ޗައިނާއިން ބްލޮކްޗެއިން ޕްލެޓްފޯމެއް ހަދަނީ

ބްލޮކްޗެއިން ޓެކްނޮލޮޖީން ދޭ "ފުރުސަތުތަކުގެ ބޭނުން ހިފަން" އެ ގައުމުން ބޭނުންވާ ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން އިއުލާނު ކުރައްވައިފި އެވެ.

2019 ވަނަ އަހަރު ދެއްވި ތަގުރީރެއްގައި ޗައިނާގެ ލީޑަރު ވިދާޅުވީ ބްލޮކްޗެއިން އަކީ "މައި ޓެކްނޮލޮޖީގެ މިނިވަން އީޖާދުތަކަށް ލިބުނު މުހިންމު ކުރިއެރުމެއް" ކަމަށެވެ. އެ ތަޤްރީރުގެ ނަތީޖާއެއްގެ ގޮތުން، ބްލޮކްޗެއިން، ޗައިނާއިން ޤައުމީ ފެންވަރުގައި އިސްކަންދޭ މިންވަރަށް އުފުލިގެން ދިޔައީ، އެ ޤައުމުގެ ޤާބިލުކަން އިތުރުކުރުމަށް މަސައްކަތް ކުރަމުން ގެންދާ އެހެން ޓެކްނޮލޮޖީގެ ތެރޭގައި ހިމެނޭ ސެމީ ކޮންޑަކްޓަރ ފަދަ ޓެކްނޮލޮޖީގެ ވަސީލަތްތަކާ ވެސް އެއްވަރަށެވެ.

އޭގެ ފަހުން މާ ބޮޑު އިޝްތިހާރަކާއި ހުރަހެއް ނެތި، ޗައިނާއިން ދަނީ ކުންފުނިތަކަށް ބްލޮކްޗެއިން ޓެކްނޮލޮޖީ ފޮނުވުމަށް މަގުފަހިކުރުމުގެ މަގުސަދުގައި ޕްލެޓްފޯމެއް ބިނާކުރަމުންނެވެ. އެއަށް ކިޔަނީ ބްލޮކްޗެއިން ބޭސްޑް ސާވިސް ނެޓްވޯކް (ބީއެސްއެން) އެވެ.

ފުރަތަމަ، ބްލޮކްޗެއިން އަކީ ކޮބާ؟

ބްލޮކްޗެއިން އެންމެ ފުރަތަމަ މަޝްހޫރުކަން ހޯދީ ކްރިޕްޓޯކަރަންސީ ބިޓްކޮއިންގެ އަޑީގައި ވާ ޓެކްނޮލޮޖީގެ ގޮތުގައެވެ. އެއީ ބިޓްކޮއިން ނެޓްވޯކްގައި މުޢާމަލާތްތައް ރެކޯޑްކުރާ އެކްޓިވިޓީގެ ޑިސްޓްރިބިއުޓެޑް ލެޖަރ އެކެވެ.

އެއީ ލާމަރްކަޒީ އުޞޫލުން ހިންގުން، އެއްވެސް މުއައްސަސާއެއްގެ މިލްކިއްޔާތެއް ނެތި އޭގެ ބަދަލުގައި އެކަން ބަލަހައްޓާނީ ސްޕެޝަލައިޒްޑް ކޮމްޕިއުޓަރުތައް ހިންގާ ބައިވެރިންގެ ނެޓްވޯކަކުންނެވެ.

އޭގެ ފަހުން ބްލޮކްޗެއިން އަކީ ކޮންކަހަލަ އެއްޗެއްތޯ ބަލައި، އެ ބްލޮކްޗެއިން އަކީ ކޮބައިކަމާއި ތަފާތު އެތައް މާނައެއް ދޭހަވެއެވެ. ބައެއް ކުންފުނިތަކުން ނުވަތަ ސަރުކާރުތަކުން އެއަށް އިޝާރާތް ކުރަނީ ޑިސްޓްރިބިއުޓެޑް ލެޖަރ ޓެކްނޮލޮޖީގެ ގޮތުގައި ކަމަށް ވެދާނެއެވެ.

