުތައް އެބަހުރި، އޭގެ ޖަވާބު ހޯދަން އެހީތެރިވެދޭނަމެވެ.

ބިޓްކޮއިން ގެ އަގު ވެއްޓުމުގެ ސަބަބުން މުޅި އިޤްތިޞާދަށް އަސަރުކުރާނެތަ؟

ފައިނޭންޝަލް ސްޓެބިލިޓީ އޯވަސައިޓް ކޮމިޝަން އިން ދާދި ފަހުން ވަނީ ފައިނޭންޝަލް ސްޓެބިލިޓީއަށް ހުރި ގޮންޖެހުންތައް ހިމަނައިގެން ރިޕޯޓެއް ވެސް ނެރެ، ޑިޖިޓަލް ކަރަންސީތަކުން ވަރަށް ކުރު ވާހަކައެއް ފާހަގަކޮށްފަ އެވެ. އެ އިދާރާއިން ބުނީ ވާޗުއަލް ކަރަންސީތަކުގެ ސަބަބުން ފައިނޭންޝަލް ސްޓެބިލިޓީއަށް "ވަރަށް ލިމިޓެޑް" އަސަރެއް ކުރާ ކަމަށެވެ. އެއީ މިހާރުގެ ބިޓްކޮއިން އީކޯސިސްޓަމް ތަންކޮޅެއް ކުޑަކަމަށް ފެންނާތީ ކަމަށް ވުން އެކަށީގެންވެއެވެ.

ބިޓްކޮއިން އަކީ 2009 ވަނަ އަހަރު އުފެއްދި އެންމެ ފުރަތަމަ ކްރިޕްޓޯކަރަންސީ އެވެ. ލޯންޗް ކުރިއިރު 1 ބިޓްކޮއިންގެ އަގަކީ 0 ޑޮލަރެވެ. 2010 ވަނަ އަހަރު މި އަގު ވަނީ 0.08 އެމެރިކާ ޑޮލަރަށް އަރާފައެވެ. އަދި 2021 ވަނަ އަހަރުގެ އޭޕްރީލް މަހު އެ އަދަދު ވަނީ 64،863 ޑޮލަރަށް އަރާފަ އެވެ. ކުރިއަށް އޮތް މަސްތަކުގައި މި އަގު ވަނީ 30،000 ޑޮލަރަށް ވުރެ ވެސް ދަށަށް ގޮސްފަ އެވެ. 25 ސެޕްޓެންބަރު 2021 ގެ ނިޔަލަށް 1 ބިޓްކޮއިންގެ އަގަކީ 42،705 އެމެރިކާ ޑޮލަރެވެ. ވެލިއު އަކީ ވަރަށް ހަލަބޮލި އަދި އޭގެ ޗޭންޖިން ބިނާވެފައި އޮންނަނީ ޑިމާންޑަށެވެ. ޑިމާންޑް ދަށްވުމުން ވެލިއު ދަށްވެއެވެ. ބިޓްކޮއިން ގަންނަން އެއްވެސް މީހަކު ޝައުގުވެރި ނުވާ ނަމަ، އެންމެ ފަހުން ކޮންމެވެސް ދުވަހަކުން އަގު ޒީރޯ އަކަށް ދާނެއެވެ. އާދެ، އެއީ ހަމައެކަނި ހީވާ ހީވުމެއް ކަމަށް ވެފައި، އޭގެ އަގު ވެއްޓިދާނެ ކަމަށް ބެލެވުނު ނަމަވެސް ބިޓްކޮއިން އުފައްދި ފަރާތްތަކުން ބިޓްކޮއިންގެ ބައެއް އަތުގައި ބެހެއްޓީ ވަކި ސަބަބުތަކެއް އޮވެގެންނެވެ. އެހެން ހުރިހާ އިންވެސްޓަރުން ކޮއިންތައް ވިއްކި ނަމަވެސް، އުފެއްދުންތެރިން އެ ކޮއިންތައް ނުވިއްކަނީ އެ އަގު ޒީރޯއަށް ދިޔަ ނުދިނުމަށެވެ.

ބިޓްކޮއިން ދުވަހަކުވެސް 100،000 ޑޮލަރަށް އަރާނެހެއްޔެވެ؟

ފަހުގެ އަހަރުތަކުގައި ކްރިޕްޓޯގެ ގިނަ ތަޖުރިބާކާރުން އަންދާޒާކުރި ގޮތުގައި ބިޓްކޮއިން (ބީޓީސީ) 100،000 ޑޮލަރަށް އަރާއިރު، އެންމެ ފަހުން ވިއްކި ކްރިޕްޓޯކަރަންސީގެ ސަބަބުން، ވޭތުވެދިޔަ 8 މަސް ދުވަހުގެ ތެރޭގައި ބިޓްކޮއިން އޭގެ އަގު އެންމެ ބޮޑަށް ވެއްޓުނުތަން ވަނީ ފެނިފައެވެ.

އަރަމުން ދިޔަ ބުލިޝް މާރކެޓުން ބީޓީސީ ގެ އަގު 6 ނަންބަރުން އުފުލިގެން ދިޔައިރު، އޭގެ ތެރޭގައި ގޯލްޑްމަން ސޭޗްސް، ގުޖުންހެއިމް، ޕެންޓެރާ އަދި ބްލޫމްބާގް އިންޓެލިޖެންސް ފަދަ ބޮޑެތި ނަންތަކުން އައީ ބިޓްކޮއިންގެ އަގު ހިފަހައްޓަމުންނެވެ.

ނޮވެމްބަރު މަހުގެ ނިޔަލަށް ބިޓްކޮއިންގެ އަގު 69،000 ޑޮލަރަށް އުފުލިގެން ދިޔައިރު، ބައެއް ވިޔަފާރިވެރިން އުންމީދުކުރީ 2021 ވަނަ އަހަރު 100،000 ޑޮލަރުގެ ސައިކޮލޮޖިކަލް މައިލްސްޓޯން އަކަށް ވާސިލްވެވިދާނެ ކަމަށެވެ. މިހާރުގެ އަގު 30،000 ޑޮލަރަށްވުރެ ދަށުގައި ހުރިއިރު، ބިޓްކޮއިން 100،000 ޑޮލަރަށް އަރާނީ ތިންގުނައަށްވުރެ މައްޗަށް ޖެހިގެންނެވެ.

އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.