ކެނެޑާއިން ޗައިނާގެ ވާވޭޓެކްނޮލޮޖީ ޒެޑްޓީއީ 5ޖީ މަނާކުރުން

ކެނެޑާގެ ލިބަރަލް ސަރުކާރުން ޗައިނާގެ ވެންޑަރުން ކަމަށްވާ ވާވޭ ޓެކްނޮލޮޖީސް އާއި ޒެޑްޓީއީ ކެނެޑާގެ އަންނަން އޮތް ޖީލުގެ މޯބައިލް ނެޓްވޯކްތަކަށް ހާއްސަ ބްލޫޕްރިންޓެއް ގެނައުން މަނާކުރަނީއެވެ.

"ކެނެޑާގެ ޓެލެކޮމިއުނިކޭޝަން ކުންފުނިތަކުން އަޅުގަނޑުމެންގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ނެޓްވޯކްޕްރޮޑަކްޓްތަކާއި ހިދުމަތްތައް ހިމެނުމުގެ ހުއްދައެއް ނުދޭނެ،" އިނޮވޭޝަން މިނިސްޓަރު ފްރާންކޮއިސް-ފިލިޕް ޝެމްޕޭން ބުރާސްފަތި ދުވަހު އޮޓާވާގައި ވިދާޅުވި އެވެ.

"މިހާރުވެސް މި އިކުއިޕްމަންޓް އިންސްޓޯލްކޮށްފައި ހުރި ޕްރޮވައިޑަރުން ބޭނުން ކުރުން ހުއްޓާލައި މިއަދު އަޅުގަނޑުމެން މި އިއުލާން ކުރާ ޕްލޭންތަކުގެ ދަށުން އެ ތަކެތި އުވާލަން ޖެހޭނެ."

ބެއިޖިންއިން މިކަން ކުށްވެރި ކުރަމުން ދަނީ، ފްރީ މާކެޓް އުސޫލުތަކާ ޚިލާފަށް ޗައިނާގެ ކުންފުނިތައް "ނައްތާލުމަށް" އެމެރިކާއާއި ގުޅިގެން ހިންގާ "ސިޔާސީ މަކަރުވެރި" ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ޗައިނާއިން މި ނިންމުން ވަރަށް ފުޅާ ދާއިރާއެއްގައި އަދި ސީރިއަސްކޮށް ދިރާސާކޮށް، ޗައިނާގެ ކުންފުނިތަކުގެ ސައްހަ ހައްގުތަކާއި މަސްލަހަތުތައް ރައްކާތެރިކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ،" ކެނެޑާގައި ހުންނަ ޗައިނާ އެމްބަސީގެ ވެބްސައިޓްގައި އާންމުކުރި ބަޔާނެއްގައި ބުނެފައި ވެއެވެ.

ޗައިނާއިން އާންމު ގޮތެއްގައި މިފަދަ ބަސްތައް ބޭނުން ކުރަނީ ވިޔަފާރީގެ އަރާރުންތަކުގައި ކަމަށްވާއިރު، ގިނަ ފަހަރަށް މިކަމުގެ ސަބަބުން ބެއިޖިންއިން ހަރުދަނާ އިޖާބައެއް ނުލިބެއެވެ.

5ޖީ ނުވަތަ ފަސްވަނަ ޖެނެރޭޝަންގެ ވަޔަރލެސް ނެޓްވޯކްތައް ތަރައްޤީވުމުގެ ސަބަބުން ރައްޔިތުންނަށް އަވަސް އޮންލައިން ކަނެކްޝަންތައް ލިބި، އިންޓަރނެޓާއި އޮޓޮނޮމަސް ވެހިކަލްފަދަ އައު އީޖާދުތަކާ އިތުރު ޑިވައިސްތައް ލިންކް ކުރެވޭއިރު، އެކަމަށް ބޭނުންވެފައިވާ ޑިމާންޑާ އެއްވަރަށް ޑޭޓާ ކެޕޭސިޓީ ލިބިގެންދާނެއެވެ.