ޕާމިޝަންލެސް ބްލޮކްޗެއިންތައް - އިތުބާރުނެތް ނުވަތަ ޕަބްލިކް ބްލޮކްޗެއިންގެ ނަމުންވެސް މަޝްހޫރުވެފައިވާ ބްލޮކްޗެއިންތަކަކީ ކޮންމެ މީހަކަށް ވެސް ބްލޮކްޗެއިންއަށް ވަނުމުގެ ފުރުސަތު ދީ، ބްލޮކްޗެއިންއަށް ބަދަލުތަކެއް ގެނެވިދާނެ ވަކި ސޮފްޓްވެއަރއެއް ނުވަތަ ޑިވައިސްއެއް ހިންގާހާ ހިނދަކުއެވެ.

މިއާ ޚިލާފަށް، ހުއްދަ ދީފައިވާ ބްލޮކްޗެއިންތަކަކީ އާންމު ގޮތެއްގައި ޕްރައިވެޓް ބްލޮކްޗެއިންތަކެއް ކަމަށާއި، އެ ބްލޮކްޗެއިންތައް ބޭނުންކުރުމުގައި ބައިވެރިވެވޭނީ ހަމައެކަނި ވަކި ބައެކަށެވެ.

ބްލޮކްޗެއިން ބޭނުން ކުރަނީ ކީއްވެ؟

މި ޓެކްނޮލޮޖީއަށް ތާއީދުކުރާ ފަރާތްތަކުން ބުނާ ގޮތުގައި ބްލޮކްޗެއިންގެ ސަބަބުން އާންމު ގޮތެއްގައި ބޯޑަރު ހުރަސްކޮށް ފައިސާ ޓްރާންސްފާ ކުރުން ފަދަ މަޑުމަޑުން އަދި އަގުބޮޑު ޕްރޮސެސްތަކަށް ޓްރާންސްޕޭރެންސީ އާއި ސްޕީޑް ގެނައުމަށް އެހީތެރިވެދޭނެއެވެ.

ބްލޮކްޗެއިން ޓެކްނޮލޮޖީގެ އަނެއް މުހިންމު ސިފައަކީ ސްމާޓް ކޮންޓްރެކްޓްސް އެވެ. އެއީ، ވަކި ޝަރުޠުތަކެއް ފުރިހަމަވާ ކަމަށްވަންޏާ، އޮޓޮމެޓިކުން ތަންފީޛުކުރާ ކޮންޓްރެކްޓްތަކެއް، ކޯޑުގައި ލިޔެފައި ހުންނަ ކޮންޓްރެކްޓްތަކެއް. މިކަމަށް ތާއީދުކުރާ ފަރާތްތަކުން ދެކެނީ މިއީ ޓްރޭޑް ފައިނޭންސް ފަދަ ދާއިރާތަކުގައި މުހިންމު ކަމެއްގެ ގޮތުގައެވެ.

ޗައިނާގެ ބީއެސްއެން އަށް ކުރެވޭނީ ކޮން ކަމެއް؟

ބީއެސްއެން ގެ މި ޕްރޮޑަކްޓް އަމާޒުކޮށްފައިވަނީ ކުންފުނިތަކަށް، ހާއްސަކޮށް ކްލައުޑް ކޮމްޕިއުޓިން އިންފްރާސްޓްރަކްޗާ އޮޕަރޭޓް ކުރާ ކުންފުނިތަކަށެވެ. އެއީ އެމޭޒަން ނުވަތަ މައިކްރޯސޮފްޓް ފަދަ ބޮޑު ޕަބްލިކް ކްލައުޑް ޕްލޭޔަރަކަށް ވެދާނެ، ނުވަތަ އެއީ އަމިއްލަ ކްލައުޑް ނުވަތަ އިންޓްރާނެޓް ހިންގާ ފާމްއަކަށް ވެސް ވެދާނެއެވެ.

މި ބްލޮކްޗެއިން އެޕްލިކޭޝަންތައް ކްލައުޑްގައި ޑިސްޕްލޭ ކުރުމަށް ބީއެސްއެން ބިލްތައް އަމިއްލައަށް "ވަން ސްޓޮޕް ޝޮޕް" އެއްގެ ގޮތުގައި ބިލްކުރާއިރު، މިއީ އެނޫން ގޮތަކަށް ހަރަދު ބޮޑު އަދި ވަގުތު ހޭދަވެދާނެ ޕްރޮސެސްއެކެވެ.

ޗައިނާގެ ފާމްގެ އަނެއް ސެލިން ޕޮއިންޓަކީ އިންޑަސްޓްރީގައި ދިމާވާ އުނދަގޫ މައްސަލަ ހައްލު ކުރަން މަސައްކަތް ކުރާ ވާހަކައެވެ. އިންޓައޮޕަރޭބިލިޓީ - ނުވަތަ ތަފާތު ބްލޮކްޗެއިންތައް އެއް ޗެއިން އަނެއް ޗެއިން ގުޅިގެން މަސައްކަތް ކުރާ ކުރުމެވެ. މިސާލަކަށް ތަފާތު ދެ ބްލޮކްޗެއިން ޕްލެޓްފޯމްތަކުގައި ހަދާފައިވާ އެޕްލިކޭޝަންތައް ހުރި ނަމަ، އެ ދެ ޗެއިން އެކުގައި މަސައްކަތް ނުކުރުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަކު ބީއެސްއެން އިންފްރާސްޓްރަކްޗާ މެދުވެރިކޮށް ހަދާ އެޕްލިކޭޝަންތައް އިންޓައޮޕަރޭބިލިޓީ ވާނީ އެ ކުންފުނިން ތަފާތު ބްލޮކްޗެއިންތައް ބްރިޖް ކުރާތީއެވެ.

ބީއެސްއެންގެ ޕްރޮޑަކްޓްގެ ސަބަބުން ބްލޮކްޗެއިން ޕްރޮޑަކްޓެއް ރަންކުރަން އާ ސާވާތައް އިންސްޓޯލް ކުރުމުގެ ބަދަލުގައި އެމީހުން ބޭނުންކުރާ ކްލައުޑް ވެންޑަރ މެދުވެރިކޮށް އެކަން ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ވިސްނުމަކީ ވިޔަފާރިއަކަށް ނުވަތަ ސަރުކާރަކަށް ބީއެސްއެންގެ ޕްލެޓްފޯމް ބޭނުންކޮށްގެން ބްލޮކްޗެއިން އެޕްލިކޭޝަންތައް ފަސޭހައިން ޑިޕްލޯއި ކޮށް، ބޮޑު ޚަރަދެއް ނުކޮށް، ބްލޮކްޗެއިން އެޕްލިކޭޝަންތައް ޑިސްޕްލޭ ކުރެވިދާނެ ކަމެވެ.

ނަމަވެސް ބީއެސްއެން އާ ބެހޭ ގޮތުން ފާހަގަކޮށްލެވޭ އެއް ކަމަކީ އެއީ އަމިއްލަ ބްލޮކްޗެއިން އަކަށް ނުހަދާ ވާހަކައެވެ.

ބީއެސްއެންގެ ޕްލެޓްފޯމާ ގުޅުވާފައި ކްރިޕްޓޯކަރަންސީއެއް ނެތެވެ. އެހެނީ ޗައިނާއިން ކްރިޕްޓޯކަރަންސީއާ ގުޅުން ހުރި ހަރަކާތްތައް ވަނީ ވަރަށް ރަނގަޅަށް މަނާކޮށް، އެހަރަކާތްތައް ގާނޫނާ ހިލާފު ކަމަކަށް ހަދާފައިއެވެ.

ހޮންކޮންގްގައި ހުންނަ ވެންޗާ ކެޕިޓަލް ފާމެއް އަދި ރެޑް ޑޭޓް ޓެކްނޮލޮޖީގެ އިންވެސްޓަރެއް ކަމަށްވާ ހޮންކޮންގް ކެނެޓިކްގެ މެނޭޖިން ޕާޓްނަރު ޖީހާން ޗޫ ސީއެންބީސީ އަށް ވިދާޅުވި ގޮތުގައި ސަރުކާރުތަކުންނާއި ބޮޑެތި ކުންފުނިތަކުން އެ ކުންފުނިތަކުގެ އިންފްރާސްޓްރަކްޗާއާ ގުޅިފައިވާ ކްރިޕްޓޯކަރަންސީއެއް ބޭނުން ނުވާ ކަމަށެވެ.

ބީއެސްއެންގެ ފަހަތުގައި ވަނީ ކާކު؟

ހޮންކޮންގްގައި މައި މަރުކަޒު ހުންނަ ސްޓާޓް އަޕް ރެޑް ޑޭޓް ޓެކްނޮލޮޖީ އަކީ ބީއެސްއެން ގެ ފަހަތުގައި ވާ އެއް ފައުންޑިން ކުންފުންޏެވެ. އެކަމަކު އެ މަޝްރޫއަށް ޗައިނާ ސަރުކާރާ ގުޅުން އޮންނަ އިދާރާތަކުން ވެސް ތާއީދު ދެ އެވެ. އޭގެ ތެރޭގައި ޗައިނާގެ ބާރުގަދަ ނޭޝަނަލް ޑިވެލޮޕްމަންޓް އެންޑް ރިފޯމް ކޮމިޝަން (އެންޑީއާރުސީ)ގެ ދަށުން ހިންގާ ސްޓޭޓް އިންފޮމޭޝަން ސެންޓަރު (އެސްއައިސީ) ވެސް ހިމެނެއެވެ.