އިދިކޮޅު ކޮންޒަވޭޓިވްސް އާއި އެހެން ވެސް ފާޑުކިޔުންތެރިން ޒަމާނުއްސުރެ ލިބަރަލް މީހުންނަށް ޕްރެޝަރު ކުރަމުން ދަނީ ވާވޭ އަކީ އެ ގައުމުގެ 5ޖީ އިންފްރާސްޓްރަކްޗާ ބިނާކުރުމުގައި މެދުވެރިއެއްގެ ރޯލު އަދާކުރާ ގައުމެއް ކަމަށް ބުނެ ދެކޮޅު ހަދަމުންނެވެ. އެމީހުން ބުނަމުން ދަނީ ބެއިޖިން އިން ކެނެޑާ މީހުންގެ މައްޗަށް މިހާރަށް ވުރެ ފަސޭހައިން ޖާސޫސް ކުރުމުގެ ހުއްދަ ދޭނެ ލިބިގެންދާނެކަމަށެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ވާވޭގެ ބައިވެރިވުމުގެ ސަބަބުން ކެނެޑާގެ ކަސްޓަމަރުން އިންޓަނެޓާ ގުޅިފައިވާ ޑިވައިސްތައް ބޭނުން ކުރަނީ ކޮން ގޮތަކަށް، ކޮން އިރަކު އަދި ކޮން ތާކުން ކަން ދެނެގަނެވި ޑިޖިޓަލް މަޢުލޫމާތުގެ ސަފުހާއަކަށް އެކްސެސް ވެވިދާނެ ކަމައެވެ. މި ތިއަރީ އަށް ބަލާއިރު، ޗައިނާގެ ސަލާމަތީ އިދާރާތަކުން އެ ކުންފުންޏަށް މަޖުބޫރު ކޮށްގެން އަމިއްލަ ފަރުދުންގެ މަޢުލޫމާތުތައް ހޯދަން ބުނެފާނެއެވެ.

ވާވޭ އަކީ ބެއިޖިން ވެސް ހިމެނޭ ގޮތަށް އެއްވެސް މީހަކަށް ޖާސޫސް ކުރުމުގައި ބައިވެރި ނުވާ ވަރަށް މިނިވަން ކުންފުންޏެއް ކަމަށް ވާވޭ އިން ވަނީ ވަރަށް ސާބިތުކަމާއެކު ބުނެފަ އެވެ.

ޒެޑްޓީއީ އަކީ ޓެލެކޮމިއުނިކޭޝަންގެ ދާއިރާއިން ސްޕެޝަލައިޒްވެފައިވާ ޗައިނާގެ ބައެއް ސަރުކާރު ހިއްސާވާ ޓެކްނޮލޮޖީ ކުންފުންޏެކެވެ.

އިނޮވޭޝަން މިނިސްޓަރު ޝެމްޕޭން ބުރާސްފަތި ދުވަހު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ބުނީ އެ ނިންމުން ކެނެޑާގެ ސަލާމަތީ އިދާރާތަކުން ފުރިހަމަ އަށް ރިވިއު ކުރުމަށް ފަހު، އޮޓާވާގެ އެންމެ ގާތް އެކުވެރިންނާ މަޝްވަރާ ކޮށްގެން އެ ނިންމުން ނިންމާފައިވާ ކަމަށެވެ. "ކެނެޑާގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އަބަދުވެސް ހިމާޔަތް ކުރާނަން. އަދި އަޅުގަނޑުމެންގެ ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗާ ރައްކާތެރިކުރުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނަން."

ކެނެޑާގެ ޓެލެކޮމް ކުންފުނިތަކުން މި ނުތަނަވަސްކަން މެނޭޖްކުރީ ސްވިޑެންގެ އެރިކްސަން އާއި ފިންލެންޑްގެ ނޮކިއާ އަދި ދެކުނު ކޮރެއާގެ ސެމްސަންގް އާ ގުޅިގެން އެ ކުންފުނިތަކުގެ 5ޖީ ނެޓްވޯކްތައް ބިނާކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން މަސައްކަތްކޮށްގެންނެވެ.

ކަން މިހެން އޮތް ނަމަވެސް، ފެޑެރަލް ޕޮލިސީގައި ވަނީ 5ޖީގެ އާ އާލާތްތައް ބޭނުން ކުރުމާއި، ވާވޭ އާއި ޒެޑްޓީއީ އިން މެނޭޖްކުރާ ހިދުމަތްތައް ބޭނުންކުރުން މަނާކޮށްފައެވެ. މިހާރު ހުރި 5ޖީ ގިއަރ ނުވަތަ ޚިދުމަތްތައް 28 ޖޫން 2024 ގެ ނިޔަލަށް އުވާލަން ނުވަތަ އުވާލަން ޖެހެއެވެ. އަދި 2027 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެ ދެ ކުންފުނީގެ އާ 4ޖީ އިކުއިޕްމަންޓާއި މެނޭޖްކުރާ ހިދުމަތްތައް ބޭނުންކުރުން ވެސް މަނާވާނެ އެވެ.

ފައިވް އައިޒް އިންޓެލިޖެންސް ޝެއަރިންގ އެލަޔަންސްގައި ހިމެނޭ ކެނެޑާގެ 3 ބައިވެރިންކަމަށްވާ އެމެރިކާ، އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާއިން މިހާރުވެސް ވަނީ އެ ޤައުމުތަކުގެ 5ޖީ ނެޓްވޯކްތަކުގައި ވާވޭ ގިއަރ ބޭނުންކުރުން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ.

އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.