ސަރުކާރުގެ ޓެލެކޮމިއުނިކޭޝަން ކުންފުނި ޗައިނާ މޯބައިލް އިން ވެސް ދަނީ މި މަޝްރޫއަށް އެއްބާރުލުން ދެއްވަމުންނެވެ.

ގްލޯބަލް އަށް ދިއުމުގެ ޗެލެންޖް

ބީއެސްއެން ގްލޯބަލް އަށް ދިއުމުގެ އުއްމީދެއް އެބައޮތް. ނަމަވެސް ޗައިނާ ސަރުކާރާ ގުޅުން ހުރި ކަމުގެ ސަބަބުން އުނދަގޫ ވެދާނެ އެވެ. "ބީއެސްއެންއަށް އޮތް ޝައުގުވެރިކަމުގެ އެއް ބަޔަކީ މިއީ މިފަދަ އުއްމީދީ މަސައްކަތެއް. މި އުއްމީދަކީ ވެސް ޗައިނާ ސަރުކާރާ ގުޅުވާލުމުގެ ސަބަބުން ވަރަށް ބޮޑަށް ބަލަން ޖެހިއްޖެ،" ކޮންސަލްޓިން ފާމް އޯލްބްރައިޓް ސްޓޯންބްރިޖްގެ ޓެކްނޮލޮޖީ ޕޮލިސީ ލީޑުކުރާ ޕޯލް ޓްރިއޯލޯ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ބީއެސްއެން އިން މަސައްކަތް ކުރަނީ ބީއެސްއެން އިންޓަނޭޝަނަލް ގެ ބައި ދާހިލީ މަސައްކަތްތަކާ ވަކިކޮށް، ޗައިނާ ސަރުކާރުގެ ތާއީދާއެކު ދުރުވުމަށް ކަމަށެވެ.

ބްލޮކްޗެއިން އާއި ޗައިނާގެ އުއްމީދު

ފާއިތުވެދިޔަ އަހަރުތަކުގައި އެމެރިކާއިން ވަނީ ޓެކްގެ ވަރުގަދަ ވާދަވެރިކަމެއް ހިންގާފައެވެ.

ޗައިނާއިން "ފްރޮންޓިއަރ" ޓެކްނޮލޮޖީއަށް ކިޔާ ނަމަކީ ކުއަންޓަމް ކޮމްޕިއުޓިންގ އާއި ސެމީކޮންޑަކްޓަރސް އެވެ. ބްލޮކްޗެއިން އަކީ މުހިއްމު އެހެން ދާއިރާއެކެވެ.

ޗައިނާގެ ޓެކް ކުންފުނިތަކުން ވެސް ވަނީ ބައިނަލްއަގުވާމީ ފެންވަރުގައި ފުޅާކުރުމަށް ވަރަށް ބޮޑަށް ބާރު އަޅައިފަ އެވެ. އެމެރިކާއާއެކު ބައިނަލްއަގުވާމީ ޓެކް ހަނގުރާމައިގެ މައިދާނުގައި ކުރިއަށް ދިއުމަކީ ބެއިޖިންއިން ތާއީދުކުރާ ކަމެކެވެ.

"ބްލޮކްޗެއިން ސާވިސަސް ނެޓްވޯކްގެ މުހިންމު ކަމަކީ، ބްލޮކްޗެއިން އީކޯސިސްޓަމްތައް ތަރައްގީ ކުރުމަށް ޗައިނާ ސަރުކާރުން އަމިއްލަ އިހުތިޔާރުގައި އެއްބާރުލުން ދިނުމުގެ ގޮތުން، އެކި ޖުރިސްޑިކްޝަންތަކުގައި ރެގިއުލޭޓަރީ އެޕްރޯޗްތަކަށް އެލަވަންސްތަކެއް ދީގެން، ބްލޮކްޗެއިން އީކޯސިސްޓަމްތައް ތަރައްގީ ކުރުމަށް ޗައިނާ ސަރުކާރުން ކުރާ ކަމެއް،" ޓްރިއޯލޯ ވިދާޅުވި އެވެ.

އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.